
ސައުދީ ސަރުކާރާއި ރައްޔިތުންނާއެކު ދިވެހި ސަރުކާރު ސާބިތުވެ ތިބޭނެ ކަމަށާއި، އެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކަށް ފުރިހަމަ ތާއީދުދޭ ކަމަށް ބަޔާންކޮށްފައިވޭ. އަދި ދެ ހަރަމްފުޅު ހިމާޔަތްކުރުމަށް އެ ގައުމުން އަޅަމުންދާ ފިޔަވަޅުތަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާޢީދު ލިބޭނެކަމަށްވެސް ބަޔާނުގައިވޭ.
18 ދުވަސް ކުރިން - 20:19
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމެންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ ބަޖެޓުން ހިމަނައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ސްކޭޓްޕާކުގެ އިތުރުން ފުޓުބޯޅަ ދަނޑާއި، ހޭންޑްބޯޅަ ކޯޓާއި، އައުޓްޑޯ ޖިމެއްވެސް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ. މިއީ ވައިކަރަދޫ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެއް.
18 ދުވަސް ކުރިން - 18:41
މިރޭގެ ފޯރަމުގައި ބައިވެރިވަނީ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި، ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާބެހޭ ވަޒީރު އިސްމާއިލް ޝަފީއު، ގެދޮރުވެރިކަމާއި ބިނާރާއި އުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބްގެ އިތުރުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެ.
18 ދުވަސް ކުރިން - 18:39
ފުލުހުންގެ ހިދުމަތަކީ ސައިންސާއި ފަންނު އެކުލެވިގެންވާ ކަމެއްކަމަށް ވިދާޅުވެ، ހެއްކާއި އިންޓެލިޖެންސާއި ޓެކްނޮލޮޖީއާއެކު އޯގާތެރިކަމާއި އިންސާނިއްޔަތުކަން އިސްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވި. ކުށް މަދުކުރުމުގައި އެންމެ އެދެވޭ ނަތީޖާއެއް ނެރެވެނީ ކުށް ހިނގުމުގެ ކުރިން މުޖުތަމައާ ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށްވެސް ވިދާޅުވި.
18 ދުވަސް ކުރިން - 17:17
އެޗްޑީސީން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތަކާއި ހުނަރު ތަރައްގީކުރުމުގެ ތަމުީނުތައް ފަހިކޮށްދީ، ހަމަހަމަކަމާ އެކު ޝާމިލުވެވޭނެ މާހައުލެއް ގާއިމުކުރުމަށް އެކި މަސައްކަތްކޮށްފަވޭ. އެގޮތުން މިއަދާ ހަމައަށް ވެސް އެ ކުންފުނީގެ ތަފާތު އެކި މަގާމުތަކުގައި ނުކުޅެދުންތެރިކަން ހުންނަ 46 މުވައްޒަފުން އަންނަނީ ހިދުމަތްކުރަމުން.
18 ދުވަސް ކުރިން - 17:17
ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި މި ކުންފުނި މެދުވެރިކޮށް މަދުވެގެން 10 ރިސޯޓު ތަރައްގީކޮށް، ދިވެހި ކޮންމެ ރައްޔިތަކީ އެތަންތަނުގެ ހިއްސާދާރަކަށް ހެދުމަށް ވަނީ ނިންމާފަ. ފައިސާ ޖަމާކުރާނީ އެމީހެއްގެ ބޭންކް އެކައުންޓަށް.
18 ދުވަސް ކުރިން - 17:16

ހުދު ސަމާލު ނެރެފަވަނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް އަދި މިއީ މިއަދު މެންދުރު ފަހު 1:30 އިން ފެށިގެން އިރުއޮއްސި 19:00އާ ހަމައަށް ލަފާކުރެވޭ މޫސުން. މިއަދު ހެނދުނު 10:00 އިން ފެށިގެން މާދަމާ ހެނދުނު 10:00 އާ ހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ.
18 ދުވަސް ކުރިން - 14:43
މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 3.64 މިލިއަން ރުފިޔާގެ އިތުރުވުމެއް. ޒަކާތު ހައުސްއިން ޒަކާތް ހައްގުވާ އެކި ބައިތަކަށް ޖުމްލަ 15,306,546.64 ރުފިޔާ ޒަކާތުގެ އެހީގެ ގޮތުގައި ބެހި. މީގެތެރެއިން އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ފީސަބީލިޓީ ގެ ބަޔަށް.
18 ދުވަސް ކުރިން - 14:42
ރަސްމާލޭގައި ބަނގުރަލާއި އޫރުމަސް ވިއްކާނެ ކަމަށް ބުނެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން އިދިކޮޅުން ކުރި ނާކާމިޔާބު މަސައްކަތްތައް، ސަރުކާރުން މަޖިލީހަށް ހުށަހެޅި އާ ބިލާއެކު މިހާރު ވަނީ މުޅިން ފުނޑުފުނޑުވެފަ.
18 ދުވަސް ކުރިން - 13:46
އެމަނިކުފާނު ވިދާޅުވީ، އެ އެއްބަސްވުމުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށާއި އިދިކޮޅުގެ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް. އަދި މި ބިލަކީ މުޅި ރިއަލް އެސްޓޭޓް ވިޔަފާރި ހިމެނޭހެން އެކުލަވާލާފައިވާ ބިލެއް ކަމަށާއި، ބޭނުމަކީ މަޝްރޫއުތަކުގެ ނަމުގައި މީހުންގެ ގޯތިތައް އަތުލައި ރައްޔިތުންނަށް ލަނޑުދިނުން ނިމުމަކަށް ގެނައުން ކަމަށް.
18 ދުވަސް ކުރިން - 12:08
ރައީސް ވިދާޅުވީ ޝާހިދު ހައްޔަރުކުރެވުނީ ކުޑަކުއްޖަކާ ގުޅޭ ސީރިއަސް މައްސަލައެއްގައި ކަމަށާއި، ގާނޫނު އެންމެންގެ މައްޗަށް ހަމަހަމަވާން ޖެހޭނެ ކަމަށް. އެހެންކަމުން ތަހުގީގީ އިދާރާތަކަށް ސަރުކާރުން ހުރަސްނާޅާނެ ކަމަށާއި، ރާއްޖޭގައި އަބަދުވެސް އޮންނާނީ ގާނޫނުއަސާސީ އާއި އިންސާނީ ހައްގުތައް ހިމާޔަތްކުރެވޭ ގާނޫނީ ވެރިކަމެއް ކަމަށް ރައީސް ފާހަގަކުރެއްވި.
18 ދުވަސް ކުރިން - 11:54
އެމަނިކުފާނު ވިދާޅުވީ، ރިއަލް އެސްޓޭޓް ބިލުގެ ދަށުން ރައްޔިތުންނާއި އަންނަން އޮތް ޖީލުތަކުގެ ހައްގުތަކާއި، ދައުލަތުގެ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ހިމާޔަތްކުރެވޭނެ ކަމަށެވެ. އަދި އިދިކޮޅުން ދައްކަނީ ސިޔާސީ ހިޔާލީ ވާހަކަތަކެއް ކަމަށް ވިދާޅުވި.
18 ދުވަސް ކުރިން - 11:40