މިއަހަރުގެ 3 ވަނަ ކުއާޓާރގައި މުދަލު ޒަކާތުގެ ގޮތުގައި 29 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސިން ނެރެފައިވާ މިއަހަރުގައި 3 ވަނަ ކުއާޓަރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 13.9 އިންސައްތައިގެ އިތުރުވުމެކެވެ.
ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހިނގާދިޔަ މި މުއްދަތުގައި ލިބުނު އަދަދަކީ، 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 26,217,898.70 ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 3.64 މިލިއަން ރުފިޔާގެ އިތުރުވުމެއްކަން ތަފާސްހިސާބުތަކުން ހާމަވެއެވެ.
މި މުއްދަތުގެ ތެރޭގައި ލިބުނު ފައިސާއިން، މޯލްޑިވްސް ޒަކާތު ހައުސްއިން ޒަކާތް ހައްގުވާ އެކި ބައިތަކަށް ޖުމްލަ 15,306,546.64 ރުފިޔާ ޒަކާތުގެ އެހީގެ ގޮތުގައި ބެހިއެވެ.
ޒަކާތު ހައުސްގެ 3 ވަނަ ކުއާޓަރުގެ ތަފާސްހިސާބުތައް / ފޮޓޯ: ޒަކާތު ހައުސް
އެހީގެ ގޮތުގައި ދޫކުރި ފައިސާގެ އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ފީސަބީލިޓީ ގެ ބަޔަށެވެ. އެއީ 9.08 މިލިއަން ރުފިޔާ (9,075,719.95 ރުފިޔާ) ކަމަށްވާ އިރު، ފަގީރުންނާއި މިސްކީނުންގެ ބަޔަށް 5.46 މިލިއަން ރުފިޔާ (5,458,089.69 ރުފިޔާ) ބެހިއެވެ.
މި ތަފާސްހިސާބުތަކަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ އެސް.އޭ.ޕީ (އެސްއޭޕީ) ސިސްޓަމުގައިވާ ރެކޯޑުތަކަށް ބިނާކޮށް އެކުލަވާލާފައިވާ ހިސާބުތަކެއް ކަމަށްވާތީ، ފަހުން ގެނެވޭ ބަދަލުތަކާ ގުޅިގެން ނުވަތަ އިތުރު ޕޯސްޓުތަކާ ގުޅިގެން މި ހިސާބުތަކަށް ބަދަލު އައުން އެކަށީގެންވާ ކަމަށް ޒަކާތު ހައުސްއިން ފާހަގަކުރިއެވެ.





