Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް 2026ގެ ފުރަތަމަ ސެޝަންގެ ޕެނަލިސްޓުން އިއުލާނުކޮށްފި

އައިޝަތު އިމްސާ
އައިޝަތު އިމްސާ
2 ގަޑިއިރު ކުރިން - 23 އޮކްޓޫބަރު 2026 10:55
އިންޒެކް ފުރަތަމަ ސެޝަންގެ ޕެނަލިސްޓުން / ފޮޓޯ: މޯލްޑިވްސް ޒަކާތު ހައުސިން
އިންޒެކް ފުރަތަމަ ސެޝަންގެ ޕެނަލިސްޓުން / ފޮޓޯ: މޯލްޑިވްސް ޒަކާތު ހައުސިން
ޚުލާސާ

ސެޝަން ކުރިޔަށް ދާނީ "ނާޒުކު ހާލަތަށް ވާސިލުކޮށްދޭ ކަންކަމުގެ ސިލްސިލާ ދެނެގަތުން: މާލީ ދަތިތަކުން އިޖުތިމާއީ އެކަހެރިކަމަށް ވާސިލުވާ ގޮތް ދިރާސާކުރުން"، މި މައުޟޫއަށް. ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 28 އޮކްޓޫބަރު 2026 ވާ ދުވަހު އިސްލާމީ މަރުކަޒުގަ.

މޯލްޑިވްސް ޒަކާތު ހައުސްއިން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް 2026)ގެ ފުރަތަމަ ސެޝަންގެ ޕެނަލިސްޓުން އިއުލާނުކޮށްފިއެވެ. "ނާޒުކު ހާލަތަށް ވާސިލުކޮށްދޭ ކަންކަމުގެ ސިލްސިލާ ދެނެގަތުން: މާލީ ދަތިތަކުން އިޖުތިމާއީ އެކަހެރިކަމަށް ވާސިލުވާ ގޮތް ދިރާސާކުރުން" މި ނަމުގައި ކުރިއަށްގެންދާ މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 28 އޮކްޓޫބަރު 2026 ވާ ދުވަހު އިސްލާމީ މަރުކަޒުގައެވެ.

މި ސެޝަންގައި، ކުއްލި ގޮތަކަށް ދިމާވާ ސިއްހީ ހާލަތްތަކާއި ދަރަނީގެ ދަންތުރަ ފަދަ ކަންކަމުގެ ސަބަބުން މެދުފަންތީގެ އާއިލާތައް ފަގީރުކަމުގެ ތެރެއަށް ގެނބިގެންދާ ސަބަބުތަކާ މެދު އިޖުތިމާއީ އަދި އިގުތިސާދީ މާހިރުން މަޝްވަރާކުރާނެކަމުގައި މޯލްޑިވްސް ޒަކާތު ހައުސިން ހާމަކުރިއެވެ. މި ޕެނަލްގައި އެންސްޕާގެ ޑިރެކްޓަރ ޖެނެރަލް ސުނީތާ އަބްދުﷲ އާއި، އެޗްޑީސީގެ އެކްޓިންގ ސީސީއޯ އަހްމަދު އަސްލަމް އަދި އެމްއެމްއޭގެ ފައިނޭންޝަލް އިންކްލޫޝަން ސެކްޝަންގެ ޑެޕިއުޓީ މެނޭޖަރ ތާއިފް އަހްމަދު ރުޝްދީ ހިމެނިވަޑައިގަންނަވާއިރު، މޮޑެރޭޓްކުރައްވާނީ ޒަކާތު އާމިލް މަރިޔަމް މާޝާ މުސްތަފާއެވެ.

އެކި ދާއިރާތަކުގެ ތަފާތު ތަސައްވުރުތައް އެއްތަންކޮށްދޭ މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ މާލީ ދަތިކަމާއި އިޖުތިމާއީ ނާޒުކުކަމާ ދެމެދު އޮތް ގުޅުމުގެ މައްޗަށެވެ. މީގެއިތުރުން، މާލީ ދަތިތައް ތަހައްމަލުކުރަމުންދާ ފަރުދުންނާއި އާއިލާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމުގެ މުހިންމުކަން މި ސެޝަންގެ ޒަރީއާއިން ހާމަކޮށްދިނުމަށް ނިންމާފަވާކަމަށް ޒަކާތު ހައުސިން ހާމަކުރިއެވެ.

Advertisement

Advertisement 1

އިންޒެކް 2026ގެ ތެރެއިން ތަފާތު ތިން މައުލޫއަކަށް ސެޝަންތައް ކުރިއަށްދާއިރު، ކޮންމެ ސެޝަނެއްގައިވެސް ކީނޯޓް އެޑްރެހަކަށް ފަހު ޕެނަލް ޑިސްކަޝަނެއް އޮންނާނެއެވެ. މި ކޮންފަރެންސްގެ މަގުސަދަކީ ޒަކާތާއި އިސްލާމީ އިޖުތިމާއީ މާލިއްޔަތާ ގުޅުންހުރި މިޒަމާނުގެ ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް އިލްމު ބަދަލުކުރުމަށް ބާރުއެޅުމެވެ.

މީގެ ތެރޭގައި ނާޒުކު ހާލަތްތަކަށް ހައްލު ހޯދުމާއި އިޖުތިމާއީ އަދި އިގްތިސާދީ ވިލުންތެރިކަން ވަރުގަދަކުރުމަށް އެޅިދާނެ ފިޔަވަޅުތައް ހިމެނެއެވެ. އިނާމުތަކާއި ސެޝަންތަކުގެ އިތުރު މައުލޫމާތުތައް ހާމަކުރަމުންދާއިރު، ދެން ހުރި ސެޝަންތަކުގެ ޕެނަލިސްޓުންވެސް ކުރިއަށް އޮތް ދުވަސްތަކުގައި ޒަކާތު ހައުސްއިން އިއުލާނުކުރުމަށް ހަމަޖެހިފަވެއެވެ.

އެޗްޑީސީއެމްއެމްއޭޒަކާތު ހައުސްއެންސްޕާމާލީ އެހީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސްގެ ކޭޓަރިންގ ޕާޓްނަރަކަށް ބުރުޒު ކޭޓަރިންގ

އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސްގެ ކޭޓަރިންގ ޕާޓްނަރަކަށް ބުރުޒު ކޭޓަރިންގ

23 ގަޑިއިރު ކުރިން - 13:59

މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

2 ދުވަސް ކުރިން - 13:23

އިންޒެކް 2026 ގެ ސިލްވަރ ސްޕޮންސަރަކަށް ޕެންޝަން އޮފީސް ހަމަޖައްސައިފިނ

އިންޒެކް 2026 ގެ ސިލްވަރ ސްޕޮންސަރަކަށް ޕެންޝަން އޮފީސް ހަމަޖައްސައިފިނ

2 ދުވަސް ކުރިން - 15:18

ހުޅުމާލޭގެ 220 އެޕާޓްމަންޓެއްގައި ރެއިލިން ހަރުކޮށްފި

ހުޅުމާލޭގެ 220 އެޕާޓްމަންޓެއްގައި ރެއިލިން ހަރުކޮށްފި

4 ދުވަސް ކުރިން - 19:05

ކްރިޕްޓޯ އެސެޓްތަކާ މެދު ހަމަހަމަ އުސޫލެއް ގެންގުޅުމަށް އެމްއެމްއޭއިން ގޮވާލައިފި

ކްރިޕްޓޯ އެސެޓްތަކާ މެދު ހަމަހަމަ އުސޫލެއް ގެންގުޅުމަށް އެމްއެމްއޭއިން ގޮވާލައިފި

5 ދުވަސް ކުރިން - 10:54

އެޗްޑީސީން "ޑިސެބިލިޓީ އެމްބެސެޑަރުން" އައްޔަންކޮށްފި

އެޗްޑީސީން "ޑިސެބިލިޓީ އެމްބެސެޑަރުން" އައްޔަންކޮށްފި

8 ދުވަސް ކުރިން - 12:15