މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް 2026) ގެ ކޭޓަރިންގ ޕާޓްނަރެއްގެ ގޮތުގައި ބުރުޒު ކޭޓަރިންގ ހަމަޖައްސައިފިއެވެ.
ވޭތުވެދިޔަ އަހަރު ބޭއްވި އިންޒެކް 2025 ގައިވެސް ކޭޓަރިންގ ޕާޓްނަރަކީ ބުރުޒު ކޭޓަރިންގއެވެ. މޯލްޑިވްސް ޒަކާތު ހައުސް އިން މައުލޫމާތު ދޭ ގޮތުގައި، ޖެހިޖެހިގެން ދެވަނަ އަހަރުވެސް މި ހިދުމަތް ބުރުޒު ކޭޓަރިންގއާ ހަވާލުކުރުމުން ރަމްޒުކޮށްދެނީ، ކޮންފަރެންސް ކާމިޔާބުކަމާއެކު އިންތިޒާމުކޮށް ކުރިއަށް ގެންދިއުމަށްޓަކައި ދެފަރާތުގެ މެދުގައި އޮތް ބަދަހި ގުޅުމެވެ.
އިންޒެކް 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ މި އޮކްޓޫބަރު މަހުގެ 28 ވާ ބުދަ ދުވަހުގެ ހެނދުނު 8:30 އިން ހަވީރު 7:00 އަށް، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ.
މި ކޮންފަރެންސަކީ އިސްލާމީ ޢިލްމުވެރިންނާއި، ސިޔާސަތުތައް ކަނޑައަޅުއްވާ ބޭފުޅުންގެ އިތުރުން ދާއިރާގެ ތަޖުރިބާކާރުން އެއްތަނަކަށް އެއްވެ، ޒަކާތާއި އިސްލާމިކް ސޯޝަލް ފައިނޭންސްގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތްތަކާއި، ހުރި ފުރުސަތުތަކާ މެދު ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށް ބޭއްވޭ މުހިންމު ބައްދަލުވުމެކެވެ.





