Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޒަކާތު ހައުސްގެ މަތީ ތައުލީމުގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ޒަކާތު ހައުސްގެ މަތީ ތައުލީމުގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
46 ދުވަސް ކުރިން - 16 ޖުލައި 2026 19:48
ފޮޓޯ: ޒަކާތު ހައުސް
ފޮޓޯ: ޒަކާތު ހައުސް
ޚުލާސާ

މި މުއްދަތު އިތުރުކުރުމުގެ މައިގަނޑު މަގުސަދަކީ، ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ފޯމު ހުށަނާޅާ ތިބި ފަރާތްތަކަށް އެ ފުރުސަތުގެ ބޭނުން ހިފުމަށް އިތުރު ފުރުސަތެއް ދިނުމަށްކަމަށް ޒަކާރު ހައުސްއިން ހާމަކުރި،

މޯލްޑިވްސް ޒަކާތު ހައުސްގެ ފަރާތުން މިއަހަރު ދޫކުރުމަށް ހަމަޖެހިފައިވާ މަތީ ތައުލީމުގެ ސްކޮލަޝިޕާއި ހާއްސަ ސްކޮލަޝިޕް ޕްރޮގުރާމަށް ކުރިމަތިލުމުގެ މުއްދަތު އެ އިދާރާއިން އިތުރުކޮށްފި އެވެ.

ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި، މި ފުރުސަތަށް އެދި ހުށަހެޅުމުގެ ސުންގަޑި މިހާރު ވަނީ އަންނަ އޮގަސްޓް މަހުގެ 16 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް އިތުރުކޮށްފައެވެ. މި މުއްދަތު އިތުރުކުރުމުގެ މައިގަނޑު މަގުސަދަކީ، ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ފޯމު ހުށަނާޅާ ތިބި ފަރާތްތަކަށް އެ ފުރުސަތުގެ ބޭނުން ހިފުމަށް އިތުރު ފުރުސަތެއް ދިނުމެވެ.

މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހު ހުޅުވާލި މި ސްކޮލަޝިޕް ޕުރޮގުރާމަކީ ރާއްޖެއާއި ރާއްޖޭން ބޭރުން މާސްޓާސް (ލެވެލް 9) އަދި ޕީއެޗްޑީ (ލެވެލް 10) އަށް ކިޔަވަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ ފުރުސަތެކެވެ.

Advertisement

Advertisement 1

މި ޕްރޮގްރާމުގެ ދަށުން ޖުމުލަ 40 ފުރުސަތު ހުޅުވާލާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  1. ރާއްޖޭގައި ކިޔެވުމަށް: 10 ފުރުސަތު
  2. ރާއްޖޭން ބޭރުގައި ކިޔެވުމަށް: 20 ފުރުސަތު
  3. ސައުދީ އަރަބިއްޔާއާއި މިސްރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް (ސްޓައިޕެންޑާއެކު): 5 ފުރުސަތު
  4. އަންހެނުންގެ ސިއްހަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް: 5 ފުރުސަތު

މީގެ އިތުރުން، އިސްލާމީ ދާއިރާތަކުގެ ބޭރުން އެހެނިހެން ދާއިރާތަކުން ކިޔެވުމަށް އެދޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ހާއްސަ ފުރުސަތެއްވެސް ވަނީ ހުޅުވާލާފަ އެވެ. މިގޮތަށް ހުށަހަޅާ ފަރާތްތަކުން، އެ ދާއިރާއަކުން ކިޔެވުމުގެ ސަބަބުން ދިވެހި އިސްލާމީ މުޖުތަމައުގެ ކުރިއެރުމަށާއި ތަރައްގީއަށް ކުރާނެ ފައިދާ ސާފުކޮށް ބަޔާންކޮށްދޭންޖެހޭނެ އެވެ.

މި ފުރުސަތަށް އެދި ހުށަހަޅަން ބޭނުންވާ ޕްރޮޕޯސަލް ޓެމްޕްލޭޓާއި އިތުރު މައުލޫމާތު ޒަކާތު ހައުސްގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ޒަކާތު ހައުސްއިން ފާހަގަކުރި އެވެ.

ޒަކާތު ހައުސްސްކޮލަޝިޕް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިއަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 17.3 މިލިއަން ރުފިޔާ ލިބިއްޖެ

މިއަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 17.3 މިލިއަން ރުފިޔާ

1 ދުވަސް ކުރިން - 13:12

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

23 ދުވަސް ކުރިން - 10:27

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

51 ދުވަސް ކުރިން - 22:51

މެލޭޝިއާއިން މާސްޓާސް އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު އެމްއެމްއޭއިން ހުޅުވާލައިފި

މެލޭޝިއާއިން މާސްޓާސް އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު އެމްއެމްއޭއިން ހުޅުވާލައިފި

77 ދުވަސް ކުރިން - 14:59

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

77 ދުވަސް ކުރިން - 12:32

އެމެރިކާގެ "ފުލްބްރައިޓް" ސްކޮލަޝިޕަށް ދިވެހިންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމެރިކާގެ "ފުލްބްރައިޓް" ސްކޮލަޝިޕަށް ދިވެހިންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

94 ދުވަސް ކުރިން - 13:23