Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

އައިޝަތު ރުވާ ރިފްޢަތު
48 ދުވަސް ކުރިން - 11 ޖުލައި 2026 22:51
ޒަކާތު ހައުސް، ގްރޫޕް އޮފް ހޮސްޕިޓަލްސް އަދި ހެލްތު މިނިސްޓްރީގެ އިސްވެރިން 6 ޕޭޝަންޓުގެ އާއިލާއާ ބައްދަލުކުރެއްވުން. / ފޮޓޯ: މޯލްޑިވްސް ޒަކާތު ހައުސް
ޒަކާތު ހައުސް، ގްރޫޕް އޮފް ހޮސްޕިޓަލްސް އަދި ހެލްތު މިނިސްޓްރީގެ އިސްވެރިން 6 ޕޭޝަންޓުގެ އާއިލާއާ ބައްދަލުކުރެއްވުން. / ފޮޓޯ: މޯލްޑިވްސް ޒަކާތު ހައުސް
ޚުލާސާ

މިއީ މިއަހަރު ފޮނުވާ ފުރަތަމަ ގްރޫޕު. މިކަމަށް ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ އެންސްޕާއަށް ވަނީ ޖަމާކޮށްފަ. އިތުރު 4 ކުއްޖަކު ފޮނުވުމުގެ މަސައްކަތް ކުރަމުންދާއިރު، 2024 އިން ފެށިގެން މި ފަރުވާއަށް ޒަކާތު ފަންޑުން 23 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފަ.

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މާލީގޮތުން ތަނަވަސްކަން ނެތް ތެލެސީމިއާ ހަ ކުއްޖަކު، ޒަކާތު ފަންޑުގެ މާލީ އެހީތެރިކަމާއެކު މި ފަރުވާ ހޯދުމަށް އިންޑިއާއަށް ފުރުމަށް ހަމަޖެހިއްޖެއެވެ. މިއީ މިއަހަރުގެ ތެރޭގައި ސަރުކާރުގެ އެހީގައި ރާއްޖޭން ބޭރުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފުރާ ފުރަތަމަ ގްރޫޕެވެ.

މި ކުދިން ފުރުމުގެ މުނާސަބަތުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު ގީލާ އަލީ އާއި، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިހް އިމްތިޠާއު އައްބާހާއި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް) ގެ ސީ.އީ.އޯ އިބްރާހީމް އަބަދުއްރައްޒާގު ހަލީމްގެ އިތުރުން ތެލަސީމިއާ ސެންޓަރުގެ އިސްވެރިންނާއި ކުދިންގެ އާއިލާތަކުން ބައިވެރިވިއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ބުނި ގޮތުގައި، މި ފަރުވާއަށް ޝަރުތު ހަމަވާ އިތުރު ހަތަރު ކުއްޖަކު، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިމުމުން ފުރުމަށް ވަނީ ހަމަޖެހިފައެވެ. މި އެހީ ފޯރުކޮށްދެނީ 21 ފެބްރުއަރީ 2024 ގައި އިސްލާމިކް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީއާ ދެމެދު ވެވުނު ފަހުމުނާމާގެ ދަށުންނެވެ. މި މަސައްކަތުގެ ދަށުން، ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ މިދިޔަ މަހު ވަނީ އެންސްޕާއަށް ޖަމާކޮށްފައެވެ.

Advertisement

Advertisement 1

ތެލެސީމިއާ އަކީ މުޅި އުމުރަށް ލޭ އަޅަންޖެހޭ ބައްޔަކަށްވާއިރު، ބޯންމެރޯ ޓްރާންސްޕްލާންޓަކީ މި ބައްޔަށް އޮތް ހަމައެކަނި ދާއިމީ ފަރުވާއެވެ. މި ފަރުވާގެ ސަބަބުން ބަލިމީހާގެ ހަށިގަނޑުގައި ދުޅަހެޔޮ ލޭގެ ސެލްތައް އުފައްދައިދީ، ގަވާއިދުން ލޭ އެޅުން ހުއްޓާލުމަށް މަގުފަހިވެއެވެ.

ޒަކާތު ހައުސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރުން ފެށިގެން މި ފަރުވާ ހޯދައިދިނުމަށް ޒަކާތު ފަންޑުން 23 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި 2026 ވަނަ އަހަރާ ހަމައަށް ފަރުވާ ހޯދުމަށް ޖުމުލަ 10 ކުއްޖަކަށް މިހާރު ވަނީ ހުއްދަ ލިބިފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ތެލެސީމިއާ ކުދިންނަށް ދާއިމީ ފަރުވާ ހޯދައިދިނުމަށް ހާއްސަ އިސްކަމެއް ދެއްވަމުންނެވެ.

ޒަކާތު ހައުސްޒަކާތު ފަންޑުމިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާއަބްދުއްރައްޒާގު ހަލީމްމިނިސްޓަރު ގީލާ އަލީބޯންމެރޯ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

20 ދުވަސް ކުރިން - 10:27

ޒަކާތު ހައުސްގެ މަތީ ތައުލީމުގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ޒަކާތު ހައުސްގެ މަތީ ތައުލީމުގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

43 ދުވަސް ކުރިން - 19:48

ހިމަބިހި ކޮންޓްރޯލް ކުރުމަށް ޔުނިސެފުން ރާއްޖެއަށް 28,000 ޑޯޒްގެ ވެކްސިން ހަދިޔާކޮށްފި

ހިމަބިހި ކޮންޓްރޯލް ކުރުމަށް ޔުނިސެފުން ރާއްޖެއަށް 28,000 ޑޯޒްގެ ވެކްސިން ހަދިޔާކޮށްފި

51 ދުވަސް ކުރިން - 20:10

ގައުމީ ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމް ރަސްމީކޮށް ފަށައިފި

ގައުމީ ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމް ރަސްމީކޮށް ފަށައިފި

69 ދުވަސް ކުރިން - 15:58

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

89 ދުވަސް ކުރިން - 20:58

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

89 ދުވަސް ކުރިން - 17:03