މަނިކުފާނު ވިދާޅުވީ، ރަސްމާލެއާ ގުޅުވައިގެން އިދިކޮޅުން ދޮގު ވާހަކަތައް ދައްކަނީ ފިތުނަ އުފައްދައި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް. އަދި މިފަދަ ވާހަކަތައް ފެތުރުމުގައި އިސްކޮށް އުޅުއްވަނީ ޔާމީނާއި އެމަނިކުފާނުގެ ޕާޓީގެ އިސްވެރިން ކަމަށް ވިދާޅުވެ، ރައީސް ވަނީ ތަރައްގީގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވާފަ.
18 ދުވަސް ކުރިން - 11:27
އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ޤާނޫނުތަކާއި ސިޔާދަތަށް އަދި ދައުލަތުގެ ޒިންމާތަކަށް ހުރަސްއެޅޭ އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު މާސްޓަރ ޑިވެލޮޕަރަށްވެސް ނޯންނާނެ ކަމަށް. އަދި ޤާނޫނުތަކާ ޚިލާފުވާ ފަރާތްތަކާމެދު އިދާރީ ފިޔަވަޅުގެ އިތުރުން ޖިނާއީ އަދަބު ވެސް ކަނޑައެޅޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި.
18 ދުވަސް ކުރިން - 11:15

މި މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ވަގުތުން އެ ސަރަހައްދަށް ގޮސް، އެ މީހާ ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައި ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެމީހާ މަރުވެފައިވާކަމަށް ހޮސްޕިޓަލުން ހާމަކުރިކަމަށް ފުލުހުން ބުނި.
18 ދުވަސް ކުރިން - 11:14
ރައީސް ވިދާޅުވީ، އެ ސަރަހައްދު ބަލަހައްޓާނީ ބޭރުގެ ބައެއް ކަމަށް ބުނެ އިދިކޮޅުން ދައްކަނީ ސިޔާސީ ވާހަކަތަކެއް ކަމަށް. އަދި ދައުލަތުގެ ތަންފީޒީ އިދާރާތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުން ޑިވެލޮޕަރަށް ލާޒިމުވާނެ ކަމަށާއި، އެތަނުގައި ހިނގާނީ ދައުލަތުގެ ފުރިހަމަ ބާރު ކަމަށް ރައީސް ވިދާޅުވި.
18 ދުވަސް ކުރިން - 11:05
މަޖިލީހަށް ހުށަހެޅި ރިއަލް އެސްޓޭޓް ބިލުގެ ދަށުން މިފަދަ މަޝްރޫއުތަކަށް 99 އަހަރަށް ބިން ދޫކުރެވޭއިރު، 10 ޕަސެންޓުގެ ޕްރީމިއަމާއި، މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު 4 ޕަސެންޓުގެ ފީއެއް އަދި ޓީޖީއެސްޓީ ދައުލަތަށް ލިބޭނެ. މީގެ ސަބަބުން ރާއްޖެއަށް ގިނަ އަދަދަކަށް ބޭރު ފައިސާ ލިބޭނެ.
18 ދުވަސް ކުރިން - 10:51

މި ބިލު އެކުލަވާލުމުގެ އެންމެ ބޮޑު މަގުސަދަކީ މިހާރު އަމަލުކުރަމުންދާ އިމާރާތް ކުރުމުގެ ގާނޫނު ހަމައެކަނި އެއްމެދު އިމާރާތްތަކަށް ހަނިވެފައި އޮތުމުން މާކެޓުގައި އުފެދިފައިވާ ގާނޫނީ ހުސްކަން ފިލުވައިލުމާއި އަދި ޔުނިޓުތައް ގަންނަ ފަރާތްތަކުން ކުރާ އިންވެސްޓްމަންޓްތައް ހިމާޔަތްކުރުމަށްޓަކައި މުއާމަލާތްތައް މޮނިޓާކުރާނެ ހާއްސަ އިދާރާއެއް އުފެއްދުން ކަންފާހަގަކޮށްލެވޭ.
18 ދުވަސް ކުރިން - 10:47
މަޖިލީހަށް ހުށަހަޅާ ހަތަރު ބިލުގެ ތެރޭގައި ހިމެނޭ މި ބިލުގެ ދަށުން، ރަސްމާލެއިން އިސްރާއީލު މީހުންނަށް ޕްރޮޕަޓީ ނުގަނެވޭނެ ކަމަށާއި، ބޭރު ފަރާތްތަކަށް ދޫކުރާ އިންވެސްޓަރ ވިސާ ކޮންމެ ފަސް އަހަރަކުން އައުކުރާއިރު ޤާނޫނަށް ބޯލަނބާތޯ ބަލާނެ ކަމަށް ރައީސް ފާހަގަކުރެއްވ.
18 ދުވަސް ކުރިން - 10:38

ސަރުކާރުން މި ބިލު ހުށަހެޅި މައިގަނޑު ސަބަބަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި، ބައިނަލްއަގުވާމީ ކަމާގުޅޭ އުސޫލުތަކާއި، އާންމު ރައްޔިތުންގެ އަދި ކުށްވެރިޔާގެ ހައްގުތަކަށް ރިއާޔަތްކޮށް، ރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ތައާރަފްކުރުންކަން ފާހަގަކޮށްލެވޭ.
19 ދުވަސް ކުރިން - 10:29
ރައީސް ވިދާޅުވީ، ޝަރުޢީ ތިން މަރުހަލާ ނިމިފައިވާ މީހުން ތިބި ނަމަވެސް ކުރީގެ ސަރުކާރުތަކުން އެކަން ނުކުރާ ކަމަށް. ރާއްޖެއަކީ އިސްލާމީ ގައުމަކަށްވާއިރު، ގިސާސް ހިފުމާއި ޑްރަގް ޓްރެފިކް ކުރާ މީހުންނަށް މަރުގެ އަދަބު ދޭންޖެހޭ ކަމަށް ވިދާޅުވި.
19 ދުވަސް ކުރިން - 10:26
އީ ސަރުކާރުގެ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ރަސްމީ މަސައްކަތެއް ދިމާނުވާ ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެ އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް ބާއްވާ ސިލްސިލާ ބައްދަލުވުމެއް.
19 ދުވަސް ކުރިން - 09:34
6 ދާއިރާއަކުން 25 ފަރާތަކުން ނަން ހުށަހެޅި މި އެވޯޑު 8 ފަރާތަކުން ހާސިލުކުރި. މީގެ އިތުރުން، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ފުރަތަމަ ފަހަރަށް ގައުމީ ޔުނިވަރސިޓީން ޑިގްރީ ހާސިލުކުރުމާ ގުޅިގެން އިސްމާއީލް ރާހިލްއަށް ހާއްސަ ހަނދާނީ ފިލައެއް ވަނީ އަރުވާފަ.
19 ދުވަސް ކުރިން - 21:25
ރިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތެރިކަމާއި، ހިދުމަތްތެރިންގެ އަގުވަޒަންކުރުމުގެ އިތުރުން، އެ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ އިގްތިސާދީގޮތުން ބާރުވެރި ކުރުވުމަށް ލިބޭ ބޮޑު ހިތްވަރެއް. މިނިސްޓަރ ވިދާޅުވި ގޮތުގައި ރިވެލި އެވޯޑަކީ ޝަރަފަކަށްވުރެ ފުން މާނައެއް އެކުލެވޭ އަގުހުރި އެވޯޑެއް ކަމަށް.
19 ދުވަސް ކުރިން - 21:15