ޔޫއެންޑީޕީއާއި މެޓް އޮފީސް ގުޅިގެން ހިންގާ މި ޕްރޮޖެކްޓަކީ މޫސުމީ ނުރައްކާތަކުން ރައްކާތެރިވުމުގެ ނިޒާމުތައް ވަރުގަދަކުރުމަށް ޗައިނާ ސަރުކާރުގެ ފަންޑިންގާއެކު ކުރިއަށްދާ ހަރަކާތެއް. މެޓް އޮފީހުގެ އާ ވެބްސައިޓު މިހާރު އާންމުންނަށް ބޭނުންކުރެވޭނެ.
19 ދުވަސް ކުރިން - 20:24
ޒަމާނީ ފުލުހުންގެ ހިދުމަތް ބިނާވެގެންވަނީ ކުށް ހިންގުމުން ހަމައެކަނި ތަހުގީގު ކުރުމުގެ މައްޗަށް ނޫން ކަމަށާއި، ކުށް އުފެދެން މެދުވެރިވާ އިޖުތިމާއީ، އިގުތިސާދީ އަދި ނަފްސާނީ ސަބަބުތައް ހޯދައި "އެވިޑެންސް ބޭސްޑް ޕޮލިސިންގ" ތަންފީޒުކުރުމުގެ މައްޗަށް.
19 ދުވަސް ކުރިން - 20:23

ންފުނީގެ ހިދުމަތްތަކާ ގުޅޭ އެންމެހައި މައުލޫމާތާއި އާންމު އެހީތެރިކަން ހޯއްދެވުމަށް މިހާރު ހާއްސަކޮށްފައިވަނީ ކަސްޓަމަރ ކެއަރ ހޮޓްލައިން ނަންބަރު 1575އަށް. އަދި 24/7 ހިދުމަތް ލިބޭނެ، ކުއްލި ހާލަތްތަކުގައި ގުޅުއްވުމަށް ހާއްސަކުރެވިފައިވާ އެމަޖެންސީ ހޮޓްލައިންއަކީ 105. ކަނޑައެޅިފައިވާ މި ނަންބަރުތައް ބޭނުންކުރެއްވުމަށް އެ ކުންފުނިން އިލްތިމާސްކުރޭ
19 ދުވަސް ކުރިން - 13:39
ފުލުހުން ބުނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންދާ ކަމަށް. ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި މި މައްސަލައިގެ ތަފްސީލެއް އަދި ހާމައެއް ނުކުރޭ. މި ފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިންގެ މައްސަލަތައް ގިނަކަން ފާހަގަކޮށްލެވޭ.
19 ދުވަސް ކުރިން - 13:38
މި މުބާރާތުގެ އެންމެ ފަހުގެ ފައިނަލް މެޗު ނުވަތަ ބަހުސް ބޭއްވުމަށް ހަމަޖެހިފަވަނީ 10 ނޮވެންބަރު 2026 ކަމަށްވާ އަންނަ އަންގާރަ ދުވަހު. މި މުބާރާރުގެ މައިގަންޑު މަގުސަދަކީ ޒުވާނުންނާއި ދަރިވަރުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމާއި، އިގްތިސާދީ މައްސަލަތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން.
19 ދުވަސް ކުރިން - 13:12
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ސްޓްރެޓީޖިކް ޕްލޭނިންގ އެންޑް ލީގަލް ސަރވިސަސް ގުޅިގެން އިސްކަންދަރު ކޮށީގައި 3 ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާ ކޮންފަރެންސްއެއް. މި ކޮންފަރެންސްގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުލުހުންގެ ހިދުމަތް ބޭނުންވާ މިންވަރާއި، ކުށުގެ ވެއްޓަށް އަންނަމުންދާ ބަދަލުތަކަށް މަޝްވަރާކުރެވޭނެ.
19 ދުވަސް ކުރިން - 12:29
މިތަކެތި އަތުލައިގަނެފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު ކޫރިއަރ މެދުވެރިކޮށް ރާއްޖެ ގެނައި ޕެކޭޖެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކު ކުރެވިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެ ޕެކޭޖު ބަލައި ފާސްކުރުމުގެ ތެރެއިން. ޕެކޭޖުގަ ވަނީ ޕާޓީ ޑްރަގްސްގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން.
19 ދުވަސް ކުރިން - 12:27
ސްޓޭޓް މިނިސްޓަރު އަލީ ފާރިސް ޔޫސުފް ވަނީ ތަރައްގީވަމުން އަންނަ ގައުމުތަކަށް މާލީ، ފަންނީ އަދި ޓެކްނޮލޮޖީގެ އެހީތެރިކަން ދިނުމަށް އެދިވަޑައިގެންފަ. އަދި އޯޒޯން ހިމާޔަތްކުރުމުގައި ރާއްޖޭގެ ކާމިޔާބީތައް ފާހަގަކުރައްވައި، މުއާހަދާތައް ތަންފީޒުކުރުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވި.
20 ދުވަސް ކުރިން - 10:16
މި އެކްސްޕޯގައި، މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކާއި، ކްލިނިކުތަކާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލަކާއެކު 60 އަށްވުރެ ގިނަ ސްޓޯލް ބެހެއްޓި. ސިއްހީ ދާއިރާގެ ތަފާތު ކަންކަމާ ގުޅޭ މައުލޫމާތު ވަރަށް ފުރިހަމައަށް ފޯރުކޮށްދެވި، ހެލްޕް ލައިންތަކާއި ހިދުމަތްތައް ހޯދާއިރު ފުރިހަމަކުރަންޖެހޭ ޕްރޮސެސްތައް ކިޔައިދެވިފައިވޭ.
20 ދުވަސް ކުރިން - 09:22

ފައިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ހުޅުއްވައިދެއްވި މި ހޮޓަލަކީ ކުރީގެ އެސްޓީއޯ އިމާރާތުގައި 11 މަހުން ތަރައްގީކުރި ތަނެއް. ޔޫއޭއީ ކުންފުންޏެއްގެ ބައިވެރިވުމާއެކު ހެދި 162 ކޮޓަރީގެ މި ހޮޓަލުން ދައުލަތަށް އަހަރަކު 3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ.
20 ދުވަސް ކުރިން - 23:17
ޗައިނާގެ ކޫލްފްލައި ކުންފުނީގެ "އީވީޓޯލް" އުޅަނދު ހުޅުމާލޭގައި އުދުއްސައި އަޖުމަބަލާފައިވާއިރު، މިއީ ރަށްރަށަށް ސިއްހީ ސާމާނު އުފުލުމާއި، ކާރިސާތަކުގައި އެހީތެރިވުމުގެ އިތުރުން ވަޒީފާއާއި އިގްތިސާދީ އާ ފުރުސަތުތައް އުފައްދައިދޭނެ އުޅަނދެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނި.
20 ދުވަސް ކުރިން - 16:33

ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ. ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ގދ. ފަރެސްމާތޮޑާއަށް. އެއީ 104.4 މިލިމީޓަރު. މޫސުން ގޯސްވެ، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރި.
20 ދުވަސް ކުރިން - 15:17