Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ޚަބަރު

ތިން އަހަރު ތެރޭ 1.3 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެފި: އިހުސާން

ތިން އަހަރު ތެރޭ 1.3 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެފި: އިހުސާން

މި ސަރުކާރުގެ ތިން އަހަރު ތެރޭ 1.3 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެ، ބޮޑެތި ވިޔަފާރިވެރިންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނު އިސްލާހުކޮށްފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ.

26 ދުވަސް ކުރިން - 15:17

ވިއްސާރައިގައި އިނގުރައިދޫގެ 30 ގެއަކަށް ފެންވަދެއްޖެ

ވިއްސާރައިގައި އިނގުރައިދޫގެ 30 ގެއަކަށް ފެންވަދެއްޖެ

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އުތުރުގެ ބައެއް ރަށްރަށުގައި ފެންބޮޑުވެ، އިނގުރައިދޫގެ 15 ގެއަކަށް ގެއްލުންވެއްޖެ. ފެންބޮޑުވި ސަރަހައްދުތަކުގައި ފެން ހިއްކުމާއި، ވެލިބަސްތާ ޖެހުމުގެ އިތުރުން ކަރަންޓު ދިނުމުގެ މަސައްކަތް ކައުންސިލްތަކާއި ރައްޔިތުން ގުޅިގެން ދަނީ ކުރަމުން.

26 ދުވަސް ކުރިން - 15:15

ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ލިޔުން ދޫކުރަނީ

ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ލިޔުން ދޫކުރަނީ

މިހާތަނަށް 3,086 ގޯތީގެ ރަޖިސްޓްރީ ދޫކޮށް ނިމިފައިވާއިރު، 1,393 ގޯތި މިހާރު ވަނީ ގޯތި ލިބުނު ފަރާތްތަކާ ހަވާލުކޮށްފަ. ގެދޮރުވެރިކަމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އަންނަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން.

26 ދުވަސް ކުރިން - 15:06

ގަލޮޅުގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

ގަލޮޅުގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

ގަލޮޅު ހުވަފެނީ ގޯޅީގައި ރޭ މެންދަމު ހިންގި މާރާމާރީއެއްގައި އަނިޔާވި 35 އަހަރުގެ ދިވެހި ފިރިހެނަކަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުން. މި މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައިނުވާއިރު، ފުލުހުން ދަނީ ހާދިސާ ތަހުގީގުކުރަމުން.

26 ދުވަސް ކުރިން - 12:28

2028ގެ އިންތިހާބުގައި ވާދަކުރައްވަން ރައީސް ޑރ.މުއިއްޒުގެ އަރިހުން ރަސްމީކޮށް ރައްޔިތުން އެދިއްޖެ

2028ގެ އިންތިހާބުގައި ވާދަކުރައްވަން ރައީސް ޑރ.މުއިއްޒުގެ އަރިހުން ރަސްމީކޮށް ރައްޔިތުން އެދިއްޖެ

2028 ގެ އިންތިހާބުގައި ވާދަކުރެއްވުމަށް އެދިވަޑައިގެންފައިވަނީ މިއަދު ބޭއްވި ޕީއެންސީގެ ދެވަނަ ކޮންގްރެސްގެ ރަސްމީ ބައްދަލުވުންތަކުގެ ތެރެއިން. ޕީއެންސީ އަކީ 80,000 އަށް ވުރެ ގިނަ މެންބަރުން ތިބި ރާއްޖޭގެ މެޖޯރިޓީ ރައްޔިތުން ތަމްސީލުކުރާ ސިޔާސީ ޕާޓީ.

26 ދުވަސް ކުރިން - 12:27

ދިވެހި ރުފިޔާގެ ނިޝާން ބައިނަލްއަގުވާމީ ޔުނިކޯޑް ސްޓޭންޑާޑުގައި ހިމަނައިފި

ދިވެހި ރުފިޔާގެ ނިޝާން ބައިނަލްއަގުވާމީ ޔުނިކޯޑް ސްޓޭންޑާޑުގައި ހިމަނައިފި

ދިވެހި ރުފިޔާގެ ނިޝާން ޔުނިކޯޑް ސްޓޭންޑާޑް (UNICODE 18.0) ގައި ހިމަނައިފި. މީގެ ސަބަބުން ކުރިއަށް އޮތް އަޕްޑޭޓްތަކާއެކު ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ރުފިޔާގެ ނިޝާން އެއް މިންގަނޑަކަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެކަމަށް އެމްއެމްއޭއިން ވިދާޅުވި.

26 ދުވަސް ކުރިން - 12:23

މާލެއަތޮޅުން ގދއަށް ނެރެފައިވާ ހުދުސަމާލު 6 ޖަހާއިރަށް ހަމަވާނެ

މާލެއަތޮޅުން ގދއަށް ނެރެފައިވާ ހުދުސަމާލު 6 ޖަހާއިރަށް ހަމަވާނެ

ކ. އަތޮޅުން ގދ. އަތޮޅަށް ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ވައިގަދަވާނެތީ ހުދު ސަމާލު ނެރެ، ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސްކޮށްފައި ވާއިރު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފަ.

27 ދުވަސް ކުރިން - 17:21

ކާށިދޫ ކަނޑަށް ލަކުޑިތަކެއް އެޅި، އޮޔާދާތީ ސަމާލުވާން އިލްތިމާސްކޮށްފި

ކާށިދޫ ކަނޑަށް ލަކުޑިތަކެއް އެޅި، އޮޔާދާތީ ސަމާލުވާން އިލްތިމާސްކޮށްފި

ކާށިދޫ ކަނޑުގައި ދަތުރުކުރި "ސީލައިން 3" ދޯނި އަރިއަޅާލައި، އޭގައި ހުރި ލަކުޑިތަކެއް ކަނޑަށް އެޅި އޮޔާދާތީ ސަމާލުވާން އިލްތިމާސްކޮށްފި. ފުލުހުންގެ އެހީތެރިކަމާއެކު ދޯނީގައި ތިބި 4 މީހުން ވަނީ ސަލާމަތްކޮށް އޭދަފުއްޓަށް ގެންގޮސްފަ.

27 ދުވަސް ކުރިން - 17:06

ޕީއެންސީގެ ޒުވާނުންގެ މަޖިލީހުގެ މެންބަރުކަމަށް ލުޖައިން އިންތިޚާބުކޮށްފި

ޕީއެންސީގެ ޒުވާނުންގެ މަޖިލީހުގެ މެންބަރުކަމަށް ލުޖައިން އިންތިޚާބުކޮށްފި

މިއަދު ބޭއްވި އިންތިޚާބުގައި ޒުވާނުންގެ މަޖިލީހުގެ 7 ގޮނޑިއަށް ޖުމްލަ 13 ކެންޑިޑޭޓުން ވާދަކޮށްފައިވޭ. ހޮވުނީ ސިމާނު ހާދީ، އިބްރާހީމް އަދުނާން ނިމާލް، މަލްޝާ، މުހައްމަދު އަސީލް، ލުޖައިން، އިސްމާއިލް ރިފާއު އަދި ހައްމާދު ރަޝީދު.

27 ދުވަސް ކުރިން - 17:00

ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ވަރލްޑް ބޭންކުން ދީފި

ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ވަރލްޑް ބޭންކުން ދީފި

ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމާއި، ދެމެހެއްޓެނިވި ހަކަތައިގެ ނިޒާމުތަކުގެ ޒަރީއާއިން ތެޔޮ އެތެރެކުރުމަށް ހިނގާ ހަރަދު ކުޑަކުރުމަށް އެހީތެރިވުމުގެ އިތުރުން ތަރައްގީގެ މަޝްރޫއުތައް މާލީގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާ ބެހޭގޮތުން ވަރލްޑް ބޭންކުން މަޝްވަރާ ކޮށްފައިވޭ.

27 ދުވަސް ކުރިން - 14:10

ޕީއެންސީގެ މެންބަރުންގެ މަޖިލީހަށް އާންމު 18 މެންބަރަކު އިންތިހާބުކޮށްފި

ޕީއެންސީގެ މެންބަރުންގެ މަޖިލީހަށް އާންމު 18 މެންބަރަކު އިންތިހާބުކޮށްފި

މެންބަރުންގެ މަޖިލީހަށް ހުޅުވާލައިގެން ކުރިމަތިލެއްވި 70 އަށްވުރެ ގިނަ ކެނޑިޑޭޓުންގެ ތެރެއިން، އާންމު 18 މެންބަރުން އިންތިހާބުކޮށްފައިވާއިރު، އެ ބޭފުޅުން މަގާމުތަކާ ރަސްމީކޮށް ހަވާލުވެވަޑައިގަތުން އޮންނާނީ މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ.

27 ދުވަސް ކުރިން - 14:00

ރިޝްވަތުގެ މައްސަލައިގައި ޗައިނާގެ ސީއެފްޑީއޭ ކުރީގެ ވެރިޔާ ޖަލަށްލައިފި

ރިޝްވަތުގެ މައްސަލައިގައި ޗައިނާގެ ސީއެފްޑީއޭ ކުރީގެ ވެރިޔާ ޖަލަށްލައިފި

ރިޝްވަތުގެ ގޮތުގައި 8.49 މިލިއަން ޑޮލަރު ހިފިކަން ސާބިތުވެ، ޗައިނާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންގެ ކުރީގެ ވެރިޔާ ބީ ޖިންގްއާން 14 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި. ޝަރީއަތުގައި ބީ ވަނީ ކުށަށް އިއުތިރާފްވެފަ.

27 ދުވަސް ކުރިން - 13:59

Previous12345Next