މިދިޔަ މަހުގެ 31 ގައި ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި 32 އަހަރުގެ ތައުލީމީ ހިދުމަތްތެރިޔާ މުހައްމަދު އަފީފު (62އ) ނިޔާވެއްޖެ. މިއީ މަހެއްހާ ދުވަހުގެ ތެރޭގައި ހުޅުމާލޭ އެކްސިޑެންޓެއްގައި މީހަކު ނިޔާވި ދެވަނަ ހާދިސާ.
27 ދުވަސް ކުރިން - 13:27
މި 10 ގޮނޑިއަށް އިންތިހާބުވެވަޑައިގެންފައި ވަނީ މަރްޔަމް ޝިއުނާއާއި، ޝެރީން އަބްދުއްސަމަދާއި، އާއިޝަތު މުހައްމަދާއި، ފާތިމަތު ރުހުސާނާއާއި، ފާތިމަތު މިޒުނާއާއި، ފާތިމަތު މުހައްމަދާއި، އާސިޔަތު ރިޔާސާއާއި، އާމިނަތު ނަމްޒާއާއި، އާމިނަތު ޝުހުދާގެ އިތުރުން މަރްޔަމް ސާމިޔާ.
27 ދުވަސް ކުރިން - 12:36
ދެކުނުގެ އަތޮޅުތަކަށް ކުރި ގަދަ ވިއްސާރައިގައި ފޭދޫއާއި ފުވައްމުލަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، މޫސުން އަލިވުމާއެކު ގެއްލުންވި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީ، ހިދުމަތްތައް އަލުން އިއާދަކުރުމުގެ މަސައްކަތް އެންޑީއެމްއޭއިން ދަނީ ކުރަމުންނެވެ.
27 ދުވަސް ކުރިން - 12:19
ޕީއެންސީގެ ހާއްސަ ކޮންގްރެސްގެ ތެރެއިން ބޭއްވި އިންތިހާބުގައި، ޕާޓީގެ ހިންގުން ހަރުދަނާކޮށް ސިޔާސީ ހަރަކާތްތައް ވަރުގަދަކުރުމުގެ މަޤްސަދުގައި، އެ ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމަށް މިނިސްޓަރުންނާއި މަޖިލިސް މެންބަރުން ހިމެނޭހެން 6 ބޭފުޅަކު އިންތިހާބުކޮށްފިއެވެ.
27 ދުވަސް ކުރިން - 12:16
މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ވައި 40 މޭލަށް އަރާ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފި. ނަމަވެސް މާދަމާއިން ފެށިގެން މޫސުން އަލިވާނެތީ، ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ.
27 ދުވަސް ކުރިން - 10:32
ރިޒާވް މަތިކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ފޮރިން އެކްސްޗޭންޖް ގަވާއިދުތަކަށް ބަދަލުތައް ގެނެސް، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޑޮލަރު ބޭންކިންގ ނިޒާމުގެ ތެރެއަށް މާރުކުރަންޖެހޭ މިންވަރު އިތުރުކުރުމުގެ މަސައްކަތްތައް ކުރާކަން ފާހަގަކޮށްލެވޭ.
28 ދުވަސް ކުރިން - 20:30
ސައޫދީގެ މަދީނާއިން 110 މިލިޔަން ޓަނުގެ ޔުރޭނިއަމާއި 'ރެއާ އަރތު' މައުދަންތައް ފެނިއްޖެ. 100 ބިލިޔަން ޑޮލަރުގެ އަގުހުރި މި ހޯދުމާއެކު، އެމެރިކާއާ ގުޅިގެން ރެއާ އަރތު ޕްލާންޓެއް ބިނާކުރުމަށް ވަނީ ހަމަޖެހިފަ.
28 ދުވަސް ކުރިން - 15:40
ނުކުޅެދުންތެރިކަން ހުންނަ 15,498 މީހުންނަށް އޮގަސްޓް މަހު މާލީ އެހީގެ ގޮތުގައި 58.4 މިލިއަން ރުފިޔާ އެންސްޕާއިން ދޫކޮށްފި. ދަފްތަރުގައި 15,665 މީހުން ރަޖިސްޓަރީވެފައިވާއިރު، އެހީ އެންމެ ބޭނުންޖެހޭ ފަރާތްތަކަށް ކަށަވަރުކުރުމަށް ސަރުކާރުން ދަނީ ފިޔަވަޅުތައް އަޅަމުން.
28 ދުވަސް ކުރިން - 15:39
އެމްއައިބީގެ "ފައިސާ މޮބައިލް އެކްސް 2.0" އެޕްލިކޭޝަން ބޮޑެތި އަޕްގްރޭޑްތަކާއެކު އިފުތިތާހުކޮށްފި. މީގެ ތެރޭގައި އާ ޔޫސާ އިންޓަފޭސް، ސްމާޓް ސާޗް، ފައިސާ ރެމިޓް އަދި ވަރުގަދަ ސެކިއުރިޓީ ހިމެނޭ.
28 ދުވަސް ކުރިން - 15:39
ޕީއެންސީގެ މަތީ މަޖިލީހުން އެ ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހެޅި އިސްލާހުތައް އިއްތިފާގުން ފާސްކޮށްފި. މިއީ މެންބަރުން އިތުރުވަމުންދާތީ، ހިންގުން ހަރުދަނާކޮށް، އާ ގުނަވަންތަކާއި ކޮމިޓީތައް އުފައްދައި ޕާޓީގެ ހަރަކާތްތައް ފުޅާކުރުމުގެ ގޮތުން ގެނެވުނު ބަދަލުތަކެއް.
28 ދުވަސް ކުރިން - 15:38
ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވައި، ދިފާއީ ދާއިރާއިންނާއި އިސްލާމީ ކަންތައްތަކާ ގުޅޭގޮތުން އާ އެމް.އޯ.ޔޫ ތަކެއްގައި ވަނީ ސޮއިކުރައްވާފަ. ދެ ގައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ހަރުދަނާކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް މުޢިއްޒު ދެއްވާފަވޭ.
28 ދުވަސް ކުރިން - 14:12
އެމެރިކާއިން ޖައްވުގައި ހަތިޔާރު ޤާއިމުކުރިކަމަށް ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެ އަދި މިއީ ޗައިނާއާއި ރަޝިޔާގެ ނުރައްކާތަކުން ދިފާއުވުމަށާއި، މުވާސަލާތީ އަދި ނެވިގޭޝަން ސެޓެލައިޓްތައް ހިމެނޭހެން ޖައްވީ ދާއިރާ ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއް ކަމަށް އެމެރިކާއިން ބުނެފި.
28 ދުވަސް ކުރިން - 14:11