ސިޔާސީ ޖަޒުބާތުތަކާއި ޒާތީ އަރާރުންތަކުގެ ކުރިއަށް ގައުމީ އިހްލާސްތެރިކަމާއި ޖަމާއަތުގެ ބާއްޖަވެރިކަން ނެރުމަށް މުޅި ގައުމަށް އެމަނިކުފާނު ގޮވާލެއްވި. ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމަށްވުރެ ގައުމީ ސަލާމަތާއި ފުދުންތެރިކަން އިސްކޮށް، ދަރަނީގެ އަޅުވެތިކަމުން މިންޖުވެ ފުދުންތެރި މުސްތަގުބަލަކަށް އަމާޒު ހިފަންޖެހޭ ކަމަށް ވިދާޅުވި.
24 ދުވަސް ކުރިން - 11:29
ވާދަވެރި ސްޓޭޓްތަކުގެ ސެނެޓް ގޮނޑިތައް ހިމެނޭހެން، ބޭނުންވާ ބަދަލު ގެނެސްދޭނެ ޑިމޮކްރެޓިކް ކެންޑިޑޭޓުންނަށް ވޯޓުދިނުމަށް އޮބާމާ ގޮވާލެއްވި. މިޑްޓަރމް އިންތިހާބަކީ ކޮންގްރެސްގެ ކޮންޓްރޯލް ލިބޭނެ ބަޔަކު ނިންމައި، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ގާނޫނީ އެޖެންޑާ ކުރިއަށްދާނެ ގޮތް ކަނޑައެޅިގެންދާނެ މުހިންމު އިންތިހާބެއް.
24 ދުވަސް ކުރިން - 16:00
ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި، 1988 ގެ އުދުވާނީ ހަމަލާގައި ޝަހީދުވި 19 ދިވެހިންނަށް ސުވަރުގޭގެ ނިއުމަތް މިންވަރުކުރެއްވުމަށް އެދި ނައިބު ރައީސް ދުއާކުރެއްވި. އެ ދުވަހު 39 މީހުން ޒަހަމުވެ، ބޮޑެތި އަނިޔާތަކެއް ލިބުނު.
24 ދުވަސް ކުރިން - 15:20
ފުލުހުން ކަށަވަރުކޮށްދީފައިވާ މި ހައްޔަރާ ގުޅިގެން، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ތަހުގީގަށް ޝާހިދު 30 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ. ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދޭ.
24 ދުވަސް ކުރިން - 15:10
1988 ގެ ހަމަލާ ދިންއިރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫން ވިދާޅުވީ، މިއީ ދިވެހިންގެ ގައުމީ ލޯތްބާއި، ހިތްވަރާއި، މިނިވަންކަމަށް ލޯބިކުރާ މިންވަރު މުޅި ދުނިޔެއަށް ސާބިތުކޮށްދިން ފަހުރުވެރި ދުވަހެއް ކަމަށް. މި ހަމަލާގެ ފަހަތުގައި ވަނީ ވެރިކަމަށް ފެންބޮވައިގެންފައި ތިބި ތިބި ދިވެހި ގައްދާރުންތަކެއް.
24 ދުވަސް ކުރިން - 12:57
ނަސްރުގެ ދުވަސް ފާހަގަކުރުމަށް ބޮޑު ޖަމާއާތުގައި ފަތިސްނަމާދުކޮށް، ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑު މައުންޓްކުރުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ސަރުކާރުގެ އިސްވެރިންގެ ހާޒިރުގައި މިއަދު ހެނދުނު ބާއްވައިފި
25 ދުވަސް ކުރިން - 10:27
ނަމާދަށްފަހު 1988 ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި 19 ދިވެހިންގެ (8 ސިފައިންނާއި 11 އާންމުން) މަތިވެރި ގުރުބާނީގެ ޒިކުރާ އާކޮށް ހާއްސަ ދުއާއެއް ކޮށްފައިވޭ.
25 ދުވަސް ކުރިން - 10:26
ޑރ. އަބްދުލްއަޒީޒު ޔޫސުފްގެ ރިޔާސަތުގައި އެކުލަވައިލި 18 މެންބަރުންގެ މި ބޯޑަކީ ރައީސުލްޖުމްހޫރިއްޔާއަށް ޖަވާބުދާރީވާ ބޯޑެއް. މާލެއާއި އަތޮޅުތަކުގެ މައި ހޮސްޕިޓަލްތަކާއި ލޭގެ ހިދުމަތްދޭ މަރުކަޒު ހިމެނޭހެން، ސަރުކާރުގެ 12 ސިއްހީ މަރުކަޒެއްގެ ހިންގުން ބަލަހައްޓާނީ މި ބޯޑުގެ ބެލުމުގެ ދަށުން.
25 ދުވަސް ކުރިން - 00:08

އަބްދުﷲ ޝާހިދަކީ އެމްޑީޕީގެ ރައީސް އަދި ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީ ކުރީގެ ރައީސް.
25 ދުވަސް ކުރިން - 21:20
އެޗްޑީސީން ބުނީ މި ފިޔަވަޅު އެޅީ ގިނަ ދުވަސްތަކެއް ވަންދެން ކުލި ނުދައްކައިގެން، ފައިސާ ދެއްކުމަށް އެކަށީގެންވާ ފުރުސަތުތަކާއި ނޯޓިސްތައް ދިނުމަށް ފަހު ކަމަށް. އަދި މިއަދުން ފެށިގެން އެ ތަނުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް އަދި ހިދުމަތެއް ދިނުން ވެސް ވަނީ މަނާކޮށްފަ.
25 ދުވަސް ކުރިން - 18:13
ބޯޓު ކޮންޓްރޯލުން ނެއްޓި ވެއްޓުނީ ފިޔަގަނޑުގައި ގަނޑުފެން ހެދިގެން ކަމަށް ބެލެވޭއިރު، އެފްއޭއޭ އާއި އެންޓީއެސްބީން ދަނީ މައްސަލަ ތަހުގީގުކުރަމުން. މި ހާދިސާގަ މަރުވި މީހުންގެ މައުލޫމާތު އަދި އާއްމުކޮށްފައެއްނުވޭ. އަދި މި ހާދިސާގައި ޕްލޭނުގައި ދަތުރުކުރި މީހުންގެ އިތުރުން އެއްވެސް ބަޔަކު މަރުނުވާކަމަށް ބުނި
25 ދުވަސް ކުރިން - 15:48
އެ ރިޕޯޓުގައި 24 ބިލިއަން ޑޮލަރުގެ އަގު ނެރެފައިވަނީ ހުޅުމާލޭގެ މިހާރުގެ ބިމުގެ އެވަރެޖް އަގު ކަމަށްވާ އަކަފޫޓަކަށް 7,500 އަކަފޫޓުގެ ރޭޓުން ރަސްމާލޭގެ މުޅި ބިމަށް ޖަހައިގެން ކަމަށް މުއްތަލިބު ފާހަގަކުރެއްވި. އަދި ހުޅުމާލެގެ އަގު އެވަރަށް އުފުލުނީ ސަރުކާރުން ތަރައްގީއަށް ކޮށްފަވާ މަސައްކަތުގެ ސަބަބުންކަމުގައި ބުނި
25 ދުވަސް ކުރިން - 13:33