ވެރިކަން ބަދަލުވިކަމުގައިވިޔަސް އެކަޑެމިކް ކަލަންޑަރަށް ބަދަލުނުުގެނެވޭގޮތަށް ދިރާސީ އަހަރު ފަށާ ދުވަސްވަރު ގާނޫނުގައި ކަނޑައެޅުމަކީ، ދަރިވަރުންނާއި ބެލެނިވެރިންނަށް ދިމާވާ އުނދަގޫތައް ހައްލުކޮށް ގައުމުގެ މުސްތަގުބަލު ރައްކާތެރިކުރުމަށް ގެންނަ ވަރަށް މުހިންމު ބަދަލެއްކަމަށް މެމްބަރު ހުސްނީ ވިދާޅުވެއްޖެ.
25 ދުވަސް ކުރިން - 12:14
ތައުލީމުގެ ގާނޫނަށް ހުށަހެޅި އިސްލާހާއެކު ހޯމް-ސްކޫލިން ތައާރަފްކުރަނީ ހާއްސަ ހާލަތްތަކުގައިވާ ކުދިން ބާކީނުކޮށް، އެސެސްމަންޓްތަކާއި ވަރުގަދަ ގަވާއިދުތަކާއެކު ރައްކާތެރިކަމާއެކު ތައުލީމު ކަށަވަރުކުރުމަށް ކަމަށް މެމްބަރު ހުސްނީއާއި މިނިސްޓަރު ޝަފީއު ވިދާޅުވެއްޖެ.
25 ދުވަސް ކުރިން - 12:13
ނޮވެމްބަރު 5 އިން 7 އަށް ސެންޓްރަލް ޕާކުގައި 60 އަށްވުރެ ގިނަ ސްޓޯލާއެކު ބާއްވާ ހެލްތު އެންޑް ފެމެލީ އެކްސްޕޯގައި ސިއްހީ މައުލޫމާތާއި، ހެލްތު ޗެކަޕާއި، ނަފްސަނީ ދުޅަހެޔޮކަމާއި މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް އާއިލާތަކަށް ފޯރުކޮށްދޭނެ.
26 ދުވަސް ކުރިން - 10:58
އެ މަނިކުފާނު މިހެން ވިދާޅުވީ އެ މަޝްރޫއާ ދެކޮޅަށް ސީދާ ހަރަކާތަށް ނުކުތުމަށް ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރުގެ ބަހުސްގައި. ބޭރު މީހުންނާ މެދު ނަފުރަތު އުފެއްދުމަކީ އެމްޑީޕީގެ ފަލްސަފާއާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ، ބައެއް މެންބަރުންގެ ހަރުކަށި ވަތަނީ ވިސްނުމާމެދު ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވި.
26 ދުވަސް ކުރިން - 23:27
މި މައްސަލައިގައި ދައުލަތުގެ މުވައްޒަފުންނާއި ލަފާދިން ފަރާތްތަކުން އަމަލުކޮށްފައިވާގޮތާއި ގާނޫނީ އިހުމާލެއް އޮތްތޯ ބެލުމާއި، ލިޔެކިޔުންތައް ބެލެހެއްޓިފައިވާގޮތް ތަހުގީގުކޮށް، ޒިންމާކުރުވަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް ލަފާދިނުމާއި މުސްތަގުބަލުގައި މިފަދަ ކަންކަން ތަކުރާރުނުވާނެގޮތަށް އިންތިޒާމުކުރުމަށް ކޮމިޝަނަށް މަތިކޮށްފައިވޭ.
26 ދުވަސް ކުރިން - 20:48
ޔޫޕީޔޫގެ އެކްސްޕާޓް ޓީމެއް 1 ނޮވެމްބަރުން 5 ނޮވެމްބަރު 2026 އަށް ރާއްޖޭގައި ހަރަކާތްތެރިވެ، ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކޮށް އެމްއެސްއެމްއީ ސެކްޓަރަށް ބޭނުންވާ ޓެކްނިކަލް އެސިސްޓަންސް ޕްރޮގްރާމްތައް އެކުލަވާލުމަށް ވަނީ ހަމަޖެހިފަ.
26 ދުވަސް ކުރިން - 15:22
ރައީސް މުޢިއްޒު އިފްތިތާޙުކޮށްދެއްވި 1 ބިލިއަން ރުފިޔާގެ ފަންޑުގެ ފުރަތަމަ ފޭސްގެ ދަށުން 3,000 އަށްވުރެ ގިނަ ޒުވާނުންނަށް 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާއިރު، ބީސީސީ މެދުވެރިކޮށް ވިޔަފާރި ތަމްރީނާއި މެންޓަރޝިޕް އެހީތެރިކަން ފޯރުކޮށްދެވޭނެ.
26 ދުވަސް ކުރިން - 12:36

މި މައުރަޒުގެ މައިގަނޑު މަގްސަދަކީ 2030 ގެ ނިޔަލަށް ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތައަކީ ކްރިއޭޓިވް އިކޮނޮމީގެ ހިއްސާކަމުގައި ހެއްދެވުމަށް ރައީސް މުޢިއްޒު ގެންގުޅުއްވާ އަމާޒަށް ވާސިލުވުން.
26 ދުވަސް ކުރިން - 12:36

މިހާތަނަށް ގުނި ވޯޓުގެ ނަތީޖާއަށް ބަލާއިރު، އަޙްމަދު ޢަލީ ވަނީ ޖުމްލަ 314 ވޯޓު ހޯއްދަވާފަ. އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނީ 227 ވޯޓް.
27 ދުވަސް ކުރިން - 17:43
3 ވަނަ ސެގްމަންޓުގެ މަސައްކަތް ނިމި އާންމުންނަށް ހުޅުވާލުމާއެކު، ދެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސެގްމަންޓް 4 ގެ މަސައްކަތް. 4 ވަނަ ސެގްމަންޓުގައި ހިމެނެނީ ކޯރުކެނޑި ހިނގުމުން ފެށިގެން ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާ ހަމައަށް އޮންނަ މަގުގެ ސަރަހައްދު.
27 ދުވަސް ކުރިން - 16:55

ވިލިގިލީގައި ބެހެއްޓި ފޮށިން ރަށު ކައުންސިލްތަކުގެ ރައީސުންގެ ގޮނޑިއަށް ވާދަކުރެއްވި ކެނޑިޑޭޓުންގެ ތެރެއިން ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެންޑިޑޭޓް އަލީ އަހްމަދު. ޑަބްލިޔު.ޑީ.ސީގެ ގޮނޑިން ދެކެނޑިޑޭޓުން އެއްވަރު.
27 ދުވަސް ކުރިން - 16:54
މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ދިވެހި މުޖުތަމައުގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނެތި، އެންމެ ބޭނުންވާ ހިދުމަތްތައް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން. އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަގުތަކާއި، ސްކޫލުތަކާއި، ހެލްތު ސެންޓަރުތަކުން ހިދުމަތް ހޯދުމުގައި، އިންކްލޫސިވް އަދި އެކްސެސިބަލްކުރުމަށް އިސްކަމެއް ބަޖެޓުގައި ދީފައިވޭ
27 ދުވަސް ކުރިން - 14:42