Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ޚަބަރު

އަށް މަސްދުވަސްތެރޭ އެޗްއާރުސީއެމަށް 589 ޝަކުވާ ހުށަހަޅައިފި

އަށް މަސްދުވަސްތެރޭ އެޗްއާރުސީއެމަށް 589 ޝަކުވާ ހުށަހަޅައިފި

އޭގެ ތެރެއިން ތަހުގީގުކުރަން ނިންމީ 284 މައްސަލަ. އެންމެ ގިނައިން ހުށަހަޅާފައިވަނީ ސިއްހީ ދާއިރާއާއި ބަންދުގައި ތިބޭ މީހުންގެ ސިއްހީ ހައްގުތަކާ ގުޅޭ މައްސަލަތައް. މިއަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތައް އެވްރެޖުކޮށް 70 ދުވަހުގެ ތެރޭގައި ތަހުގީގުކޮށް ވަނީ ނިންމާފަ.

32 ދުވަސް ކުރިން - 14:57

ޒުވާނުން މާލީ މުސްތަގުބަލަށް އަހުލުވެރިކުރުވަން ހާއްސަ ސެޝަނެއް ބާއްވައިފި

ޒުވާނުން މާލީ މުސްތަގުބަލަށް އަހުލުވެރިކުރުވަން ހާއްސަ ސެޝަނެއް ބާއްވައިފި

19 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވި މި ސެޝަންގައި ބަޖެޓްކުރުމާއި، އިންވެސްޓްކުރުމާއި، ޕެންޝަން ސްކީމްގެ އިތުރުން ރަނގަޅު އިޖުތިމާއީ ގުޅުންތައް ބިނާކުރުމުގެ މައުލޫމާތު ދިން. މާލީ ރައްކާތެރިކަމަށްޓަކައި ހަގު އުމުރުގައި ޕްލޭންކުރުމަށް ބާރުއެޅުމުގެ ގޮތުން މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް ޕެންޝަން އޮފީހުން ވަނީ ނިންމާފަ.

32 ދުވަސް ކުރިން - 14:37

ކުރިއަށްއޮތް ދެ ދުވަހު މޫސުން ގޯސްވާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ކުރިއަށްއޮތް ދެ ދުވަހު މޫސުން ގޯސްވާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ކުރިއަށްއޮތް ދެ ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ. މޫސުން އަލިވާނީ ހޯމަ ދުވަހުން ފެށިގެންނެވެ.

32 ދުވަސް ކުރިން - 13:47

އިސްލާމްދީނުގައި ސާބިތުވެ ތިބުމަށާއި އިޖުތިމާއީ ޒިންމާތައް އަދާކުރުމަށް ހުތުބާގައި ގޮވާލައިފި

އިސްލާމްދީނުގައި ސާބިތުވެ ތިބުމަށާއި އިޖުތިމާއީ ޒިންމާތައް އަދާކުރުމަށް ހުތުބާގައި ގޮވާލައިފި

މިއަދުގެ ހުކުރު ޚުތުބާގައި އިސްލާމްދީނުގައި ސާބިތުވެ ތިބުމަށާއި، ފިތުނައާއި ޓެރަރިޒަމުން ދުރުހެލިވެ، ހެޔޮކަންކަމަށް އަމުރުކުރުމުގެ އިޖުތިމާއީ ޒިންމާ އަދާކުރުމަށް ގޮވާލައި، ދަރިންނަށް އިސްލާމީ ތަރުބިޔަތު ދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

32 ދުވަސް ކުރިން - 12:53

ޒުވާން އުމުރުގައި މަރުވުން މަދުކުރުމުގެ ޑަބްލިޔުއެޗްއޯ ގެ ލަނޑުދަނޑި ރާއްޖެއިން ހާސިލްކޮށްފި

ޒުވާން އުމުރުގައި މަރުވުން މަދުކުރުމުގެ ޑަބްލިޔުއެޗްއޯ ގެ ލަނޑުދަނޑި ރާއްޖެއިން ހާސިލްކޮށްފި

ޑަބްލިޔުއެޗްއޯގެ 79 ވަނަ ރީޖަނަލް ކޮމިޓީ ބައްދަލުވުމުގައި މި ކާމިޔާބީ ރަސްމީކޮށް ފާހަގަކޮށް، ރާއްޖެއަށް ވަނީ ހާއްސަ ޝަރަފެއް އަރުވާފަ. ޑަބްލިޔުއެޗްއޯއާއި ސިއްހީ ވުޒާރާ ގުޅިގެން ވަނީ ގައުމީ ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ކާފު އަދި ވާވު އަތޮޅަށް ފުޅާކޮށްފަ.

33 ދުވަސް ކުރިން - 23:16

ފުލުހުންގެ ސައިބަރ ސެކިއުރިޓީ ހަރުދަނާކުރަން ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

ފުލުހުންގެ ސައިބަރ ސެކިއުރިޓީ ހަރުދަނާކުރަން ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

ދިވެހި ފުލުހުންގެ ހިދުމަތުގެ ސައިބަރ ސެކިއުރިޓީ ރެސްޕޯންސް އަދި ކްރައިސިސް މެނޭޖްމަންޓް ފެންވަރު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ޔޫއޭއީއާ ގުޅިގެން ފުލުހުންގެ މުވައްޒަފުންނާއި އިސްވެރިންނަށް ހާއްސަ ސައިބަރ ޑްރިލް އަދި ސައިބަރ ކްރައިސިސް ތަމްރީނު ޕްރޮގްރާމެއް ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްފި.

33 ދުވަސް ކުރިން - 23:15

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ހުދު ސަމާލު ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ހުދު ސަމާލު ނެރެފި

ހުޅަނގު މޫސުމުގެ ސަބަބުން ކުއްލިއަކަށް އުފެދުނު ވިލާގަނޑަކާއެކު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ މެޓުން ހުދު ސަމާލު ނެރެފި. ހޯމަ ދުވަހާ ހަމައަށް ދެމިއޮންނާނެ މި ވިއްސާރައިގައި މާލޭގައި ފެންބޮޑުވުމުން އެމްއެންޑީއެފްއިން އަންނަނީ ފެންހިއްކުމުގެ މަސައްކަތް ކުރަމުން.

33 ދުވަސް ކުރިން - 14:23

ވަގުތު ދިނުމަށްފަހު، 8 އަހަރުވާއިރު ޑިވެލޮޕްމެންޓެއް ނާންނަ ރަށްތަކުގެ އެގްރީމެންޓް ބާތިލްކުރަނީ!

ވަގުތު ދިނުމަށްފަހު، 8 އަހަރުވާއިރު ޑިވެލޮޕްމެންޓެއް ނާންނަ ރަށްތަކުގެ އެގްރީމެންޓް ބާތިލްކުރަނީ!

ލޭންޑް ރެންޓުގެ ގޮތުގައި އެކަނިވެސް 537 މިލިއަން ޑޮލަރު އަސްލު ދައުލަތަށް ލިބެންޖެހޭއިރު، އެކި ފަރާތްތަކަށް ދީފައިވާ ލުއިތަކުގެ ސަބަބުން މި ފައިސާ ވަނީ ދައުލަތަށް ގެއްލިފަ.

33 ދުވަސް ކުރިން - 14:18

މިޑްޓާމް ދެއިންތިޚާބު ކާމިޔާބުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5,000 ޑޮލަރު

މިޑްޓާމް ދެއިންތިޚާބު ކާމިޔާބުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5,000 ޑޮލަރު

މި ފައިސާ ދޫކުރުމަށްޓަކައި، ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 1.2 ޓްރިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކުރެވޭ. ޑިމޮކްރެޓުން ވަނީ މިއީ އިންތިހާބާ ދިމާކޮށް ވޯޓު ހޯދުމަށް ވެވަޑައިގެންނެވި ވައުދެއްގެ ގޮތުގައި ސިފަކޮށް ފާޑުކިޔާފަ.

33 ދުވަސް ކުރިން - 14:06

ޓޮރެސްގެ ހެޓްރިކާއެކު ޕީއެސްޖީން 6-1 އިން ސްލޮވާން ބްރަޓިސްލާވާ ބަލިކޮށްފި

ޓޮރެސްގެ ހެޓްރިކާއެކު ޕީއެސްޖީން 6-1 އިން ސްލޮވާން ބްރަޓިސްލާވާ ބަލިކޮށްފި

މި މެޗުގައި އޮސްމާން ޑެމްބެލޭ ކާމިޔާބުކުރި ދެ ލަނޑެވެ. ޕީއެސްޖީގެ ފަހު ލަނޑު ފަބިއަން ރުއީޒް ޖެހިއިރު، ސްލޮވާންގެ ހަމައެކަނި ލަނޑު ޖެހީ ސުލައިމާން ކަމާރާއެވެ. ޑްރޯ ފެނާންޑޭޒް އަދި އަކްލިއޯޝްވެސް މޮޅު ކުޅުމެއް ދެއްކި މި މެޗަކީ ލީގުގައި ދަށް ފެށުމަކަށްފަހު ޕީއެސްޖީއަށް ލިބުނު ހިތްހަމަޖެހުމެއް.

34 ދުވަސް ކުރިން - 08:43

އަލިފާން ފަރުބަދަ ގޮވުމާ ގުޅިގެން ބަންދުކުރި އިންޑޮނޭޝިއާގެ އެއާޕޯޓުތައް ހުޅުވައިފި

އަލިފާން ފަރުބަދަ ގޮވުމާ ގުޅިގެން ބަންދުކުރި އިންޑޮނޭޝިއާގެ އެއާޕޯޓުތައް ހުޅުވައިފި

އަނަކް ކްރަކަތައޮ އަލިފާން ފަރުބަދަ ގޮވައި ވައިގެ ތެރެއަށް އަޅި ފެތުރުމުގެ ސަބަބުން އިންޑޮނޭޝިއާގެ އަށް އެއާޕޯޓެއް ބަންދުކޮށް، 340،000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް އަސަރުކުރުމަށްފަހު، ޖަކާޓާގެ މައި އެއާޕޯޓާއެކު ޖުމުލަ ފަސް އެއާޕޯޓެއް އަލުން ވަނީ ހުޅުވާލާފަ.

34 ދުވަސް ކުރިން - 18:42

މާލެ ތޮއްޖެހި ބާރުވަނީ! ކެރީން ކެޕޭސިޓީއަށްވުރެ 30000 އުޅަނދު އިތުރު!

މާލެ ތޮއްޖެހި ބާރުވަނީ! ކެރީން ކެޕޭސިޓީއަށްވުރެ 30000 އުޅަނދު އިތުރު!

މާލެ ސަރަހައްދުގެ ކެރީން ކެޕޭސިޓީ ހިފަހައްޓަން ފެންނަނީ 89،413 ގައި. ނަމަވެސް، މިހާރުވެސް މި ސަރަހައްދުގައި 119،472 އުޅަނދު ދުއްވަމުންދާއިރު، މިއީ ކަނޑައަޅަން ފެންނަ އަދަދަށްވުރެ 30،059 އުޅަނދު އިތުރު އަދަދެއް ކަމަށް ދިރާސާގައި ބުނޭ.

34 ދުވަސް ކުރިން - 15:57

Previous12345Next