Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިޑްޓާމް ދެއިންތިހާބު ކާމިޔާބުވެއްޖެނަމަ، އެމެރިކާގެ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް 5,000 ޑޮލަރު ލިބޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

މިޑްޓާމް ދެއިންތިހާބު ކާމިޔާބުވެއްޖެނަމަ، އެމެރިކާގެ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް 5,000 ޑޮލަރު ލިބޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ފާތިމަތު އަނަން މުހައްމަދު
1 ގަޑިއިރު ކުރިން - 10 ސެޕްޓެންބަރު 2026 14:06
އެމެރިކާގެ ރައީސް ޑޮލްޑް ޓްރަމްޕް | ފޮޓޯ: ބީބީސީ
އެމެރިކާގެ ރައީސް ޑޮލްޑް ޓްރަމްޕް | ފޮޓޯ: ބީބީސީ
ޚުލާސާ

މި ފައިސާ ދޫކުރުމަށްޓަކައި، ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 1.2 ޓްރިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކުރެވޭ. ޑިމޮކްރެޓުން ވަނީ މިއީ އިންތިހާބާ ދިމާކޮށް ވޯޓު ހޯދުމަށް ވެވަޑައިގެންނެވި ވައުދެއްގެ ގޮތުގައި ސިފަކޮށް ފާޑުކިޔާފަ.

ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސްގެ މެދު ދައުރު އިންތިހާބުގައި ރިޕަބްލިކަން ޕާޓީއަށް ކޮންގްރެސްގެ ދެ މަޖިލީހުގެ ކޮންޓްރޯލް ލިބިއްޖެނަމަ އެމެރިކާގެ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް 5,000 ޑޮލަރު ދިނުމަށް އެމެރިކާގެ ރައީސް ޑޮލްޑް ޓްރަމްޕް ވައުދުވެވަޑައިގެންފިއެވެ.

ޑަލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ މެދުދައުރު ކޮންވެންޝަންގައި "ޓްރަމްޕް ޑިވިޑެންޑް" ގެ ނަމުގައި މި ހާއްސަ ޕްރޮޕޯޒަލް ހުށަހަޅުއްވަމުން ޓްރަމްޕް ވިދާޅުވީ، މި ފައިސާ ހޭދަކުރަންވާނީ ހަމައެކަނި އެމެރިކާ ތެރޭގައި ކަމަށެވެ. ނަމަވެސް، މި ފައިސާ ހަމަޖައްސާނެ ގޮތަކާއި ނުވަތަ އެ ޝަރުތު ތަންފީޒުކުރާނެ ގޮތެއްގެ ތަފްސީލެއް އެމަނިކުފާނު ހާމަކުރައްވާފައެއް ނުވެއެވެ.

އެމެރިކާގައި ތިބި 18 އަހަރުން މަތީގެ ގާތްގަނޑަކަށް 240 މިލިއަން ރައްޔިތުންނަށް މި ފައިސާ ދޫކުރުމަށްޓަކައި، ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 1.2 ޓްރިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، މި ޕްލޭން އަމަލީ ސިފައަކަށް ގެނައުމަށްޓަކައި ކޮންގްރެސްގެ ރަސްމީ ރުހުން ބޭނުންވާނެއެވެ.

Advertisement

Advertisement 1

މި ހަރަދު ހަމަޖެއްސުމަށްޓަކައި ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީން ލިބޭ އާމްދަނީ ބޭނުންކުރެވިދާނެ ކަމަށް ޓްރަމްޕް ލަފާކުރައްވާއިރު، މުއްސަނދި ފަރާތްތަކަށް މި ފައިސާގެ އެހީ ނުލިބިދާނެ ކަމަށް ނައިބު ރައީސް ޖޭ.ޑީ. ވެންސް ވަނީ އިޝާރާތުކުރައްވާފައެވެ.

މި ހުށަހެޅުމާ ގުޅިގެން، ސަރުކާރުން މިހާ ބޮޑު ހަރަދެއް ކުރާނީ ކޮންގޮތަކުންކަމާމެދު ބައެއް ރިޕަބްލިކަނުންގެ މެދުގައިވެސް ވަނީ ޝައްކު އުފެދިފައެވެ. އަދި ޑިމޮކްރެޓުން ވަނީ މިއީ އިންތިހާބާ ދިމާކޮށް ވޯޓު ހޯދުމަށް ވެވަޑައިގެންނެވި ވައުދެއްގެ ގޮތުގައި ސިފަކޮށް ފާޑުކިޔާފައެވެ.

މީގެ ކުރިންވެސް 2,000 ޑޮލަރުގެ ފައިސާގެ އެހީއެއް ދިނުމަށް ޓެރިފް އާމްދަނީން ހަމަޖައްސާނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އެކަން އޭރު އަމަލީ ސިފައަކަށް އައިސްފައެއް ނުވެއެވެ. މިފަހަރުގެ އިންތިހާބަކީ އެމަނިކުފާނުގެ ރިޔާސީ ވެރިކަމަށް ރައްޔިތުން ދޭ ވޯޓެއް ކަމަށް ދެކި، އިންތިހާބުގައި ވާދަކުރައްވަނީ ހަމަ އެމަނިކުފާނު ކަމަށް ވިސްނައިގެން ވޯޓުދިނުމަށް ސަޕޯޓަރުންގެ ކިބައިން ޓްރަމްޕް ވަނީ އެދިވަޑައިގެންފައެވެ.

ޑޮނަލްޑް ޓްރަމްޕުއެމެރިކާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

1 ދުވަސް ކުރިން - 12:02

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

3 ދުވަސް ކުރިން - 20:35

ހެރީއާއި މޭގަން އެމެރިކާ ދޫކޮށް ދިއުމުން ޓްރަމްޕް ހުރީ "އުފަލުން"!

ހެރީއާއި މޭގަން އެމެރިކާ ދޫކޮށް ދިއުމުން ޓްރަމްޕް ހުރީ "އުފަލުން"!

7 ދުވަސް ކުރިން - 12:47

ޖަލުގައި ހުންނެވި މަދޫރޯގެ ފޮޓޯތަކެއް އާންމުވެފައިވާއިރު އޭނާގެ ޝަރީޢަތް 2027 އަށް ތާވަލުކޮށްފި

އެމެރިކާއިން ރަހީނުކުރި މަދޫރޯގެ ފޮޓޯތަކެއް އާންމު ކޮށްފި

10 ދުވަސް ކުރިން - 15:07

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

12 ދުވަސް ކުރިން - 23:23

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

18 ދުވަސް ކުރިން - 15:57