Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އީރާނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތާ މެދު ޓްރަމްޕާއި ނަތަންޔާހޫ ހޫނު ޒުވާބެއް ކޮށްފި

އައިޝަތު ރުވާ ރިފްޢަތު
10 ގަޑިއިރު ކުރިން - 12 ނޮވެންބަރު 2026 20:24
ނަތަންޔާހޫ އަދި ޓްރަމްޕު---
ނަތަންޔާހޫ އަދި ޓްރަމްޕު---
ޚުލާސާ

ނަތަންޔާހޫ އީރާނުގެ ވެރިކަން ވައްޓާލަން އަސްކަރީ ފިޔަވަޅު އެޅުމަށް ބާރުއެޅި ނަމަވެސް، ޓްރަމްޕް އިސްކަންދެއްވަނީ އިގްތިސާދީ ދަތިކުރުމާއި ޑިޕްލޮމެޓިކް ހައްލަކަށް. ސީދާ ހަނގުރާމައަކަށް ނުގޮސް، އެމެރިކާއިން ދަނީ "އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް" އަދި "އޮޕަރޭޝަން އަޔަން ގޭޓް" މެދުވެރިކޮށް އީރާނުގެ ކަނޑުގެ ވިޔަފާރި މަގުތައް ހުއްޓުވަން މަސައްކަތްކުރަމުން.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފޯނުން ވާހަކަދައްކަމުން، އީރާނާ ދެކޮޅަށް ގެންގުޅޭނެ ސްޓްރެޓެޖީއަކާ މެދު ވަރަށް ބޮޑަށް ހިޔާލުތަފާތުވެ ހޫނު ބަހުސެއް ކޮށްފައިވާކަމަށް ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. ނަމަވެސް، މި ވާހަކަތައް ނަތަންޔާހޫގެ އޮފީހުން ވަނީ ދޮގުކޮށްފައެވެ.

އިސްރާއީލުގެ "ޔެނެޓް" އަދި "ޔެދިއޯތު އަހްރޮނޯތު" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ ހަފްތާ ބަންދުގައި ދެ ލީޑަރުންގެ ދެމެދުގައި ކުރެވުނު މި ފޯނު ކޯލަކީ ވަރަށް ނުތަނަވަސް އަދި ބާރު އަޑުން ހަޅޭއްލަވައިގަތް ވަރުގެ ހޫނު ޒުވާބެކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ހިޔާލުތަފާތުވުން އުފެދުނީ އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާތައް އަލުން ފެށުމާ ގުޅޭ ގޮތުންނެވެ. ނަތަންޔާހޫ ބާރުއަޅުއްވަމުން ގެންދަވަނީ އީރާނުގެ ވެރިކަން ވައްޓާލުމަށްޓަކައި އަސްކަރީ ވަރުގަދަ ހަމަލާތަކެއް ދިނުމަށެވެ. އެހެންނަމަވެސް، ޓްރަމްޕް ބޭނުންވަނީ އަސްކަރީ ފިޔަވަޅުތަކުގެ ބަދަލުގައި، ކަނޑުގެ މަގުތައް ބަންދުކުރުން ފަދަ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށެވެ.

މި ރިޕޯޓްތައް ދޮގުކުރަމުން ނަތަންޔާހޫގެ އޮފީހުން ބުނީ މިއީ އެއްވެސް އަސާސެއް ނެތް "ފޭކް ނިއުސް" އެއް ކަމަށެވެ. އަދި އިސްރާއީލުގެ އިސް އޮފިޝަލަކު އެ ފޯނު ކޯލު ހިނގިކަން ކަށަވަރުކޮށްދިން ނަމަވެސް، އެއީ އުނދަގޫ އަދި ހޫނު ވާހަކަތަކެއް ހިނގި ކޯލެއް ނޫން ކަމަށް ވަނީ ބުނެފައެވެ.

Advertisement

Advertisement 1

އެހެންނަމަވެސް، އިސްރާއީލުގެ 26 ވަނަ ކްނެސެޓް (ޕާލަމެންޓް) ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ނަތަންޔާހޫ ބުނީ، އީރާނުން އަނެއްކާވެސް ނިއުކްލިއަރ ނުރައްކާ އުފައްދަން މަސައްކަތްކުރަމުންދާ ކަމަށާއި، އެ ނުރައްކާ އެއްކޮށް ނައްތާލެވެން އޮތް ހަމައެކަނި ގޮތަކީ އީރާނުގެ ވެރިކަން ވައްޓާލުން ކަމަށެވެ.

މިކަމާ ގުޅޭގޮތުން ޓްރަމްޕް ދާދިފަހުން ގަތަރުގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް ބުނީ، މިވަގުތު އީރާނާ ދެކޮޅަށް ބޮޑު އަސްކަރީ ހަރަކާތެއް ހިންގުމަކީ މުހިންމު ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ. އެހެންނަމަވެސް އެމެރިކާގެ ސިފައިން ތިބީ ކޮންމެ ވަގުތަކުވެސް ހަރަކާތްތެރިވާން ތައްޔާރަށް ކަމަށް އޭނާ ފާހަގަކުރިއެވެ.

ވައިޓް ހައުސްއިން "ފޮކްސް ނިއުސް" އަށް މައުލޫމާތު ދެމުން ބުނީ، ހޮރްމުޒް ކަނޑުއޮޅި ކޮންޓްރޯލްކޮށް، އީރާނުގެ އިގްތިސާދު ބަލިކަށިވަމުންދާ މިދަނޑިވަޅުގައި އެމެރިކާ އޮތީ ވަރަށް ވަރުގަދަ މަގާމެއްގައި ކަމަށެވެ. އަދި ޓްރަމްޕް އަޅުއްވަމުން ގެންދަވާ އިގްތިސާދީ ފިޔަވަޅުތަކާއި ކަނޑުގެ ބްލޮކޭޑްތައް ފުރިހަމައަށް ކުރިއަށްދާނެ ކަމަށާއި، އެމަނިކުފާނު ނިންމަވާނީ އެމެރިކާއަށް އެންމެ ފައިދާހުރި ގޮތް ކަމަށްވެސް ވައިޓް ހައުސްއިން ބުންޏެވެ.

މީގެ ކުރިންވެސް މެދުއިރުމަތީގެ ސިޔާސަތުތަކާ މެދު މި ދެ ލީޑަރުންގެ މެދުގައި ހޫނު ބަހުސްތަކެއް ހިނގާފައިވާއިރު، އީރާނާއެކު ކުރެވެމުންދާ މަޝްވަރާތައް އެއްވެސް ކުރިއެރުމެއް ނުލިބި ހުއްޓިފައި އޮންނަތާ މިހާރު ވަނީ މަސްތަކެއް ވެފައެވެ.

އެމެރިކާއިސްރާއީލްއީރާންޑޮނަލްޑް ޓްރަމްޕުނަތަންޔާހޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ނިއުކްލިއަރ މުޢާހަދާއިން އީރާން ވަކިވުމަށް އެޤައުމުގެ އެންމެ ބާރުގަދަ މަޖިލީހުން ގޮވާލައިފި

ނިއުކްލިއަރ މުޢާހަދާއިން އީރާން ވަކިވުމަށް އެޤައުމުގެ އެންމެ ބާރުގަދަ މަޖިލީހުން ގޮވާލައިފި

8 ގަޑިއިރު ކުރިން - 22:34

އިސްރާއީލުގެ ހަމަލާއަކާ ގުޅިގެން ޣައްޒާގެ ނާސިރު ހޮސްޕިޓަލުގެ ހިދުމަތްތައް ހުއްޓުމަކަށް

އިސްރާއީލުގެ ހަމަލާއަކާ ގުޅިގެން ޣައްޒާގެ ނާސިރު ހޮސްޕިޓަލުގެ ހިދުމަތްތައް ހުއްޓުމަކަށް

15 ގަޑިއިރު ކުރިން - 15:51

ޔުރޭނިއަމް ބޭރުކުރުމުގެ އެމެރިކާ ހުށަހެޅުމަށް އީރާން ދެކޮޅުހަދައިފި

19 ގަޑިއިރު ކުރިން - 11:24

ޣައްޒާގެ ހޮސްޕިޓަލަކަށް އިޒްރޭލުން ދިން ހަމަލާގައި 6 މީހުން ޝަހީދުވެއްޖެ

ޣައްޒާގެ ހޮސްޕިޓަލަކަށް އިޒްރޭލުން ދިން ހަމަލާގައި 6 މީހުން ޝަހީދުވެއްޖެ

20 ގަޑިއިރު ކުރިން - 10:41

އީރާނަށް ހަމަލާދޭން އިޒްރޭލު އަސްކަރިއްޔާ ތައްޔާރުވާން އަމުރުކޮށްފި

އީރާނަށް ހަމަލާދޭން އިޒްރޭލު އަސްކަރިއްޔާ ތައްޔާރުވާން އަމުރުކޮށްފި

20 ގަޑިއިރު ކުރިން - 10:20

ޣައްޒާގެ ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް ދިން ހަމަލާއެއްގައި 4 މީހުން ޝަހީދުވެއްޖެ

ޣައްޒާގެ ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް ދިން ހަމަލާއެއްގައި 4 މީހުން ޝަހީދުވެއްޖެ

1 ދުވަސް ކުރިން - 04:38