Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ނިއުކްލިއަރ މުޢާހަދާއިން އީރާން ވަކިވުމަށް އެގައުމުގެ އެންމެ ބާރުގަދަ ދީނީ މަޖިލީހުން ގޮވާލައިފި

ހުސައިން އިސްމާއިލް
8 ގަޑިއިރު ކުރިން - 12 ނޮވެންބަރު 2026 22:34
ނިއުކްލިއަރ މުޢާހަދާއިން އީރާން ވަކިވުމަށް އެގައުމުގެ އެންމެ ބާރުގަދަ ދީނީ މަޖިލީހުން ގޮވާލައިފި
ޚުލާސާ

88 މެންބަރުންގެ މައްޗަށް އެކުލެވޭ އެސެމްބްލީ އޮފް އެކްސްޕާޓްސް އަކީ އީރާނުގެ އެންމެ މަތީ ރޫޙާނީ ލީޑަރު ޢައްޔަންކުރުމާއި، ވަކިކުރުމުގެ ބާރު ލިބިފައިވާ އެންމެ ނުފޫޒުގަދަ މަޖިލިސް.

ނިއުކްލިއަރ ހަތިޔާރު ފެތުރުން މަނާކުރާ ބައިނަލްއަޤްވާމީ މުޢާހަދާ (އެން.ޕީ.ޓީ) އިން އީރާން ވަކިވުމާމެދު ގޮތެއް ނިންމުމަށާއި، އެޤައުމުގެ ދިފާޢީ ސިޔާސަތު އަލުން މުރާޖަޢާ ކުރުމަށް އީރާނުގެ އެންމެ ބާރުގަދަ ދީނީ އަދި ސިޔާސީ މަޖިލިސް ކަމަށްވާ "އެސެމްބްލީ އޮފް އެކްސްޕާޓްސް" އިން ގޮވާލައިފިއެވެ.

މި މަޖިލީހުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއާއި އިސްރާއީލުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް ދެމުންދާ ތަކުރާރު އިންޒާރުތަކާއި ހަމަލާތަކުގެ ސަބަބުން، އީރާނުގެ ޤައުމީ މަޞްލަޙަތު ޙިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ އިދާރާތަކަށް ބަރޯސާވެވެން ނެތްކަން ހާމަވެފައިވާ ކަމަށެވެ. އެހެންކަމުން، އެން.ޕީ.ޓީ މުޢާހަދާއިން ވަކިވުމާމެދު ވިސްނުމާއި ދިފާޢީ ސިޔާސަތަށް ބަދަލު ގެނައުމަކީ މިހާރު ކޮންމެހެން ކުރަންޖެހިފައިވާ ޤައުމީ ޑިމާންޑެއްގެ ގޮތުގައި އެ މަޖިލީހުން ވަނީ ސިފަކޮށްފައެވެ.

މީގެ އިތުރުން، އީރާނާ ދެކޮޅަށް އިތުރު އެއްވެސް ހަމަލާއެއް ދީފިނަމަ، އެޤައުމުގެ އަސްކަރިއްޔާއިން "ޖިއޮގްރަފީގެ އެއްވެސް ހައްދެއް ނެތި" ވަގުތުން ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރުވެސް އެސެމްބްލީ އޮފް އެކްސްޕާޓްސް އިން ވަނީ ދީފައެވެ. އަދި ދުޝްމަނުން އީރާނާ ދެކޮޅަށް އިޤްތިޞާދީ ހަނގުރާމައެއް ފަށައި ޤައުމު ޙިޞާރުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، ރޫޙާނީ ލީޑަރުގެ އޮފީހުގެ ބެލުމުގެ ދަށުން "ވޯ އިކޮނޮމީ ހެޑްކުއާޓަރސް" އެއް އުފެއްދުމަށްވެސް އެ މަޖިލީހުން ވަނީ ހުށަހަޅާފައެވެ.

Advertisement

Advertisement 1

88 މެންބަރުންގެ މައްޗަށް އެކުލެވޭ އެސެމްބްލީ އޮފް އެކްސްޕާޓްސް އަކީ އީރާނުގެ އެންމެ މަތީ ރޫޙާނީ ލީޑަރު ޢައްޔަންކުރުމާއި، މަޤާމުން ވަކިކުރުމުގެ ބާރު ލިބިފައިވާ އެންމެ ނުފޫޒުގަދަ މަޖިލީހެވެ. ނަމަވެސް، އެން.ޕީ.ޓީ މުޢާހަދާއިން އީރާން ވަކިވުމާމެދު އެންމެ ފަހު ނިންމުން ނިންމަވާނީ އެޤައުމުގެ ރޫޙާނީ ލީޑަރު ސައްޔިދު މުޖްތަބާ ޚާމަނާއީއެވެ.

އީރާންކުއްލި ޚަބަރުއީރާން ކްރައިސިސް 2026
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

އީރާނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތާ މެދު ޓްރަމްޕާއި ނަތަންޔާހޫ ހޫނު ޒުވާބެއް!

އީރާނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތާ މެދު ޓްރަމްޕާއި ނަތަންޔާހޫ ހޫނު ޒުވާބެއް!

10 ގަޑިއިރު ކުރިން - 20:24

ޔުރޭނިއަމް ބޭރުކުރުމުގެ އެމެރިކާ ހުށަހެޅުމަށް އީރާން ދެކޮޅުހަދައިފި

ޔުރޭނިއަމް ބޭރުކުރުމުގެ އެމެރިކާ ހުށަހެޅުމަށް އީރާން ދެކޮޅުހަދައިފި

19 ގަޑިއިރު ކުރިން - 11:24

އީރާނަށް ހަމަލާދޭން އިޒްރޭލު އަސްކަރިއްޔާ ތައްޔާރުވާން އަމުރުކޮށްފި

އީރާނަށް ހަމަލާދޭން އިޒްރޭލު އަސްކަރިއްޔާ ތައްޔާރުވާން އަމުރުކޮށްފި

20 ގަޑިއިރު ކުރިން - 10:20

ނިއުކްލިއާ މުއާހަދާއަށް އީރާނުން ތާއީދު ކޮށްފި!

ނިއުކްލިއާ މުއާހަދާއަށް އީރާނުން ތާއީދު ކޮށްފި!

1 ދުވަސް ކުރިން - 09:31

ސުލްހަވިޔަސް ކުރިމަތިލުންތައް ކުރިއަށްދާނެ ކަމަށް އީރާނުން ބުނެފި

ސުލްހަވިޔަސް ކުރިމަތިލުންތައް ކުރިއަށްދާނެ ކަމަށް އީރާނުން ބުނެފި

2 ދުވަސް ކުރިން - 16:40

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ ތެޔޮ ބޯޓެއްގައި ރޯވެއްޖެ

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ ތެޔޮ ބޯޓެއްގައި ރޯވެއްޖެ

2 ދުވަސް ކުރިން - 16:30