ހުރްމުޒް ކަނޑުއޮޅީގައި ދެ ތެޔޮ ބޯޓެއްގައި އަލިފާން ހިފައިފިއެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން ހާމަކުރި ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ބައިނަލްއަޤްވާމީ ދެ ތެޔޮ ބޯޓެއްގައި ބާރުގަދަ އަލިފާނުގެ ޙާދިސާތަކެއް ހިނގައި އެ ސަރަޙައްދުގެ ކަނޑުގެ ސަލާމަތީ ކަންކަން ވަނީ ކުއްލިއަކަށް ގޯސްވެފައެވެ.

އައި.އާރް.ޖީ.ސީ ގެ ކަނޑުގެ ސިފައިން ބުނާގޮތުގައި، ބޯޓުތަކުގައި އަލިފާން ހިފަން މެދުވެރިވި ސީދާ ސަބަބެއް އަދި ކަށަވަރެއް ނުވެއެވެ. މިއީ މައިނެއްގައި ޖެހިގެން ހިނގި ހާދިސާއަކަށް ވުން އެކަށީގެންވެއެވެ. އެ ރަޙައްދުގައި ހަރަކާތްތެރިވާ އީރާނުގެ ރެސްކިއު ލޯންޗުތަކުން ދަނީ ބޯޓުގެ ފަޅުވެރިން ސަލާމަތްކުރުމަށާއި އަލިފާން ނިއްވުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

މި ހާދިސާއާ ދިމާކޮށް، އެމެރިކާގެ އަސްކަރިއްޔާއިން ބުނީ އެ ސަރަޙައްދުގެ ޙާލަތު ވަރަށް ކައިރިން މޮނިޓަރ ކުރަމުންދާ ކަމަށެވެ.