ޗައިނާގެ ޝެންޒެންގައި ބޭއްވި ތިން ގައުމުގެ ސަމިޓަށްފަހު އާންމުކުރި ބަޔާނުގައި ބުނެފައިވަނީ، ހުރިހާ ގައުމުތަކެއްގެ ލާބައާއި މަންފާއަށްޓަކައި ތެލުގެ ބާވަތްތައް އުފެއްދުން އިތުރުކޮށް، މެދުނުކެނޑި ހަކަތަ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ތިން ގައުމުން މަސައްކަތްކުރާނެ ކަމަށް.
1 ދުވަސް ކުރިން - 08:59
އައި.އާރް.ޖީ.ސީ ގެ ކަނޑުގެ ސިފައިން ބުނާގޮތުގައި، ބޯޓުތަކުގައި އަލިފާން ހިފަން މެދުވެރިވި ސީދާ ސަބަބެއް އަދި ކަށަވަރެއް ނުވޭ. މައިނެއްގައި ޖެހިގެން ހިނގި ކަމެއްކަމަށް ވުން އެކަށީގެންވޭ.
11 ދުވަސް ކުރިން - 16:30
ހަފުތާގެ މެދުތެރޭގައި ބްރެންޓް ކުރޫޑްގެ އަގު 94 ޑޮލަރަށް އަދި ޑަބްލިއުޓީއައިގެ އަގު 88 ޑޮލަރަށް ވެއްޓި، ފާއިތުވި ދެ މަސްދުވަހުގެ އެންމެ ދަށް ރޭޓަށް އަގުތައް ސޮއްސާލި.
15 ދުވަސް ކުރިން - 10:17
އައިއާރްޖީސީގެ ކަނޑުގެ ސިފައިން ބުނެފައި ވަނީ، މި ތިން ޓޭންކަރަކީ ވެސް އެ ސަރަހައްދުގެ ސަލާމަތީ އުސޫލުތަކަށް ބޯނުލަނބައި، ޣައިރުޤާނޫނީ ގޮތެއްގައި ދަތުރުކުރަމުންދިޔަ އުޅަނދުތަކެއް ކަމަށާއި އަލިފާން ރޯވީ މައިނެއްގައި ޖެހިގެން ކަމަށް.
22 ދުވަސް ކުރިން - 11:12
ގަލްފުގެ ގައުމުތަކުން 1.5 ބިލިއަން ފީފާ ތެޔޮ އެކްސްޕޯޓުކުރުމަށް އެމެރިކާގެ އަސްކަރިއްޔާއިން އެހީތެރިވެދިން ކަމަށް ބުނެފި. އެމެރިކާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި، މި އެހީތެރިކަން ފޯރުކޮށްދެވިފައި ވަނީ، ހުރްމުޒް ކަނޑުއޮޅިއާއި ގަލްފު ސަރަހައްދުގެ މުހިންމު ކަނޑުގެ މަގުތަކުން ތެޔޮ އުފުލާ އާގުބޯޓުތައް ސަލާމަތީ ގޮތުން ދަތުރުކުރުން ކަށަވަރުކުރުމަށް.
26 ދުވަސް ކުރިން - 09:30
ތެޔޮ ބަރުކޮށްގެން ދަތުރުކުރި އުޅަނދަކުން ގިނަ ޢަދަދަކަށް ތެޔޮ ލީކުވުމުގެ ސަބަބުން ޔޫއޭއީގެ އުންމުލް ޤުވައިންގެ ހުރިހާ ގޮނޑުދޮށްތަކެއް ބަންދުކޮށް، ވަކި މުއްދަތެއް ނެތް ގޮތަށް މަސްވެރިކަން ކުރުން ވެސް މަނާކޮށްފި.
29 ދުވަސް ކުރިން - 13:30
މި އިންޒާރު ދިނީ މެދުއިރުމައްޗާއި ބައިނަލްއަޤްވާމީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން. ދުނިޔޭގައި ބޭނުންކުރާ ސާފުނުކުރާ ތެލުގެ ބޮޑު އިންސައްތައެއް ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް އެކި ޤައުމުތަކަށް އުފުލާއިރު، މި ސަރަޙައްދުގެ ރައްކާތެރިކަން ގެއްލިއްޖެނަމަ މުޅި ދުނިޔޭގައި ތެލުގެ އަގު ވަގުތުން އުފުލިގެންދާނެ.
32 ދުވަސް ކުރިން - 16:49
ޓޭންކަރުގައި ބޮޑު އަލިފާންގަނޑެއް ރޯވެފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމެއް އަދި އެ ބޯޓުން ކަނޑަށް ތެޔޮ އެޅިފައިވާ ކަމެއް މިހާތަނަށް ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވޭ.
35 ދުވަސް ކުރިން - 10:02
އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މައިގަނޑު ބޭނުމަކީ އެ ގައުމުގެ މައިގަނޑު އާމްދަނީ ބިނާވެފައިވާ ތެލުގެ ވިޔަފާރި ހުއްޓުވައި، ދުނިޔޭގެ މާލީ ނިޒާމުން އެ ގައުމު އެކަހެރިކުރުން. މިއީ އެމެރިކާގެ ދަތިކުރުމުގެ ސިޔާސަތުތަކަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް.
39 ދުވަސް ކުރިން - 10:27
2024 ނޮވެމްބަރުގައި ފެށި މި މަސައްކަތުން މިހާތަނަށް 8 އަތޮޅެއްގެ 9 ރަށެއްގައި ހިދުމަތް ދޭން ފަށާފައިވާއިރު، 2027 ގެ ކުރިން ހުރިހާ ސިޓީއަކާއި އަތޮޅަކަށް ފުޅާކުރާނެ. މިއީ ތެލުގެ އަގުބޮޑުވުމުން ރައްޔިތުންނާއި މަސްވެރިން އުފުލި ތަކުލީފުތަކަށް ހައްލު ހޯދައިދީ، ދަތުރުފަތުރާއި ހަކަތައިގެ ހަރަދު ވަރަށް ބޮޑަށް ކުޑަކޮށްދޭނެ.
44 ދުވަސް ކުރިން - 15:38
މި ދޫކުރާ 10 މިލިއަން ފީފާ ޑީސަލަކީ ގައުމީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ބޭނުންކުރުމަށް ރައްކާކޮށްފައިވާ ރިޒާވުން ދޫކުރާ ތެޔޮ. އަދި މިކަމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ބާޒާރުގައި ޑީސަލްގެ އަގު ވަކި މިންވަރަކަށް ހިފެހެއްޓިގެންދާނެ ކަމަށް އެ ގައުމުގެ އޮފިޝަލުން ލަފާކުރޭ.
44 ދުވަސް ކުރިން - 06:00
ބްރެންޓް ކްރޫޑްގެ އަގު ފީފާއަކުން 72 ސެންޓް (%0.71) ދަށްވެ، އޭގެ އަގު 101.59 ޑޮލަރަށް ތިރިވެފައިވާއިރު، ޔޫއެސް ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް ގެ އަގު ވަނީ ފީފާއަކުން 1.05 ޑޮލަރު ދަށްވެ، 90.05 ޑޮލަރަށް ވެއްޓިފަ.
47 ދުވަސް ކުރިން - 12:46
ހުރްމުޒް ކަނޑުއޮޅީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ހުރެ އިރާގުން ބޭރުކުރާ ތެލަށް ބުރޫއެރުމުން، އޮގަސްޓް 1 ގައި ދެ ގައުމުން ވަނީ 1 އަހަރުގެ ވަގުތީ އެއްބަސްވުމެއްގާ ސޮއިކޮށްފަ. މި އެއްބަސްވުމުގެ ދަށުން ކިރްކުކް-ޖޭހާން ހޮޅިން ދުވާލަކު 750,000 ފީފާގެ ތެޔޮ ތުރުކީގެ ބަނދަރަށް ފޮނުވަން ވަނީ ނިންމާފަ.
49 ދުވަސް ކުރިން - 09:00