ގަލްފުގެ ގައުމުތަކުން ޖުމްލަ 1.5 ބިލިއަން ފީފާ ތެޔޮ ބޭރުގެ ގައުމުތަކަށް އެކްސްޕޯޓުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށާއި މިކަމުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރުގެ ހަމަޖެހުމާއި ގަލްފު ސަރަހައްދުގެ ސަލާމަތީ ކަންކަމަށް އިތުރު ބާރެއް ލިބިގެން ގޮސްފައިވާ ކަމަށް އެމެރިކާގެ ނޭވަލް ފޯސަސް ސެންޓްރަލް ކޮމާންޑް (ނޭވްސެންޓް) އަދި ފިފްތު ފްލީޓްގެ އޮފިޝަލުން
އެމެރިކާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި، މި އެހީތެރިކަން ފޯރުކޮށްދެވިފައި ވަނީ، ހުރްމުޒް ކަނޑުއޮޅިއާއި ގަލްފު ސަރަހައްދުގެ މުހިންމު ކަނޑުގެ މަގުތަކުން ތެޔޮ އުފުލާ އާގުބޯޓުތައް ސަލާމަތީ ގޮތުން ދަތުރުކުރުން ކަށަވަރުކުރުމަށެވެ. މިއީ ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް ކޮންމެހެން ބޭނުންވާ ސަރަހައްދެކެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވަނީ، ސަރަހައްދުގައި ސުލްހަވެރިކަން ދެމެހެއްޓުމާއި، ބައިނަލްއަގްވާމީ ގޮތުން ގައުމުތަކުގެ މެދުގައި ހިނގާ ވިޔަފާރި މިނިވަންކަމާއެކު ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަކީ އެމެރިކާގެ މައިގަނޑު މަގުސަދުތަކެއް ކަމަށެވެ. އެގޮތުން، ތެލުގެ ބާޒާރުގެ ހަމަޖެހުން ކަށަވަރުކުރުމަކީ، ގަލްފުގެ ގައުމުތަކާއި، ދުނިޔޭގެ އިގްތިސާދަށް ވެސް ވަރަށް މުހިންމު ކަމެކެވެ.
ހުރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ އެކްސްޕޯޓްގެ ގާތްގަނޑަކަށް %20 ދަތުރުކުރާ މައިގަނޑު މަގެވެ. މިސަރަހައްދުގެ ސަލާމަތަށް ދިމާވާ ކޮންމެ ނުރައްކަލަކުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ.



