ޔަމަނުގެ ވެރިރަށް ޞަންޢާގެ ހަމްދާން ޑިސްޓްރިކްޓްގައި ހުންނަ ސިމެންތި ފެކްޓްރީއެއްގެ މުވައްޒަފުން ދިރިއުޅޭ ހައުސިންގ ބްލޮކަށް އަމާޒުވި ވައިގެ ޙަމަލާގައި ޖުމްލަ 8 މީހުން މަރުވެއްޖެ ކަމަށާއި، އޭގެ ތެރޭގައި 4 ކުޑަކުދިންނާއި 3 އަންހެނުން ހިމެނޭ ކަމަށް މަސްދަރުތަކުން ބުނެފިއެވެ.
މި ހަމަލާގައި 15 އަށްވުރެ ގިނަ މީހުން ވަނީ އެކިވަރުގެ އަނިޔާތައް ލިބިގެން ކުއްލި ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ހަބަރުތައް ބުނެއެވެ. ޞަންޢާގެ މީހުން ސަލާމަތްކުރާ ޓީމުތަކާއި ހަވާލާދީ ހަބަރުތައް ބުނާ ގޮތުގައި، ވެއްޓިފައިވާ އިމާރާތްތަކުގެ ކުނިތަކުގެ ދަށުގައި ބައެއް މީހުން އަދިވެސް ތާށިވެފައި ތިބުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން މަރުވި މީހުންގެ ޢަދަދު އިތުރުވުމުގެ ބިރު ވަނީ ހީވެފައެވެ.
މި ޙަމަލާއަކީ 10 އަށްވުރެ ގިނަ ޢާއިލާ ދިރިއުޅެމުންދިޔަ މަދަނީ ބިނާއަކަށް އެރި ޙަމަލާއެއް ކަމަށްވުމުން، ޙޫޘީ ބާރުތަކުން ވަނީ މިއީ ހަނގުރާމައިގެ ބޮޑު ކުށެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ސައޫދީ ކޯލިޝަނުން ހޫޘީންނަށް ހަމަލަ ދެމުން ގެންދަނީ ސައުދީގެ އެކި ތަންތަނަށް ހޫޘީން ނުރައްކާ ކުރަމުންދާތީ ކަ ަށް ސައޫދީން ބުނެއެވެ.
ހޫޘީން ވަނީ ސައޫދީގެ އެތެރެއަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.



