މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިން ކުއްލި ގޮތަކަށް މަދުކުރަން ފަށައިފިއެވެ.
އެމެރިކާގެ މަޝްހޫރު ޚަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ އެން.ބީ.ސީ ނިއުސް އިން އެމެރިކާ ސަރުކާރުގެ މަތީ ފަންތީގެ އޮފިޝަލުންނާ ޙަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ މަދު ދުވަސްތަކެއްގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާއިން ދަނީ މެދުއިރުމަތީގެ އެކި ސަރަޙައްދުތަކުގައި ރުކުރުވާލާފައިވާ އެ ޤައުމުގެ ސިފައިންގެ އަދަދު ވަރަށް ބޮޑަށް ދަށްކުރަމުންނެވެ. މި ނިންމުމަކީ ސަރަޙައްދީ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން އެމެރިކާއިން އެޅި ކުއްލި ފިޔަވަޅެކެވެ.
އަސްކަރީ ބާރުތައް މަދުކުރުމުގެ އިތުރުން، އެމެރިކާގެ ޚާރިޖީ ވުޒާރާއިން (ސްޓޭޓް ޑިޕާޓްމަންޓް) ވެސް ވަނީ މެދުއިރުމަތީގެ ބައެއް ޤައުމުތަކުގައި ހުރި އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންތަކާއި ބޭސްތަކަށް ޚާއްޞަ އަމުރެއް ނެރެފައެވެ. އެ އަމުރުގައިވާ ގޮތުން، އެ ސަރަޙައްދުތަކުގައި މަސައްކަތްކުރާ އެމެރިކާ ސަރުކާރުގެ މުވައްޒަފުންގެ އަދަދު އިތުރަށް މަދުކޮށް، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ މާކުރުމަށް ވަނީ އަންގާފައެވެ. މި ބަދަލުތަކާ ގުޅިގެން ސިޔާސީ މާހިރުން ބުނާގޮތުގައި، މެދުއިރުމަތީގައި ދިގުލައިގެން ގޮސްފައިވާ ހަނގުރާމަތަކާއި ނުތަނަވަސްކަމުގެ ސަބަބުން އެމެރިކާގެ މަޞްލަޙަތު ތަކަށް އޮތް ނުރައްކާ ބޮޑުވުމަކީ މިފަދަ ފިޔަވަޅެއް އެޅުމުގެ މައިގަނޑު ސަބަބެވެ.
އެމެރިކާއިން އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ސިފައިންނާއި ސަފާރާތަކުގެ މުވައްޒަފުން ކުއްލި ގޮތަކަށް މަދުކުރަން މި ފެށީ، ކުރިއަށް އޮތް ތަނުގައި މަސްރަޙު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ބެލެވެއެވެ.



