Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަނަކް ކްރަކަތައޮ އަލިފާން ފަރުބަދަ ގޮވުމާ ގުޅިގެން ބަންދުކުރި އިންޑޮނޭޝިއާގެ މައި އެއާޕޯޓުތައް އަލުން ހުޅުވައިފި

އަނަކް ކްރަކަތައޮ އަލިފާން ފަރުބަދަ ގޮވުމާ ގުޅިގެން ބަންދުކުރި އިންޑޮނޭޝިއާގެ މައި އެއާޕޯޓުތައް އަލުން ހުޅުވައިފި

އައިޝަތު އިމްސާ
1 ގަޑިއިރު ކުރިން - 9 ސެޕްޓެންބަރު 2026 18:42
ސޮކަރނޯ-ހައްޓާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތާށިވެފައި ތިބި ފަތުރުވެރިން / ފޮޓ: ރޮއިޓަރސް
ސޮކަރނޯ-ހައްޓާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތާށިވެފައި ތިބި ފަތުރުވެރިން / ފޮޓ: ރޮއިޓަރސް
ޚުލާސާ

އަނަކް ކްރަކަތައޮ އަލިފާން ފަރުބަދަ ގޮވައި ވައިގެ ތެރެއަށް އަޅި ފެތުރުމުގެ ސަބަބުން އިންޑޮނޭޝިއާގެ އަށް އެއާޕޯޓެއް ބަންދުކޮށް، 340،000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް އަސަރުކުރުމަށްފަހު، ޖަކާޓާގެ މައި އެއާޕޯޓާއެކު ޖުމުލަ ފަސް އެއާޕޯޓެއް އަލުން ވަނީ ހުޅުވާލާފަ.

އަނަކް ކްރަކަތައޮ އަލިފާން ފަރުބަދައިން ބޭރުވި އަޅީގެ ސަބަބުން ވައި ނުސާފުވެ، ވައިގެ ދަތުރުފަތުރަށް ނުރައްކާވުމާ ގުޅިގެން ބަންދުކުރި އިންޑޮނޭޝިއާގެ މައި އެއާޕޯޓު ކަމުގައިވާ ޖަކާޓާގެ ސުކަރްނޯ-ހައްތާ އެއާޕޯޓުގެ އިތުރުން ބަނދުކުރި ހަތަރު އެއާޕޯޓެއް އަލުން ހުޅުވައިފިއެވެ.

ޖާވާ އަދި ސުމަތުރާ ކަނޑުއޮޅީގެ މެދުގައި އޮންނަ މި ފަރުބަދަ ސެޕްޓެންބަރު 4 ވަނަ ދުވަހު ގޮވަން ފެށުމާއެކު، އަށް އެއާޕޯޓެއް ބަންދުކޮށް 340،000 އަށް ވުރެ ގިނަ ފަސިންޖަރުންގެ ދަތުރުތަކަށް ވަނީ އަސަރުކޮށްފައެވެ. އަލުން ހުޅުވި އެއާޕޯޓުތަކުގެ ތެރޭގައި ޖަކާޓާގެ ކުޑަ އެއާޕޯޓަކާއި ބަންޑުންގގެ އެއާޕޯޓު ހިމެނެއެވެ.

ވައިބާރުވެ، ވައިގެ ތެރެއަށް ފެތުރިފައިވާ އަޅިތައް ސާފުވާން ފަށާފައިވީ ނަމަވެސް، އެއާޕޯޓުގައި ތާށިވި 178 މަތިންދާބޯޓު ދަތުރުކުރުމަށް އެކަށީގެންވޭތޯ ބަލަން ވަގުތު ބޭނުންވާނެ ކަމުގައި އިންޑޮނޭޝިއާގެ ދަތުރުފަތުރާ ބެހޭ ވަޒީރު ޑޫޑީ ޕުރްވަގަންދީ ވިދާޅުވިއެވެ. ދަތުރުތައް ކެންސަލްވުމާއި، މަގު ބަދަލުކުރުމުގެ ތެލުގެ ޚަރަދާއި، ފަޅުވެރިންގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން އެއާލައިންތަކަށް ދުވާލަކު 1 މިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުން ވެދާނެ ކަމުގައި އިންޑޮނޭޝިއާ ނޭޝަނަލް އެއާ ކެރިއާސް އެސޯސިއޭޝަންގެ (އައިއެންސީއޭ) ސެކްރެޓަރީ ޖެނެރަލް ބާޔޫ ސުތާންތޯ ހާމަކުރެއްވިއެވެ. އެންމެ ބޯޓެއް ލަސްވިޔަސް، އެ ބޯޓުން ދެން ކުރާ ތިން ނުވަތަ ހަތަރު ދަތުރަށް އަސަރުކުރާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement 1

އިއްޔެ ހެނދުނު އަނަކް ކްރަކަތައޮ އަނެއްކާ ވެސް ތިން ފަހަރަށް ގޮވާފައިވާ ކަމުގައި އިންޑޮނޭޝިއާގެ އަލިފާން ފަރުބަދަތައް މޮނިޓަރުކުރާ އިދާރާއިން ހާމަކުރިއެވެ. ކުރީގެ ގޮވުންތަކަށް ވުރެ މި ފަހަރުގެ ގޮވުންތައް ކުޑަ ނަމަވެސް، އަޅި ބުރައިގެންދިޔަ އުސްމިނަށާއި ވައިގެ މިސްރާބަށް ބަލައި ވައިގެ ދަތުރުތަކަށް އަދިވެސް ބުރޫއަރާފާނެ ކަމުގައި އެ އިދާރާއިން އިންޒާރުދެއެވެ. އިންޑޮނޭޝިއާގެ ޖިއޮލޮޖިކަލް އޭޖެންސީގެ ވެރިޔާ ލަނާ ސާރިޔާ ވިދާޅުވީ، ކުރީގެ ގޮވުންތަކާ އަޅައިބަލާއިރު މީގެ އަސަރު އަދި ކުޑަ ނަމަވެސް ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމުގައެވެ.

އަނަކް ކްރަކަތައޮ އަލިފާން ފަރުބަދައަކީ ބިންހެލުންތައް ގިނަ 'ޕެސިފިކް ރިންގް އޮފް ފަޔަރ' ގައި އޮންނަ އިންޑޮނޭޝިއާގެ ހަރަކާތްތެރި 130 އަލިފާން ފަރުބަދައިގެ ތެރޭގައި ހިމެނޭ ނުރައްކާތެރި ފަރުބަދައެކެވެ. އަނަކް ކްރަކަތައޮ ގޮވަންފެށުމާއެކު، ޖާވާގެ އިރުމަތީގައިވާ އިތުރު ދެ އަލިފާން ފަރުބަދައެއް ގޮވާފައިވާ ކަމުގައި ވެސް އިންޑޮނޭޝިއާގެ އިދާރާތަކުން ހާމަކުރިއެވެ. އަނަކް ކްރަކަތައޮއަކީ 1883 ވަނަ އަހަރު އުފެދުނު އަލިފާން ފަރުބަދައެކެވެ. އޭގެ ކުރިން އެ ސަރަޙައްދުގައި ހުރި 'ކްރަކަތައޮ' ގެ ނަންދީފައިވާ މައި އަލިފާން ފަރުބަދަ ގޮވައި، ފުނޑުފުނޑުވި ހާދިސާއާ ގުޅިގެން އުފެދުނު ސުނާމީއެއްގައި 36،000 އަށް ވުރެ ގިނަ މީހުން މަރުވިއެވެ.

ބޭރު ދުނިޔެއިންޑޮނޭޝިއާގުދުރަތީ ކާރިސާއެއާޕޯޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޑޮނޭޝިއާގެ މާރުކޭޓެއްގައި ރޯވެ 6 ކުޑަކުދިން ހިމެނޭހެން 11 މީހުން މަރުވެއްޖެ!

އިންޑޮނޭޝިއާގެ މާރުކޭޓެއްގައި ރޯވެ 6 ކުޑަކުދިން ހިމެނޭހެން 11 މީހުން މަރުވެއްޖެ!

2 ދުވަސް ކުރިން - 20:12

އިންޑޮނޭޝިއާގެ އަލިފާންފަރުބަދައެއް ގޮވައި 6 އެއާޕޯޓެއް ބަންދުކޮށް، 1.5 ލައްކަ ފަސިންޖަރުން ތާށިވެއްޖެ

އިންޑޮނޭޝިއާގެ އަލިފާން ފަރުބަދައެއް ގޮވައި، 1.5 ލައްކަ ފަސިންޖަރުން ތާށިވެއްޖެ

3 ދުވަސް ކުރިން - 16:20

ނޭޕާލް ކާރިސާ: މަރުވި މީހުންގެ އަދަދު 5000 އަށްވުރެ މަތި ކަމަށް ލަފާކޮށްފި

ނޭޕާލް ކާރިސާ: މަރުވި މީހުންގެ އަދަދު 5000 އަށްވުރެ މައްޗަށް

4 ދުވަސް ކުރިން - 13:52

ނޭޕާލްގެ ބޮޑުވަޒީރުގެ ޑިޒާސްޓަރ ރިލީފް ފަންޑަށް، 1 މިލިއަން ރުފިޔާ ހަދިޔާކުރެއްވުމަށް ނިންމަ

ނޭޕާލްގެ ބޮޑުވަޒީރުގެ ޑިޒާސްޓަރ ރިލީފް ފަންޑަށް، އެއްމިލިއަން ރުފިޔާ ދޭން ނިންމައިފި

4 ދުވަސް ކުރިން - 13:36

އަންނަ ސެޕްޓެމްބަރު 15 އިން ފެށިގެން ތައިލޭންޑުގައި ވިސާއާ ނުލައި ދިވެހިންނަށް 30 ދުވަހު ތިބެވޭނެ

ތައިލޭންޑުގައި ވިސާއާ ނުލައި ދިވެހިންނަށް 30 ދުވަހު ތިބެވޭގޮތް ހަދައިފި

6 ދުވަސް ކުރިން - 12:52

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެ، ފެތުރެމުންދާ ވަރުގަދަ ދުމުގެ އަސަރު މެލޭޝިއާއާއި ފިލިޕީންސަށް

އިންޑޮނޭޝިއާ އަލިފާނުގެ އަސަރު މެލޭޝިއާއާއި ފިލިޕީންސަށް

6 ދުވަސް ކުރިން - 12:45