Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޒުވާން އުމުރުގައި މަރުވުން މަދުކުރުމުގެ ޑަބްލިޔުއެޗްއޯގެ 2030 ގެ ލަނޑުދަނޑި ރާއްޖެއިން ހާސިލްކޮށްފި

ޒުވާން އުމުރުގައި މަރުވުން މަދުކުރުމުގެ ޑަބްލިޔުއެޗްއޯގެ 2030 ގެ ލަނޑުދަނޑި ރާއްޖެއިން ހާސިލްކޮށްފި

ފާތިމަތު އަނަން މުހައްމަދު
16 ގަޑިއިރު ކުރިން - 10 ސެޕްޓެންބަރު 2026 23:16
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ޚުލާސާ

ޑަބްލިޔުއެޗްއޯގެ 79 ވަނަ ރީޖަނަލް ކޮމިޓީ ބައްދަލުވުމުގައި މި ކާމިޔާބީ ރަސްމީކޮށް ފާހަގަކޮށް، ރާއްޖެއަށް ވަނީ ހާއްސަ ޝަރަފެއް އަރުވާފަ. ޑަބްލިޔުއެޗްއޯއާއި ސިއްހީ ވުޒާރާ ގުޅިގެން ވަނީ ގައުމީ ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ކާފު އަދި ވާވު އަތޮޅަށް ފުޅާކޮށްފަ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ (ޑަބްލިޔުއެޗްއޯ) ދެކުނު-އިރުމަތު އޭޝިއާ ސަރަހައްދުގައި، ގައިންގަޔަށް ނާރާ ބޮޑެތި ބަލި (ނޮން-ކޮމިއުނިކޭބަލް ޑިސީސަސް) ތަކުން ޒުވާން އުމުރުގައި މަރުވާ މީހުން މަދުކުރުމަށް 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑި، އެންމެ ފުރަތަމަ ހާސިލްކުރި ގައުމަކަށް ދިވެހިރާއްޖެ ވެއްޖެއެވެ.

ސެޕްޓެމްބަރު 8 ވީ ދުވަހު ބޭއްވި ޑަބްލިޔުއެޗްއޯގެ 79 ވަނަ ރީޖަނަލް ކޮމިޓީ ބައްދަލުވުމުގައި މި ކާމިޔާބީ ރަސްމީކޮށް ފާހަގަކޮށް، ރާއްޖެއަށް ވަނީ ހާއްސަ ޝަރަފެއް އަރުވާފައެވެ. ހިތުގެ ބަލިތަކާއި، ކެންސަރާއި، ހަކުރުބައްޔާއި އަދި ނޭވާލާ ނިޒާމުގެ ބަލިތަކުން މީހުން ސަލާމަތް ކުރުމަށް ރާއްޖެއިން ހޯދާފައިވާ މި ކުރިއެރުމަކީ މުޅި ސަރަހައްދަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.

މި ކާމިޔާބީގެ އެންމެ ބޮޑު ބިންގަލަކަށް ވެގެންދިޔައީ ފާފު އަތޮޅުގައި ފެށި ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމާއި ޒަމާނީ ޑިޖިޓަލް ރަޖިސްޓްރީގެ ނިޒާމެވެ. ސްކްރީނިންގ އާއި ފަރުވާދިނުމުގެ ކަންކަން ފަސޭހަކޮށްދިން މި ޕްރޮގްރާމްގެ ސަބަބުން، ކުރު މުއްދަތެއްގެ ތެރޭގައި އާންމުންގެ ބޮޑު ބައިވެރިވުމެއް ވަނީ ލިބިފައެވެ. ނަތީޖާއެއްގެ ގޮތުން، ހަކުރުބައްޔާއި ލޭގެ ޕްރެޝަރު އަދި ކޮލެސްޓްރޯލަށް ފަރުވާ ހޯދާ މީހުންގެ އަދަދު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް މައްޗަށް ގޮސްފައެވެ.

Advertisement

Advertisement 1

ޑަބްލިޔުއެޗްއޯއިން މި ކާމިޔާބީ ސިފަކޮށްފައިވަނީ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ އާބާދީގެ ގޮންޖެހުންތަކާ އެކުވެސް ސިއްހީ ދާއިރާއިން ކުރިއަށްދެވިދާނެ ކަމުގެ ފުރިހަމަ ނަމޫނާއެއްގެ ގޮތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި މޮޑެލް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ފަށާފައިވާއިރު، 2026 ވަނަ އަހަރުގެ އެޕްރީލް މަހު ޑަބްލިޔުއެޗްއޯއާއި ސިއްހީ ވުޒާރާ ގުޅިގެން ވަނީ ގައުމީ ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ކާފު އަދި ވާވު އަތޮޅަށް ފުޅާކޮށްފައެވެ. މީގެ އިތުރުން، މާލެއާއި ހުޅުމާލޭގައި ޖެނެރަލް ޕްރެކްޓިޝަނަރުން ލީޑުކޮށްގެން ދޭ ހިދުމަތްތައް ފުޅާކޮށް ވަރުގަދަކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ބާރުމިނުގައި ކުރަމުންނެވެ.

މިފަދަ މަޝްރޫއުތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ސިއްހީ ދާއިރާއަށް ބޭނުންވާ އުމްރާނީ ވަސީލަތްތަކާއި މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތްތައްވެސް ސަރުކާރުން ވަނީ ރާވާފައެވެ.

ސިއްހަތުސިއްހީ ދާއިރާދުނިޔޭގެ ސިއްހަތު ޖަމިއްޔާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓައިޕްކުރުމާއި ލިޔުން ފަދަ އާންމު ދިރިއުޅުމުގެ ކަންކަމުން އަތްތިލައިގެ ކުޑަހުޅަށް ދިގު މުއްދަތުގެ ގެއްލުންތަކެއް!

އާންމު ދިރިއުޅުމުގެ އާދަތަކުން ކުޑަހުޅަށް ދިގު މުއްދަތުގެ ގެއްލުންތަކެއް ލިބޭ!

3 ދުވަސް ކުރިން - 14:59

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

19 ދުވަސް ކުރިން - 15:57

ލަންކާގެ ޑޮކްޓަރެއް، ފިރިހެނެއްގެ މަސާނާއިން 3.1 ކިލޯގެ ހިލައެއް ނަގައި ދުނިޔޭގެ ރެކޯޑެއް ހަދައިފި

ފިރިހެނެއްގެ މަސާނާއިން 3.1 ކިލޯގެ ހިލައެއް ނަގައި ދުނިޔޭގެ ރެކޯޑެއް ހަދައިފި

23 ދުވަސް ކުރިން - 17:37

މާލެއަށް ބަރޯސާވުން ކުޑަކުރަން އަތޮޅުތެރޭގެ 10 ރަށެއްގެ ހޮސްޕިޓަލްތައް ތަރައްގީކުރަނީ

މާލެއަށް ބަރޯސާވުން ކުޑަކުރަން އަތޮޅުތެރޭގެ 10 ރަށެއްގެ ހޮސްޕިޓަލްތައް ތަރައްގީކުރަނީ

32 ދުވަސް ކުރިން - 10:22

އިތުރު 15 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ދެނީ

އިތުރު 15 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ދެނީ

109 ދުވަސް ކުރިން - 10:58

އޭޑީއެޗްޑީގެ ފަރުވާއަށް މިތައިލްފެނިޑޭޓް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިފި

އޭޑީއެޗްޑީގެ ފަރުވާއަށް މިތައިލްފެނިޑޭޓް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިފި

121 ދުވަސް ކުރިން - 20:27