Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ގަސްގަހާގެހި ހެއްދުމުގައި ސިއްހީގޮތުން ރައްކާތެރި ހަމަތައް ހިފެހެއްޓެވުމަށް މެޑަމް ސާޖިދާ އިލްތިމާސްކުރައްވައިފި

އައިޝަތު އިމްސާ
އައިޝަތު އިމްސާ
17 ގަޑިއިރު ކުރިން - 15 އޮކްޓޫބަރު 2026 13:53
އެއް ލައްކަ ގަސް އިންދުމުގެ މަޝްރޫއުގެތެރެއިން / ފޮޓޯ: ހުލާސާ
އެއް ލައްކަ ގަސް އިންދުމުގެ މަޝްރޫއުގެތެރެއިން / ފޮޓޯ: ހުލާސާ
ޚުލާސާ

ދަނޑުވެރިން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދަނޑުވެރިންގެ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހު. އެހެންނަމަވެސް، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން އޮކްޓޫބަރު މަހުގެ 15އަށް 2020ގަ ބަދަލުކުރެވުނު

ގަސްގަހާގެހި ހެއްދުމުގައި ސިއްހީގޮތުން ރައްކާތެރި ހަމަތައް ހިފެހެއްޓުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިލްތިމާސްކުރައްވައިފިއެވެ.

ގައުމީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސޯޝަލް މީޑިއާގައި ހާއްސަ ޕޯސްޓެއް ހިއްސާކުރައްވައި ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ހިދުމަތްތެރީންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން އިލްތިމާސްކުރެއްވީ ކޮންމެ ދިވެއްސަކީވެސް ގަސްއިންދާ ހެއްދުމަށް ޝައުގުވެރި ރައްޔިތަކަށް ވުމަށެވެ. މީގެ އިތުރުން، ގަސްގަހާގެހި ހެއްދުމުގައި ސިއްހީގޮތުން ރައްކާތެރި ހަމަތައް ހިފެހެއްޓެވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

އެކަމަނާގެ ޕޯސްޓުގައި އަލިއަޅުއްވާލެއްވި ގޮތުގައި، ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު މި ޒަމާނުގެ ދަނޑުވެރިކަމަކީ ކުދި ޖާގަތަކުގައިވެސް ބޮޑު މަންފާއެއް ލިބޭނެހެން ކުރިއެރުވޭނެ މަސައްކަތެކެވެ. ކޮންމެ ގެއަކާއި ގޯއްޗެއްގެ ތެރޭގައިވެސް ދަނޑުވެރިކަމުގެ މަސައްކަތެއް ކުރުމަކީ، މާހައުލުގެ ފެހިކަން އިތުރުވެ، ވައި ސާފުވެ، އަދި ސިއްހަތަށް ފައިދާހުރި ރަނގަޅު ކާނާ ހޯދުމަށް ފަހިވެގެންދާނެ އަގުހުރި ފުރުސަތެއްކަން ފަސްޓް ލޭޑީ ތަފްސީލުކޮށް ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

ދަނޑުވެރިން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދަނޑުވެރިންގެ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހުއެވެ. ނަމަވެސް، ދަނޑުވެރިންނާއި ދަނޑުވެރިން އުފައްދާ ތަކެއްޗާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ތަފާތު ހަރަކާތްތައް ހިންގުމަށް މަގުފަހިކުރުމުގެ ގޮތުން، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން މި ދުވަސް ފާހަގަކުރުމަށް ސަރުކާރުން ނިންމިއެވެ.

އެގޮތުން 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ކަމަށްވާ އޮކްޓޫބަރު 16 އާއި ގުޅުވައި، ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހަކީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާއެރުވިއެވެ. އެ ލަފަޔާ އެއްގޮތަށް، 2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު 15 ވަނަ ދުވަސް ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ކަނޑައަޅައި، ދަނީ ފާހަގަކުރަމުންނެވެ.

މެޑަމް ސާޖިދާ މުހައްމަދުދަނޑުވެރިކަންސިއްހަތު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

އުރަމަތީގެ ކެންސަރު ސްކްރީނިންގ ހެދުން ފަސްނުކުރުމަށް ފަސްޓް ލޭޑީ އިލްތިމާސްކުރައްވައިފި

އުރަމަތީގެ ކެންސަރު ސްކްރީނިންގ ހެދުން ފަސްނުކުރުމަށް ފަސްޓް ލޭޑީ އިލްތިމާސްކުރައްވައިފި

7 ދުވަސް ކުރިން - 13:20

ށ. ނަރުދޫ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ރަސްމީކޮށް ފަށައިފި

ށ. ނަރުދޫ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ރަސްމީކޮށް ފަށައިފި

11 ދުވަސް ކުރިން - 16:24

ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމުގެ ތެރެއިން އުޖާލާ މުސްތަގްބަލަކަށް މަގު ތަނަވަސްވަނީ: ރައީސް

ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމުގެ ތެރެއިން އުޖާލާ މުސްތަގްބަލަކަށް މަގު ތަނަވަސްވަނީ: ރައީސް

20 ދުވަސް ކުރިން - 15:25

ފުރަތަމަ ނިއޯކެއަރ ބުލެޓިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިފްތިތާހްކޮށްދެއްވައިފި

ފުރަތަމަ ނިއޯކެއަރ ބުލެޓިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިފްތިތާހްކޮށްދެއްވައިފި

24 ދުވަސް ކުރިން - 14:59

"ސިކް ލީވް" ނަގާއިރު ކުށްވެރިވާހެން ހީވަނީ އޮފީހުގެ މާހައުލުންތަ؟

"ސިކް ލީވް" ނަގާއިރު ކުށްވެރިވާހެން ހީވަނީ އޮފީހުގެ މާހައުލުންތަ؟

28 ދުވަސް ކުރިން - 15:11

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އޮގަސްޓް މަހު 58 މިލިއަން ދޫކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އޮގަސްޓް މަހު 58 މިލިއަން ދޫކޮށްފި

30 ދުވަސް ކުރިން - 15:39