ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިޚާބުގެ ވޯޓުލުން ހަވީރު 4:00 ގައި ނިމި، ވޯޓު ގުނައިފިއެވެ.
ހުލާސާ ނޫހުގެ ރިޕޯޓަރުން މަޢުލޫމާތު ދޭ ގޮތުގައި، ގއ. ވިލިނގިލީގައި ބަހައްޓާފައިވާ ވޯޓުފޮށީގެ ވަގުތީ ނަތީޖާއަށް ބަލާއިރު، ރަށު ކައުންސިލްތަކުގެ ރައީސުންގެ ގޮނޑިއަށް ވާދަކުރެއްވި ކެނޑިޑޭޓުންގެ ތެރެއިން ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެންޑިޑޭޓް (ކެންޑިޑޭޓް ނަމްބަރު 1 އަލީ އަހްމަދުއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔު.ޑީ.ސީ) ގެ ރައީސުންގެ ގޮނޑިއަށް ކުރިމަތިއްލެއްވި ދެކެނޑިޑޭޓުން ވަނީނއެއްވަރުވެފައެވެ.
ގއ. ވިލިނގިލީ ފޮށީގެ ވަގުތީ ނަތީޖާ:
ރަށު ކައުންސިލްތަކުގެ ރައީސުންގެ ގޮނޑި:
ޢަލީ އަޙްމަދު (ކެންޑިޑޭޓް ނަމްބަރު 1، ޕީއެންސީ): [17] ވޯޓު
ޢަލީ ޡާފިރު (ކެންޑިޑޭޓް ނަމްބަރު 2، އެމްޑީޕީ): [10] ވޯޓު
ސައްހަ ވޯޓް: 27
ބާތިލް ވޯޓް: 1
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސުންގެ ގޮނޑި:
މަރްޔަމް ނީނާ (ކެންޑިޑޭޓް ނަމްބަރު 1، އެމްޑީޕީ): [2] ވޯޓު
މަރްޔަމް ޒީނާ (ކެންޑިޑޭޓް ނަމްބަރު 2، ޕީއެންސީ): [2] ވޯޓު
ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު: 42
ވޯޓުލީ މީހުންގެ އަދަދު: 34
ރައީސްގެ ގޮނޑިއަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު: 33
ރައީސްގެ ގޮނޑިއަށް ވޯޓުލީ މީހުންގެ އަދަދު: 28
ޑަބްލިޔުޑީސީގެ ގޮނޑިއަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު: 9
ޑަބްލިޔުޑީސީގެ ގޮނޑިއަށް ވޯޓުލީ މީހުންގެ އަދަދު: 6



