ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ނިމިދިޔަ ސަރުކާރުގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ޝާހިދު ހައްޔަރުކުރިކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ފުލުހުން ބުނެފައިވަނީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހ. ރަބީއީމަންޒިލް، އަބްދުﷲ ޝާހިދު މިރޭ 21:59 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.