Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި "ބްރައިޓް މައިންޑްސް" ގެ ވެރިޔާ, އަފްލާހުގެ މައްޗަށް ދައުވާ އުފުލައިފި

އައިޝަތު ރުވާ ރިފްޢަތު
139 ދުވަސް ކުރިން - 30 މެއި 2026 17:47
"ބްރައިޓް މައިންޑްސް" ގެ ވެރިޔާ އަފްލާހް.
"ބްރައިޓް މައިންޑްސް" ގެ ވެރިޔާ އަފްލާހް.
ޚުލާސާ

އަފްލާހުގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖެއްގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދު ތަކުރާރުކޮށް އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ފީޖީ އޮފީހުން ފާހަގަކުރި.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ސީރިއަސް ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައިވާ، ޓިއުޝަންގެ ހިދުމަތް ދޭ "ބްރައިޓް މައިންޑްސް"ގެ ވެރިޔާ އަލީ އަފްލާހުގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.

އިންޑިއާގައި އުޅުމަށްފަހު ރާއްޖެ އައިތަނުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މި އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ހައްޔަރުކުރި އަފްލާހުގެ މައްޗަށް، ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ވަނީ ޖުމްލަ 6 ދައުވާއެއް އުފުލާފަ އެވެ.

އަފްލާހުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ:

Advertisement

Advertisement 1
  1. މަހްރަމަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ 3 ދައުވާ.
  2. ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި އެ ކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާ.
  3. އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ.
  4. އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ.

މި މައްސަލައާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނެފައިވަނީ، އަފްލާހުގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖެއްގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދު ތަކުރާރުކޮށް އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށެވެ.

މި މައްސަލައަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މައްސަލައަކަށްވާއިރު، އޭނާ ހައްޔަރުކޮށްފައިވަނީ ރާއްޖެއިން ބޭރުގައި އުޅުމަށްފަހު އެނބުރި އައި ވަގުތުގަ އެވެ. އަފްލާހަކީ ފުޅާ ދާއިރާއެއްގައި ޓިއުޝަންގެ ހިދުމަތްދޭ މަރުކަޒެއް ހިންގަމުން އައި ފަރާތެކެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސްޖިންސީ ގޯނާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ގާދިއްފުށި ރައީސްގެ ދަރިފުޅު ކުޑަ އަންހެން ކުއްޖަކާ ބެހުނު މައްސަލައެއް ބަލަނީ

ގާދިއްފުށި ރައީސްގެ ދަރިފުޅު ކުޑަ އަންހެން ކުއްޖަކާ ބެހުނު މައްސަލައެއް ބަލަނީ

7 ދުވަސް ކުރިން - 19:17

އަނގޮޅިތީމު ޖިންސީ ގޯނާގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އަނގޮޅިތީމު ޖިންސީ ގޯނާގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

17 ދުވަސް ކުރިން - 18:14

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

38 ދުވަސް ކުރިން - 11:24

ފަހުދާގެ ދައުވާ އަނބުރާ ގެންގޮސް، އިމާދަށް 13 އަހަރުގެ ޖަލު ހުކުމެއް

ފަހުދާގެ ދައުވާ އަނބުރާ ގެންގޮސް، އިމާދަށް 13 އަހަރުގެ ޖަލު ހުކުމެއް

73 ދުވަސް ކުރިން - 00:57

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަގައި ކުންފުންޏަކަށް ދައުވާކުރަނީ

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަގައި ކުންފުންޏަކަށް ދައުވާކުރަނީ

159 ދުވަސް ކުރިން - 17:52

ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

164 ދުވަސް ކުރިން - 14:25