Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

"ކާޕެޓު ވަގު" ނަމުން މަޝްހޫރު ޝާހިދު ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް އިއުލާނުކޮށް އެމްޑީޕީ ތެރޭގައި އުފެދިފައިވާ ހުޅުގަނޑު އިތުރަށް ރޯކޮށްލައިފި

"ކާޕެޓު ވަގު" ނަމުން މަޝްހޫރު ޝާހިދު ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް އިއުލާނުކޮށް އެމްޑީޕީ ތެރޭގައި އުފެދިފައިވާ ހުޅުގަނޑު އިތުރަށް ރޯކޮށްލައިފި

އައިޝަތު ރުވާ ރިފްޢަތު
11 ގަޑިއިރު ކުރިން - 15 އޯގަސްޓް 2026 02:16
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު---
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު---
ޚުލާސާ

ޝާހިދުގެ އިތުރުން އިބްރާހީމް މުހައްމަދު ސޯލިހާއި، ފައްޔާޒު އިސްމާއީލް ވެސް ވާދަކުރައްވާނެ. އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ޓިކެޓު ހޯއްދެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފަ. ޝާހިދަކީ މީގެ ކުރިން އިގްތިސާދީ ދަތިތަކާއި ހިޔާނާތުގެ ތުހުމަތުތަކެއް އަމާޒުވެފައިވާ ބޭފުޅެއް ރައީސް ނަޝީދު ތާއީދު ކުރައްވަނީ ފައްޔާޒަށް.

އެމްޑީޕީގެ ފަރާތުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ރަސްމީކޮށް އިއުލާނު ކުރައްވައިފިއެވެ. މި އިއުލާނާ އެކު، އޭނާ ވަނީ ޕާޓީގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވިކަންވެސް ހާމަކުރައްވާފައެވެ.

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި މިރޭ ބޭއްވި ހާއްސަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ޝާހިދު ވިދާޅުވީ، ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދީ، ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ކަމަށެވެ.

ޝާހިދު ވިދާޅުވި ގޮތުގައި މިހާރު ރާއްޖެ އޮތް ހާލަތުން އަރައިގަނެ، ރައްޔިތުން އެދޭ ބަދަލުތައް ގެނައުމުގެ ގާބިލުކަން އޮތީ ހަމައެކަނި އެމްޑީޕީގައެވެ. އަދި އޭނާއަކީ ޕާޓީގެ ހުރިހާ ފިކުރެއްގެ މެންބަރުން ގޮވައިގެން މަސައްކަތް ކުރެވޭނެ، ކަންކަން ހާސިލުކޮށްދެވޭނެ (ޑެލިވާ ކުރެވޭނެ) ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ. ޝާހިދު މިހެން ވިދާޅުވި ނަމަވެސް ރާއްޖެ އިގްތިސާދީ ބޮޑު އަނދަވަޅަކަށް ވައްޓާލި އެންމެ ބޮޑު ހިއްސާއެއް އަދާކުރާނެ އެއްބޭފުޅަކީ އޭނާއެވެ.

Advertisement

Advertisement 1

ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވި ސަބަބާ ގުޅޭގޮތުން ޝާހިދު ވިދާޅުވީ، އެމްޑީޕީއަކީ ޑިމޮކްރަސީގެ ރީތި އުސޫލުތައް ދަމަހައްޓާ ޕާޓީއަކަށް ވާއިރު، ޕާޓީގެ އިސް މަގާމެއްގައި ހުރެ އެތެރޭގެ އިންތިހާބެއްގައި ވާދަކުރުމަކީ އިންސާފުވެރި ގޮތެއް ކަމަށް ގަބޫލުނުކުރައްވާތީ ކަމަށެވެ. މިއީ އިންތިހާބުގެ ހަމަހަމަކަން ގާއިމުކުރުމަށް އެޅުއްވި ފިޔަވަޅެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސިޔާސީ ގޮތުން ދިގު ތާރީހެއް އޮތް ޝާހިދަކީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައިވެސް ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް އޭނާ ވަނީ ކުރައްވާފައެވެ. އަދި ޝާހިދު އެންމެ ބޮޑަށް މަޝްހޫރު ވެފައިވަނީ "ކާޕެޓު ވަގު" މި ނަމުންނެވެ. ސަބަބަކީ މިނިސްޓަރުގެ މަގާމުގައި ހުންނަވައި މޮރޮކޯގެ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި ކާޕެޓެއް އެމަނިކުފާނުގެ އަމިއްލަ ގެކޮޅަށް ގެންދެވުމުންނެވެ.

ޝާހިދު ޕްރައިމަރީއަށް ކުރިމަތިލައްވާނެކަން އިއުލާނު ކުރެއްވިއިރު، ކުރީގެ ރައީސް ސާލިހު އަދި ފައްޔާޒު އިސްމާއީލް ވެސް ވަނީ ވާދަކުރައްވާނެކަމަށް އިއުލާނުކުރައްވާފައެވެ. އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމުގެ ޝައުގުވެރިކަން ފާޅުކުރައްވާ އެކަމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ކުރީގެ ރައީސް ނަޝީދު ވަނީ އެމަނިކުފާނު، ފައްޔާޒު އިސްމާއީލަށް ތާއީދު ކުރައްވާނެކަމަށް އިއުލާނުކުރައްވާފައެވެ.

އަބްދުﷲ ޝާހިދުއެމްޑީއޭ
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވޯޓުން އެއްވަރުވެ ދެވަނަ ފަހަރަށް ވޯޓުލައިގެން 80 ވޯޓުގެ ފަރަގަކުން ޕީއެންސީން މީދޫ ރައީސް ގޮނޑި ކާމިޔާބުކޮށްފި

ދ. މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

62 ދުވަސް ކުރިން - 19:24

މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިހާބު: %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

މީދޫ އިންތިހާބުގައި %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

62 ދުވަސް ކުރިން - 14:19

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

63 ދުވަސް ކުރިން - 11:24

ދާއިމީ ނަތީޖާ: ޕީއެންސީއަށް ޖުމްލަ 584 ގޮނޑި، އެމްޑީޕީއަށް 563

ޕީއެންސީއަށް ޖުމްލަ 584 ގޮނޑި، އެމްޑީޕީއަށް 563

117 ދުވަސް ކުރިން - 14:51

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް އަމާޒުކޮށް ޝާހިދު ކެމްޕެއިން ފައްޓަވައިފި

ރިޔާސީ ޕްރައިމަރީއަށް އަމާޒުކޮށް ޝާހިދު ކެމްޕެއިން ފައްޓަވައިފި

124 ދުވަސް ކުރިން - 15:01

ކައުންސިލް އިންތިހާބު: މިހާތަނަށް 58,819 މީހުން ވޯޓުލައިފި

މިހާތަނަށް 58,819 މީހުން ވޯޓުލައިފި

133 ދުވަސް ކުރިން - 12:00