Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވޯޓުން އެއްވަރުވެ ދެވަނަ ފަހަރަށް ވޯޓުލައިގެން 80 ވޯޓުގެ ފަރަގަކުން ޕީއެންސީން މީދޫ ރައީސް ގޮނޑި ކާމިޔާބުކޮށްފި

ވޯޓުން އެއްވަރުވެ ދެވަނަ ފަހަރަށް ވޯޓުލައިގެން 80 ވޯޓުގެ ފަރަގަކުން ޕީއެންސީން މީދޫ ރައީސް ގޮނޑި ކާމިޔާބުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
62 ދުވަސް ކުރިން - 13 ޖޫން 2026 19:24
މީދޫގެ ކައުންސިލް ރައީސްގެ ގޮނޑި ކާމިޔާބުކުރި ސުހާ އިބްރާހީމް---
މީދޫގެ ކައުންސިލް ރައީސްގެ ގޮނޑި ކާމިޔާބުކުރި ސުހާ އިބްރާހީމް---
ޚުލާސާ

މި އިންތިހާބުގައި ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓް ސުހާއަށް ލިބުނީ 529 ވޯޓު. އެމްޑީއޭގެ ކެންޑިޑޭޓަށް ލިބުނީ 449 ވޯޓު. މި ނަތީޖާއާއެކު ޕީއެންސީގެ ހުރިހާ ގޮނޑިއެއް މިވަނީ ޕީއެންސީއަށް ލިބިފައި.

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން، ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް ބޮޑު ތަފާތަކުން ކާމިޔާބުކޮށްފިއެވެ.

މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކުރިއަށްދިޔަ މި އިންތިހާބުގައި ވާދަކުރީ ޕީއެންސީގެ ސުހާ އިބްރާހިމާއި އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން ސުހާ އިންތިހާބު ކާމިޔާބުކުރީ 80 ވޯޓުގެ ތަފާތުންނެވެ. އޭނާއަށް ޖުމްލަ 529 ވޯޓު ލިބުނުއިރު، ޝާހިދަށް ލިބުނީ 449 ވޯޓެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 1,409 މީހުންގެ ތެރެއިން 978 މީހަކު ވޯޓުލާފައިވެއެވެ. ވޯޓުލުމަށްޓަކައި މީދޫގައި ދެ ފޮށި އަދި މާލޭގައި އެއް ފޮށި ބަހައްޓާފައިވާއިރު، ތިން ފޮށިން ވެސް ކުރި ހޯއްދެވީ ސުހާއެވެ.

Advertisement

Advertisement 1

މީދޫ ކައުންސިލްގެ ރައީސްގެ އިންތިހާބު އަލުން ބާއްވަން ޖެހުނީ، މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއާ މެދު ހައިކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ. އެފަހަރުގެ އިންތިހާބުގައި ސުހާ އާއި ޝާހިދުގެ ވޯޓު އެއްވަރުވީ، ސުހާއަށް ލިބުނު ދެ ވޯޓެއް ބާތިލު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެންނެވެ. ނަމަވެސް، ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ކޯޓުން ނިންމީ ބާތިލުކުރި އެއް ވޯޓަކީ ސައްހަ ވޯޓެއް ކަމަށެވެ. އެއާއެކު ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމުން، އީސީން ނިންމީ އަލުން ބައި-އިލެކްޝަނެއް ބޭއްވުމަށެވެ.

މިއަދުގެ ނަތީޖާއާއެކު މީދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް މިހާރު ވަނީ ޕީއެންސީން ކާމިޔާބުކޮށްފައެވެ. އެގޮތުން ކައުންސިލް މެމްބަރުކަން ޕީއެންސީގެ ހުސައިން ރަޝީދު ކާމިޔާބުކޮށްފައިވާއިރު، އަންހެނުންނަށް ހާއްސަ ގޮނޑި ކާމިޔާބުކުރީ އެ ޕާޓީގެ މިސްކާ އަބްދުލް ރަހްމާނެވެ.

މީދޫގެ ކައުންސިލްގެ މޖުލަސް މިހާރު ފުރިހަމަވެފައިވަނީ ސަރުކާރު ހިންގާ ޕީއެންސީގެ ފުރިހަމަ އަގުލަބިއްޔަތާ އެކުގައެވެ.

ދ. މީދޫލޯކަލް ކައުންސިލް އިންތިޚާބުއެމްޑީއޭޕީއެންސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

"ކާޕެޓު ވަގު" ނަމުން މަޝްހޫރު ޝާހިދު ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް އިއުލާނުކޮށް އެމްޑީޕީ ތެރޭގައި އުފެދިފައިވާ ހުޅުގަނޑު އިތުރަށް ރޯކޮށްލައިފި

ކާޕެޓު ވަގު" ނަމުން މަޝްހޫރު ޝާހިދު އެމްޑީޕީގެ ޕްރައިމަރީއަށް ވާދަކުރައްވާނެކަމަށް އިއުލާނުކޮށްފި

12 ގަޑިއިރު ކުރިން - 02:16

ލައްކަ ވަރެއް ކާލީމަތާ އެމްޑީޕީން ހިސާބުތައް ފޮރުވަން އުޅުނީ: ޝުޖާ

ލައްކަ ވަރެއް ކާލީމަތާ އެމްޑީޕީން ހިސާބުތައް ފޮރުވަން އުޅުނީ: ޝުޖާ

9 ދުވަސް ކުރިން - 13:30

ކުރީގެ ސަރުކާރުތަކުން އަމަލުކުރި ގޮތް ފެންނަން އެބައޮތް، ދައްކަނީ އޮށްޓަރެއް ހުރި ވާހަކަތަކެއް ނޫން: ރައީސް

"ބައެއް ފަރާތްތަކުން ގައުމު އިސްނުކޮށް ގައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް އެބަކުރޭ"

9 ދުވަސް ކުރިން - 08:44

2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ހުރިހާ ވައުދެއް ފުއްދައި ނިންމަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

2028 ގައި ހުރިހާ ވައުދެއް ފުއްދައި ނިންމަވާނަން: ރައީސް

9 ދުވަސް ކުރިން - 08:35

ޕީއެންސީގެ ލީޑަޝިޕުން ސައުދާއަށް ފުރުޞަތެއް؛ ނައިބު ރައީސްކަމަށް ވާދަކުރައްވަނީ!

ޕީއެންސީގެ ލީޑަޝިޕުން ސައުދާއަށް ފުރުޞަތެއް؛ ނައިބު ރައީސްކަމަށް ވާދަކުރައްވަނީ!

13 ދުވަސް ކުރިން - 22:36

އަމާން ކަމާއި އޮމާން ކަމާއެކު ޕީއެންސީގެ އެތެރޭގެ އިންތިހާބު ނިންމާލާ ކުދި ޕާޓީތަކަށް ނަމޫނާ ދައްކާލައިފި

އަމާން ކަމާއި އޮމާން ކަމާއެކު ޕީއެންސީގެ އެތެރޭގެ އިންތިހާބު ނިންމާލައިފި

34 ދުވަސް ކުރިން - 18:55