Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަސްތުވާތަކެތީގެ "ބޮޑުން" އަތުލައިގަނެ، މާލީ މަންފާތައް ބަންދުކުރަނީ: މިނިސްޓަރު އިޙްސާން

މަސްތުވާތަކެތީގެ "ބޮޑުން" އަތުލައިގަނެ، މާލީ މަންފާތައް ބަންދުކުރަނީ: މިނިސްޓަރު އިޙްސާން

އައިޝަތު އިމްސާ
1 ގަޑިއިރު ކުރިން - 20 ސެޕްޓެންބަރު 2026 13:13
ދިވެހި ފުލުހުންގެ ޚިދުމަތަށް 22 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހިންގާލުމުގެ ތެރެއިން / ފޮޓޯ : ހޯމް މިނިސްޓްރީ
ދިވެހި ފުލުހުންގެ ޚިދުމަތަށް 22 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހިންގާލުމުގެ ތެރެއިން / ފޮޓޯ : ހޯމް މިނިސްޓްރީ
ޚުލާސާ

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ އެންމެ އަޑީގައި ތިބޭ މީހުންނާއި ފަންޑުކުރާ ފަރާތްތަކަށް 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ގޮތަށް އުސޫލުތައް ބަދަލުކޮށް، ފުލުހުންގެ ތަހުގީގީ އިސްތިރާތީޖީ ވަނީ މުޅިން ބަދަލުކޮށްފަ.

ޕީއެންސީ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ، މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގު ކުރިއިރު ފުލުހުންގެ އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ މަގުމަތީގައި އުޅޭ ކުދި ޑީލަރުން އަތުން މަސްތުވާތަކެތި އަތުލައިގަތުމަށް ކަމަށެވެ. ނަމަވެސް އެފަދަ އުސޫލަކުން ކަންކަން ކުރުމުން، މުޅި ނެޓްވޯކްގެ އަޑީގައި ތިބޭ މީހުންނާ ހަމައަށް ނުފޯރާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިޙްސާން ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރި ފަންޑުކުރާ މީހުންނާއި އޭގެ އެންމެ އިސްކޮށް ތިބޭ "ބޮޑުން" އާންމުކޮށް މަގުމައްޗަށް ނުކުމެ މަސްތުވާތަކެތި ނުވިއްކާ ކަމަށެވެ. އެހެންކަމުން މާޒީގައި ހިންގުނު ތަހުގީގުތަކުން ހައްޔަރުކުރެވިފައިވަނީ ހަމައެކަނި ކުދި ޑީލަރުން ކަމަށާއި، ނެޓްވޯކްތަކުގެ އެންމެ މަތީގައި ތިބި މީހުން ތިބީ އަތްނުފޯރާ ހިސާބުގައި ކަމަށް އިހްސާން ވިދާޅުވިއެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ސަރުކާރުން މިހާރު ވަނީ ތަހުގީގީ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުތަކުގެ ދަށުން މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިސާހަރަދުކުރާ މީހުންނާއި، އެ ނެޓްވޯކްތައް ހިންގާ އިސް ފަރާތްތަކަށް 25 އަހަރާ ހަމައަށް ޖަލު ހުކުމް އަންނާނެ ގޮތަށް އުސޫލުތައް ވަނީ ހަރުދަނާކޮށްފައެވެ.

Advertisement

Advertisement 1

އޭގެ އިތުރުން، ފުލުހުންގެ މިހާރުގެ އަމާޒަކީ ހަމައެކަނި މަސްތުވާތަކެތި އަތުލައިގަތުން ނޫން ކަމަށާއި، މިފަދަ ޖަރީމާތައް ހިންގައިގެން ހޯދާ މާލީ މަންފާތައް ބަންދުކޮށް، އެފަދަ ފަރާތްތަކުގެ ބާރުވެރިކަން ކަނޑުވާލުން ކަމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޕީއެންސީޕީއެންސީ ކޮންގްރެސް2026މޯލްޑިވްސް ޕޮލިސް ސަރވިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޮމެއް އޮތް ކަމަށް ބުނެ ސަމާސާ ކުރި މިސްރުގެ ފަތުރުވެރިއަކު އެއަރޕޯޓުން ހައްޔަރުކޮށްފި

ބޮމެއް އޮތްކަމަށް ބުނި ސަމާސާކުރި ފަތުރުވެރިޔެއް އެއާޕޯޓުން ހައްޔަރުކޮށްފި

1 ގަޑިއިރު ކުރިން - 13:18

ސީރިއަލް ޕެކެޓްތަކެއްގައި ފޮރުވައިގެން 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާ ރާއްޖެއިން ބޭރުކުރަން އުޅުނު 6 ބިދޭސީއަކު ހައްޔަރުކޮށްފި

3.8 މިލިއަން ރުފިޔާ ބޭރުކުރަން އުޅުނީ ސީރިއަލް ޕެކެޓުތަކުގައި ފޮރުވައިގެން

1 ގަޑިއިރު ކުރިން - 13:13

ކުރު މުއްދަތެއްގެ ތެރޭގައި ރެކޯޑު އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެ، މަސްތުވާތަކެތި ވިއްކާ 11 ތަނެއް ބަންދުކޮށްފި

1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ، އައްޑާތައް ބަންދުކުރަނީ

2 ގަޑިއިރު ކުރިން - 12:36

ގަވާއިދާ ހިލާފަށް އެންމެ ގިނައިން ރަށްރަށަށް ރާ އެތެރެކުރީ ސަފާރީތަކުން

ގަވާއިދާ ހިލާފަށް އެންމެ ގިނައިން ރަށްރަށަށް ރާ އެތެރެކުރީ ސަފާރީތަކުން

2 ގަޑިއިރު ކުރިން - 12:35

މަސްތުވާތަކެއްޗަށް ފައިނޭންސްކުރާ މީހުން ހޯދައި އަދަބު ދޭނަން: އިހްސާން

މަސްތުވާތަކެއްޗަށް ފައިނޭންސްކުރާ މީހުން ހޯދައި އަދަބު ދޭނަން: އިހްސާން

2 ގަޑިއިރު ކުރިން - 12:34

ކުރުމުއްދަތެއްގެތެރޭ އެހެން ސަރުކާރަކުން އަތުނުލާވަރަށް މިސަރުކާރުން މަސްތުވާތަކެތި އަތުލައިފި

ކުރުމުއްދަތެއްގެތެރޭ އެހެން ސަރުކާރަކުން އަތުނުލާވަރަށް މިސަރުކާރުން މަސްތުވާތަކެތި އަތުލައިފި

2 ގަޑިއިރު ކުރިން - 12:33