
މި މަހުގެ ދެވަނަ ދުވަހު އޭނާ ހައްޔަރުކޮށް ބަންދަށް 30 ދުވަސް ޖަހާފައިވާއިރު، ފުލުހުން ވަނީ އޭނާ ދިރިއުޅުއްވާ ގެ ބަލައިފާސްކޮށް ހެކި ހޯދާފަ. ޝާހިދުގެ މައްޗަށް މި ތުހުމަތު ކުރެވުނުއިރު، އޭނާއަކީ 2028 ގެ ރިޔާސީ އިންތިޚާބަށް ވާދަކުރައްވަން ތައްޔާރުވަމުން ގެންދެވި ބޭފުޅެއް.
1 ދުވަސް ކުރިން - 19:32
ރައީސް ވިދާޅުވީ ޝާހިދު ހައްޔަރުކުރެވުނީ ކުޑަކުއްޖަކާ ގުޅޭ ސީރިއަސް މައްސަލައެއްގައި ކަމަށާއި، ގާނޫނު އެންމެންގެ މައްޗަށް ހަމަހަމަވާން ޖެހޭނެ ކަމަށް. އެހެންކަމުން ތަހުގީގީ އިދާރާތަކަށް ސަރުކާރުން ހުރަސްނާޅާނެ ކަމަށާއި، ރާއްޖޭގައި އަބަދުވެސް އޮންނާނީ ގާނޫނުއަސާސީ އާއި އިންސާނީ ހައްގުތައް ހިމާޔަތްކުރެވޭ ގާނޫނީ ވެރިކަމެއް ކަމަށް ރައީސް ފާހަގަކުރެއްވި.
7 ދުވަސް ކުރިން - 11:54
ފުލުހުން ކަށަވަރުކޮށްދީފައިވާ މި ހައްޔަރާ ގުޅިގެން، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ތަހުގީގަށް ޝާހިދު 30 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ. ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދޭ.
13 ދުވަސް ކުރިން - 15:10