Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްޑީޕީ ފައްޔާޒުގެ ފެކްޝަނުން މިއަދު ނޫސްވެރިންނާއި ބައްދަލުކުރަނީ

އެމްޑީޕީ ފައްޔާޒުގެ ފެކްޝަނުން މިއަދު ނޫސްވެރިންނާއި ބައްދަލުކުރަނީ

އައިޝަތު ރުވާ ރިފްޢަތު
441 ދުވަސް ކުރިން - 25 ޖޫން 2025 09:59
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް. / ފޮޓޯ: ޓީއެމްޖީ
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް. / ފޮޓޯ: ޓީއެމްޖީ
ޚުލާސާ

މި ބައްދަލުވުން އޮތީ މިއަދު 11 ޖަހާއިރު. މަޤްސަދު ކަމަށް ބުނެފައިވަނީ އެމްޑީޕީގެ އަހަރީ ދުވަހާ ގުޅިގެން ކުރިޔަށް ގެންދާ ހަރަކާތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުން ކަމުގައި.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފައްޔާޒު ފެކްޝަނުގެ ފަރާތުން މިއަދު ހެދުނު 11 ޖަހާއިރު އެ ޕާޓީގެ އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރަން ނިންމައިފިއެވެ.

މި ބައްދަލުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާނީ ފައްޔާޒުގެ އިތުރުން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދެވެ. އެ ޕާޓީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ނޫސްވެރިންނާއި ބައްދަލުކުރުމުގެ މައިގަނޑު މަޤްސަދަކީ އެ ޕާޓީގެ 20 ވަނަ އަހަރީ ދުވަހާއި ގުޅިގެން ކުރިޔަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ކަމަށެވެ.

ބައިބައިކަން އުފެދިފައިވާ އެމްޑީޕީގައި މިވަޤުތު އެންމެ ހަރަކާތްތެރިކޮށް ފެނިގެން މިދަނީ ފައްޔާޒު ފެކްޝަންގެ ފަރާތުންނެވެ. ފައްޔާޒު އިސްވެ ހުރެ ދަ ޑިމޮކްރަޓްސް އާއި ބައްދަލުކުރުންތަކެއް ކުރިޔަށް ގެންގޮސް މިހާރު ވަނީ ޑިމޮކްރެޓްސް ރޫޅާލައި އެ ޕާޓީގެ އިސް މެންބަރުން އެމްޑީޕީއަށް އަލުން އަނބުރާ ވައްދާލާފައެވެ. މިގޮތުން ހޯމަ ދުވަހުގެ ރޭ އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސޮއި އެމަނިކުފާނު ވަނީ އެމްޑީޕީއަށް ހޯދާފައެވެ. ސާފު ނުވަނީ އެ ފެކްޝަނުން ރިޔާސީ ރޭހަށް ނިކުންނަނީ ހުދު އެ ބޭފުޅާތޯ ނޫނީ ރައީސް ނަޝީދު ތޯއެވެ. ޚަބަރު ލިބޭ ގޮތުގައި ޝާހިދުވެސް ހުރީ ވެރިކަމަށް ފައި ވިއްދާފައެވެ. މިވަޤުތު ޝާހިދު ފެންނަނީ ފައްޔާޒު ފެކްޝަނުން ބާއްވާ އިވެންޓުތަކުގައެވެ.

Advertisement

Advertisement 1

އެމްޑީޕީ ތެރޭގައި ކޯޅުން ބޮޑުވެފައި މިވަނީ ގިނަ އަދަދެއްގެ މެންބަރުން ވެރިކަމަށް ފައި ވިއްދާފައިވާތީއެވެ. އެ ޕާޓީ ތެރޭގައި ގިނަ ފެކްޝަންތަކެއް އުފެދިފައިވާއިރު ރައީސް ނަޝީދު އެމްޑީޕީއަށް ސޮއި ކުރި ޖަލްސާގައި ބައިވެރިވީ އެ ޕާޓީގެ މަދު ލީޑަރުންތަކެއްކަން ފާހަގަކުރެވެއެވެ.

އެމްޑީޕީފައްޔާޒް އިސްމާޢީލްއަބްދުﷲ ޝާހިދުއިބްރާހިމް މުހައްމަދު ސޯލިހް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

“ކޮންމެ ދުވަހަކު އެއްގަޑިއަކަށް ފަޔާގެ ގެޔަށް ނަޝީދު ގެންގޮސް ސިހުރުގެ ކާއެއްޗެހި ދެނީ” ކަމަށް ތުހުމަތު ކޮށްފި

‘ފަޔާގެ ގެޔަށް ނަޝީދު ގެންގޮސް ސިހުރުގެ ކާއެއްޗެހި” ދޭކަމަށް ތުހުމަތު ކޮށްފި

4 ދުވަސް ކުރިން - 18:46

ހިޔާލުތަފާތުވުން ބޮޑުވެ، 5 މަސް ނުވަނީސް "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

ހިޔާލުތަފާތުވުން ބޮޑުވެ، "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

11 ދުވަސް ކުރިން - 10:23

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

17 ދުވަސް ކުރިން - 13:11

ރިޕޯޓް: ތިލަމާލެ ބްރިޖު – ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

18 ދުވަސް ކުރިން - 18:55

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ދައުލަތުގެ ބަޖެޓު ދަވައިލި

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ބަޖެޓު ދަވައިލި

22 ދުވަސް ކުރިން - 10:56

އެމްޑީޕީގެ ވެރިކަމުގައި މެންބަރުންނަށް ދޭންފެށި އިންޝޫރެންސް އިނާޔަތް ކަނޑާލަން ގޮވާލަނީ!

އެމްޑީޕީގެ ވެރިކަމުގައި މެންބަރުންނަށް ދޭންފެށި އިންޝޫރެންސް އިނާޔަތް ކަނޑާލަން ގޮވާލަނީ!

23 ދުވަސް ކުރިން - 17:30