Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް އަމާޒުކޮށް ޝާހިދު ކެމްޕެއިން ފައްޓަވައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް އަމާޒުކޮށް ޝާހިދު ކެމްޕެއިން ފައްޓަވައިފި

އައިޝަތު ރުވާ ރިފްޢަތު
100 ދުވަސް ކުރިން - 12 އޭޕްރިލް 2026 15:01
ފޭސްބުކްގައި އާންމުކޮށްފައިވާ ޝާހިދުގެ ކެމްޕެއިން ޕޯސްޓަރު---
ފޭސްބުކްގައި އާންމުކޮށްފައިވާ ޝާހިދުގެ ކެމްޕެއިން ޕޯސްޓަރު---
ޚުލާސާ

ޝާހިދު ކެމްޕެއިން ފެއްޓެވިއިރު ފައްޔާޒު އާއި ނަޝީދު ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައި. ސާލިހުވެސް ވާދަކުރާނެކަމަށް ބެލެވޭ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި، އެ ޕާޓީގެ މިހާރުގެ ރައީސް އަބްދުﷲ ޝާހިދު ކެމްޕެއިން ފައްޓަވައިފި އެވެ.

ޝާހިދުގެ ކެމްޕެއިން ހަރަކާތްތައް ފެށިގެން އައީ ފޭސްބުކްގައި "ޝާހިދު ފޯ ޕްރެޒިޑެންޓް" މި ނަމުގައި ހުޅުވާފައިވާ ޕޭޖެއް މެދުވެރިކޮށެވެ. އެ ޕޭޖުން އެންމެ ފުރަތަމަ އާންމުކުރި ޕޯސްޓުގައި ބުނެފައިވަނީ، މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ދަތި އުނދަގޫ ދުވަސްވަރު ރާއްޖެ ބަނޑަށް ނުޖެހި ސަލާމަތްވުމުގެ އެންމެ ބޮޑު ރޯލެއް އަދާކުރެއްވީ ޝާހިދު ކަމަށެވެ. މުޅި ދުނިޔޭގެ ބޯޑަރުތައް ބަންދުވެފައި އޮތްއިރު، ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި ބޭސް ހޯދައި، ރާއްޖެ އިގުތިސާދީ ގޮތުން ހިފަހައްޓަވައިދެއްވީ ޝާހިދު ކުރެއްވި މިންނެތް މަސައްކަތުން ކަމަށް އެ ޕޭޖުގައި ބުނެފައިވެ އެވެ.

އެ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ތަރައްގީ އާ އުސްމިންތަކަކަށް ގެންދިއުމަށް މިއަދު ބޭނުންވަނީ ދުނިޔޭގެ ގައުމުތަކާއި ގާތް ގުޅުމެއް އޮތް، ޝާހިދު ފަދަ ހަރުދަނާ ލީޑަރެއް ކަމަށެވެ.

Advertisement

Advertisement 1

އަބްދުﷲ ޝާހިދަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރެވެ. އަދި އޭނާ ވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް އެއް އަހަރު ދުވަހު ފުރުއްވާފައެވެ. ޝާހިދުގެ ސިޔާސީ ހަޔާތް ފެއްޓެވީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޑީއާރުޕީގެ ތެރެއިންނެވެ. ރައީސް މައުމޫނުގެ ސަރުކާރުގައި ވެސް ފޮރިން މިނިސްޓަރުކަން ކުރެއްވި ޝާހިދު ފަހުން ގުޅިވަޑައިގަތީ އެމްޑީޕީއާއެވެ. އޭނާ ވަނީ 2009 އިން 2014 އަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި 16 ވަނަ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފަ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ޝާހިދު ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވާފައިވާއިރު، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. މީގެ އިތުރުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެސް ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ބެލެވެ އެވެ.

ޝާހިދުގެ ކެމްޕެއިން ފެށިފައިވާއިރު، ކޮވިޑްގެ ދުވަސްވަރު ލިބުނު އެހީތަކާއި ހިންގި ބައެއް މުއާމަލާތްތަކާ ގުޅޭގޮތުން އާންމުންގެ މެދުގައި ސުވާލުތަކެއް ހުރިކަން ފާހަގަކުރެވެއެވެ. އެގޮތުން ކޮވިޑްގައި ލިބުނު އެހީތަކުގެ ތަފްސީލު ސާފުނުވުމާއި، ވެންޓިލޭޓަރުތަކަށް ވީގޮތެއް ނޭނގުމާއި، އެ ދުވަސްވަރު ނެގި ބޮޑެތި ލޯނުތަކުން ގައުމަށް ވީ ފައިދާއެއް ނެތް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

އަބްދުﷲ ޝާހިދުއެމްޑީޕީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

3 ދުވަސް ކުރިން - 05:40

ބުރާސްފަތި ދުވަހު ގައުމުގައި “ހަމަނުޖެހުން” ހިންގަން ނުކުތުމަށް ނަޝީދު އެދިއްޖެ

ބުރާސްފަތި ދުވަހު ގައުމުގައި “ހަމަނުޖެހުން” ހިންގަން ނުކުތުމަށް ނަޝީދު އެދިއްޖެ

35 ދުވަސް ކުރިން - 10:24

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

37 ދުވަސް ކުރިން - 00:49

ޗާގޯސް މިދިޔަ ސަރުކާރުން ދޫކޮށްލީ ވަކީލުންނަށް މިލިއަނުން ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން: ރައީސް

"ޗާގޯސް މިދިޔަ ސަރުކާރުން ދޫކޮށްލީ ވަކީލުންނަށް މިލިއަނުން ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން"

37 ދުވަސް ކުރިން - 00:13

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

45 ދުވަސް ކުރިން - 19:55

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

45 ދުވަސް ކުރިން - 10:25