Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިހާބު: %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިހާބު: %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

އައިޝަތު ރުވާ ރިފްޢަތު
63 ދުވަސް ކުރިން - 13 ޖޫން 2026 14:19
ދ. މީދޫގައި ވޯޓުލުން ކުރިއަށްދަނީ---
ދ. މީދޫގައި ވޯޓުލުން ކުރިއަށްދަނީ---
ޚުލާސާ

މިހާތަނަށް ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 338 އަންހެނުންނާއި 438 ފިރިހެނުން. ވޯޓުލުމުގެ ހައްގު ޖުމްލަ 1,049 މީހަކަށް ލިބިގެންވޭ. އެއީ 483 އަންހެނުންނާއި 566 ފިރިހެނުން. މި އިންތިހާބު ބާއްވަން ޖެހުނީ ހައިކޯޓުން ނިންމި ނިންމުމަކާ ގުޅިގެން ވޯޓު އެއްވަރުވެގެން.

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށްޓަކައި މިއަދު ބާއްވަމުންދާ އިންތިހާބުގައި މެންދުރުފަހު 2:00 އާ ހަމައަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 73 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު މެންދުރުފަހު 14:00 އާ ހަމައަށް ޖުމްލަ 772 މީހަކު ވަނީ ވޯޓުލާފައެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ 73.59 އިންސައްތައެވެ. މީގެ ތެރޭގައި ހިމެނެނީ 338 އަންހެނުންނާއި 438 ފިރިހެނުންނެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 1,049 މީހަކަށް ލިބިގެންވެއެވެ. އެއީ 483 އަންހެނުންނާއި 566 ފިރިހެނުންނެވެ. ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ޖުމްލަ ތިން ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ މީދޫގައި ބަހައްޓާފައިވާ ދެ ފޮއްޓާއި، މާލޭގައި ދިރިއުޅޭ މީދޫގެ ރައްޔިތުންނަށް ހާއްސަކޮށްގެން ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ ފޮއްޓެކެވެ.

Advertisement

Advertisement 1

މިއަދު ހެނދުނު 8:00 ގައި ވޯޓުލުން ފަށާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލުން މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ. މި އިންތިހާބުގައި ވާދަކުރައްވަނީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ސުހާ އިބްރާހީމާއި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ފަރާތުން މުހައްމަދު ޝާހިދެވެ.

މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް އަލުން އިންތިހާބެއް ބާއްވަން ޖެހުނީ، މިދިޔަ އޭޕްރީލް މަހު ބޭއްވި އިންތިހާބުގައި ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވުމާ ގުޅިގެން ހައިކޯޓުން ކުރި ހުކުމަކަށް ރިއާޔަތްކޮށްފައެވެ. ފުރަތަމަ އިއުލާންކުރި ވަގުތީ ނަތީޖާގައި ސުހާއަށް 393 ވޯޓު އަދި ޝާހިދަށް 392 ވޯޓު ލިބުނު ކަމަށް ދެއްކި ނަމަވެސް، ވޯޓު އަލުން ގުނުމުގެ ތެރޭގައި ސުހާގެ ދެ ވޯޓެއް ބާތިލުކުރުމުން ދެ ކެންޑިޑޭޓުން އެއްވަރުވިއެވެ.

މި މައްސަލަ ހައިކޯޓަށް ހުށަހެޅުމުން، ކޯޓުން ނިންމީ ބާތިލުކުރި ވޯޓުތަކުގެ ތެރެއިން އެއް ވޯޓަކީ ސައްހަ ވޯޓެއް ކަމަށެވެ. އެ ނިންމުމާއެކު ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު 392 އިން އެއްވަރުވެ، އިންތިހާބުގެ ނަތީޖާ އެއްވަރުވީއެވެ. މިއަދު ބާއްވާ މި އިންތިހާބަކީ އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބާއްވާ އިންތިހާބެކެވެ.

ދ. މީދޫއިލެކްޝަންސް ކޮމިޝަން (އީސީ)ޕީއެންސީއެމްޑީއޭ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

"ކާޕެޓު ވަގު" ނަމުން މަޝްހޫރު ޝާހިދު ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް އިއުލާނުކޮށް އެމްޑީޕީ ތެރޭގައި އުފެދިފައިވާ ހުޅުގަނޑު އިތުރަށް ރޯކޮށްލައިފި

ކާޕެޓު ވަގު" ނަމުން މަޝްހޫރު ޝާހިދު އެމްޑީޕީގެ ޕްރައިމަރީއަށް ވާދަކުރައްވާނެކަމަށް އިއުލާނުކޮށްފި

12 ގަޑިއިރު ކުރިން - 02:16

ލައްކަ ވަރެއް ކާލީމަތާ އެމްޑީޕީން ހިސާބުތައް ފޮރުވަން އުޅުނީ: ޝުޖާ

ލައްކަ ވަރެއް ކާލީމަތާ އެމްޑީޕީން ހިސާބުތައް ފޮރުވަން އުޅުނީ: ޝުޖާ

9 ދުވަސް ކުރިން - 13:30

ކުރީގެ ސަރުކާރުތަކުން އަމަލުކުރި ގޮތް ފެންނަން އެބައޮތް، ދައްކަނީ އޮށްޓަރެއް ހުރި ވާހަކަތަކެއް ނޫން: ރައީސް

"ބައެއް ފަރާތްތަކުން ގައުމު އިސްނުކޮށް ގައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް އެބަކުރޭ"

9 ދުވަސް ކުރިން - 08:44

2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ހުރިހާ ވައުދެއް ފުއްދައި ނިންމަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

2028 ގައި ހުރިހާ ވައުދެއް ފުއްދައި ނިންމަވާނަން: ރައީސް

9 ދުވަސް ކުރިން - 08:35

ޕީއެންސީގެ ލީޑަޝިޕުން ސައުދާއަށް ފުރުޞަތެއް؛ ނައިބު ރައީސްކަމަށް ވާދަކުރައްވަނީ!

ޕީއެންސީގެ ލީޑަޝިޕުން ސައުދާއަށް ފުރުޞަތެއް؛ ނައިބު ރައީސްކަމަށް ވާދަކުރައްވަނީ!

13 ދުވަސް ކުރިން - 22:36

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

24 ދުވަސް ކުރިން - 12:49