Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ރަސްމާލޭގައި ޖުވާ ނުކުޅެވޭނެ، އެހެން ދީންތަކުގެ ޝިއާރު ބޭނުން ނުކުރެވޭނެ: ރައީސް

އައިޝަތު ރުވާ ރިފްޢަތު
11 ގަޑިއިރު ކުރިން - 9 ނޮވެންބަރު 2026 11:15
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް

ޚުލާސާ

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ޤާނޫނުތަކާއި ސިޔާދަތަށް އަދި ދައުލަތުގެ ޒިންމާތަކަށް ހުރަސްއެޅޭ އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު މާސްޓަރ ޑިވެލޮޕަރަށްވެސް ނޯންނާނެ ކަމަށް. އަދި ޤާނޫނުތަކާ ޚިލާފުވާ ފަރާތްތަކާމެދު އިދާރީ ފިޔަވަޅުގެ އިތުރުން ޖިނާއީ އަދަބު ވެސް ކަނޑައެޅޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި.

ރަސްމާލެ މަޝްރޫޢުގެ ދަށުން އެއްވެސް ފަރާތަކަށް އިސްލާމީ ޝަރީޢަތާ ޚިލާފު ކަންކަން ކުރުމުގެ ފުރުޞަތު ނޯންނާނެ ކަމަށާއި، އެ ސަރަޙައްދުގައި ޖުވާ ކުޅުމާއި އެހެން ދީންތަކުގެ ޝިޢާރު ފާޅުކުރުން ފަދަ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޤާނޫނުތަކަށް ރިޢާޔަތް ކުރައްވައި ރައީސް ވިދާޅުވީ، ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ހުރަސްއެޅޭ އެއްވެސް ކަމެއް މާސްޓަރ ޑިވެލޮޕަރަށް ނުކުރެވޭނެ ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު ދީގެން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން، ރާއްޖޭގެ ސިޔާދަތާއި އިސްތިޤްލާލަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ ކަމަށާއި، އެއްވެސް ފަރާތަކަށް އެފަދަ ފުރުޞަތެއް ދީގެން ނުވާނެ ކަމަށް ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު، ދަޢުލަތުގެ ޤާނޫނީ ޒިންމާތަކަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމަކަށް ޖާގަ ނުދެވޭނެ ކަންވެސް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement 1

މީގެއިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން މަނާކޮށްފައިވާ ޖުވާ ކުޅުމާއި، އިސްލާމްދީން ފިޔަވައި އެހެން ދީންތަކަށް އަޅުކަންކުރުމާއި ދީނީ ޝިޢާރު ފާޅުކުރުން ފަދަ އެއްވެސް ކަމެއް ކުރުމަކީ ޤާނޫނީ ގޮތުން މަނާކަމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ޤާނޫނުތަކުގައި މިފަދަ ވަރަށް ގިނަ ކަންކަން ސާފުކޮށް ބަޔާންކޮށްފައި އެބަހުރި ކަމަށެވެ. އަދި މިއިން އެއްވެސް ޤާނޫނަކަށް ނުވަތަ އުޞޫލަކަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، އިދާރީ ގޮތުން އަޅާ ފިޔަވަޅުތަކުގެ އިތުރުން ޖިނާއީ އަދަބުވެސް ދެވޭނެ ކަމުގެ އިންޒާރު އެމަނިކުފާނު ދެއްވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރަސްމާލެޖުވާކުޅުން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ވައިކަރަދޫ ޒުވާނުންނަށް ތަރައްގީކުރާ ސްކޭޓްޕާކުގެ އަމަލީ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދަނީ

4 ގަޑިއިރު ކުރިން - 18:41

ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ "ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން" އުފައްދަވައިފި

5 ގަޑިއިރު ކުރިން - 17:16

އިދިކޮޅުގެ ދޮގު ޕްރޮޕެގެންޑާ ފެއިލްވެ، ރަސްމާލޭގެ ހަގީގަތް ހާމަވެއްޖެ!

8 ގަޑިއިރު ކުރިން - 13:46

"ރަސްމާލެ އެގްރީމަންޓު ސޮއިކުރާނީ ބިލު ގާނޫނަކަށް ވުމަށްފަހު، އެގްރީމަންޓް މަޖިލީހަށް ފޮނުވާނެ"

10 ގަޑިއިރު ކުރިން - 12:08

"ޝާހިދު ހައްޔަރުކުރީ ސިޔާސީ ގޮތުން ނޫން، ރާއްޖޭގައި ހިނގާނީ ގާނޫނީ ވެރިކަން"

10 ގަޑިއިރު ކުރިން - 11:54

ރަސްމާލެ މަޝްރޫއާ ގުޅިގެން ރިފަރަންޑަމްއަކަށް ނުދާނެ: ރައީސް

11 ގަޑިއިރު ކުރިން - 11:40