ހދ. ވައިކަރަދޫގައި ތަރައްގީކުރަމުން އަންނަ ސްކޭޓްޕާކުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، މިހާރު ކުރިއަށްދަނީ ޝަޓަރިންގއާއި، ދަގަނޑު ކަނޑައި ބެންޑްކުރުމުގެ އިތުރުން ކޮންކްރީޓް މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ހާމަކޮށްފިއެވެ.

ވައިކަރަދޫގެ ޒުވާނުންނަށް ކުޅިވަރުގެ ފުރުސަތުތައް ފުޅާކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ މި ސްކޭޓްޕާކް މަޝްރޫއަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު 2025 ވަނަ އަހަރުގެ އޮގަސްޓު މަހު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު އިއުލާންކުރެއްވި މަޝްރޫއެކެވެ. އެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ސްކޭޓްޕާކް އެޅުމުގެ އިތުރުން ރަށުގެ ފުޓުބޯޅަ ދަނޑު ނިންމުމާއި، ހޭންޑްބޯޅަ ކޯޓު ތަރައްގީކުރުމާއި، އައުޓްޑޯ ޖިމް ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މި މަޝްރޫއަކީ ސްޕޯޓްސް މިނިސްޓްރީގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.