Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ބޭ އޮފް ބެންގޯލްގައި އުފެދޭ ތޫފާނަކާ ގުޅިގެން މޫސުން ގޯސްވާނެތީ ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފި

އައިޝަތު އިމްސާ
އައިޝަތު އިމްސާ
10 ގަޑިއިރު ކުރިން - 15 ނޮވެންބަރު 2026 18:03
ވިއްސާރަ މޫސުމުގައި ފެރީ ދަތުރުކުރަނީ. / ފޮޓޯ: ޚުލާސާ
ވިއްސާރަ މޫސުމުގައި ފެރީ ދަތުރުކުރަނީ. / ފޮޓޯ: ޚުލާސާ
ޚުލާސާ

ބޭ އޮފް ބެންގޯލުގައި އުފެދޭނެކަމަށް ބެލެވޭ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވެނީ، އުތުރާއި މެދު ރާއްޖެތެރެއަށް. މިދުވަސްވަރު މޫސުން އިތުރަށް ގޯސްވަމުން ދަނީ އެލްނީނޯގެ ބާރު ގަދަވުމުގެ ސަބަބުން. އަދި އެލްނީނޯ އެންމެ ބާރުގަދަވާނީ ޑިސެމްބަރު މަހުގެ ތެރޭގައި.

ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ކޮޅިގަނޑެއް ހޯމަ ދުވަހުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އެހެންކަމުން ރާއްޖޭގެ މޫސުން ގޯސްވާނެތީ މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ. 

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މޫސުމާ ބެހޭ ގައުމީ އިދާރާގެ މީޓިއޮރޮލޮޖިސްޓް ތަހުމީނާ އަބްދުލްކަރީމް ވިދާޅުވީ، މި ތޫފާނުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވުން އެކަށީގެންވާ ކަމަށެވެ.

ބޭ އޮފް ބެންގޯލުގައި އުފެދޭނެކަމަށް ބެލެވޭ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވެނީ، އުތުރާއި މެދު ރާއްޖެތެރެއަށްކަމަށް އެ އިދާރާއިން ހާމަކުރިއެވެ. މިދުވަސްވަރު މޫސުން އިތުރަށް ގޯސްވަމުން ދަނީ އެލްނީނޯގެ ބާރު ގަދަވުމުގެ ސަބަބުން ކަމަށާއި، އެލްނީނޯ އެންމެ ބާރުގަދަވާނީ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށް މެޓް އޮފީހުން ލަފާކުރިއެވެ.

Advertisement

Advertisement 1

ރާއްޖޭގެ އުތުރުގެ ރަށްރަށަށް މިއަދު ކުރި ވިއްސާރައިގައި ބައެއް ރަށްރަށުގައި ވަނީ ފެންބޮޑުވެފައެވެ. އޭގެތެރޭގައި ޅ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްތައް ހިމެނޭކަން ކަމާބެހޭ އިދާރާތަކުން ފާހަގަކުރެއްވިއެވެ. މި ވިއްސާރައިގައި ބައެއް ރަށްރަށުގެ ގެތަކަށް ފެންވަދެ، އެކިވަރުގެ ގެއްލުންތައް ލިބިފަވާކަމުގައި އެ އިދާރާއިން ހާމަކުރިއެވެ.

މެޓް އޮފީހުން، އާދިއްތަ ދުވަހުގެ މެންދުރު 14:00 އިން ފެށިގެން 18:00 އާ ހަމައަށް ށ. އަތޮޅުން ފެށިގެން އދ. އާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ރީނދޫ ސަމާލު ނެރެފަވެއެވެ. މެޓް އޮފީހުން ވިދާޅުވީ، ކުރިޔަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

ކަނޑުތަކުގެ ހާލަތަށް ބަލާއިރު، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުގައި ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ. އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރިއެވެ.

ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ، ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާކަމެއްދީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކުރައްވައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)މޫސުންތޫފާންއެލް ނީޏޯ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

އާރްޑީސީގެ ޕަންޕުތައް ހަލާކުވެ، ހިންނަވަރުން ފެންހިއްކުމަށް އެމް.އެން.ޑީ.އެފްގެ އެހީތެރިކަން ހޯދަނީ

އާރްޑީސީގެ ޕަންޕުތައް ހަލާކުވެ، ހިންނަވަރުން ފެންހިއްކުމަށް އެމް.އެން.ޑީ.އެފްގެ އެހީތެރިކަން ހޯދަނީ

12 ގަޑިއިރު ކުރިން - 16:17

ށ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ހުދު ސަމާލު ނެރެފި

ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ހުޅުމާލެއަށް

ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ހުޅުމާލެއަށް

19 ގަޑިއިރު ކުރިން - 09:05

މިއަދު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ؛ އަލިވާން ފަށާނީ މާދަމާއިން ފެށިގެން

މިއަދު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ؛ އަލިވާން ފަށާނީ މާދަމާއިން ފެށިގެން

3 ދުވަސް ކުރިން - 12:11

ޗުއްޓީއާ ދިމާކޮށް މޫސުން ގޯސްވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި

ޗުއްޓީއާ ދިމާކޮށް މޫސުން ގޯސްވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި

4 ދުވަސް ކުރިން - 16:19

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

6 ދުވަސް ކުރިން - 14:43