ދިވެހިރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލައިޑް އިންޝުއަރެންސުން، 2026 ވަނަ އަހަރުގެ ދެވަނަ އައިފޯން ގިވްއަވޭ ކަމުގައިވާ "އެލައިޑް އައިފޯން ޑްރޮޕް 2" ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް އެންމެ ފަހުގެ އައިފޯން 18 ޕްރޯ މެކްސް ފޯނެއް ލިބިގެންދާނެއެވެ.
އެލައިޑްގެ ރަސްމީ އިންސްޓަގްރާމް ޕޭޖް މެދުވެރިކޮށް ކުރިއަށްގެންދާ މި ކެމްޕޭން 2026 ޑިސެންބަރު 31 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މި ޕްރޮމޯޝަނަކީ މިއަހަރުގެ ކުރީކޮޅު ކުރިއަށްގެންދިޔަ "އެލައިޑް އައިފޯން ޑްރޮޕް" ގެ ފުރަތަމަ ބުރަށް އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުޙީބަށް ބެލުމަށްފަހު ފެށި ހަރަކާތެކެވެ. މިއީ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް، ކަސްޓަމަރުންނާއި މުޖުތަމަޢާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގްސަދުގައި އެލައިޑުން ކުރިއަށްގެންދާ ޚާއްޞަ ހަރަކާތެކެވެ.
ދިވެހި ރައްޔިތުންނަށާއި ރާއްޖޭގައި ދިރިއުޅޭ އެންމެހައި ފަރާތްތަކަށް ހުޅުވާލެވިފައިވާ މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ޝަރުޠުތަކަކީ:
- އެލައިޑްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް (@allied.mv) ފޮލޯކުރުން.
- ގިވްއަވޭ ޕޯސްޓަށް ލައިކް ދިނުމަށްފަހު، ކޮމެންޓް ސެކްޝަނުގައި 3 ރައްޓެހިން ޓެގްކުރުން (ކޮންމެ ފަހަރަކު ތަފާތު 3 ރައްޓެހިން ޓެގްކޮށްގެން އިތުރު ކޮމެންޓް ކުރުމުގެ ފުރުޞަތު އޮންނާނެއެވެ).
- އިތުރު ފުރުސަތެއް (ބޯނަސް އެންޓްރީ) ހޯދުމަށްޓަކައި، މި ޕޯސްޓް އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށް @allied.mv@ ޓެގްކުރުން.
މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ އެންމެ ފަހު ވަގުތަކީ 2026 ޑިސެންބަރު 31 ވާ ބުރާސްފަތި ދުވަހުގެ ރޭ 23:59 އެވެ. އަދި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވުން އޮންނާނީ 2027 ޖަނަވަރީ 14 ގައި allied.mv@ އިންސްޓަގްރާމް ޕޭޖުން ވަގުތުން ދައްކާ (ލައިވް) ގުރުއަތުލުމެއްގައެވެ.




