ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުވައްޒަފުންނަށް، މިއަހަރުގެ އަހަރީ ބޯނަސް ދިނުމަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި މިއަދު ފާސްކޮށްފިއެވެ.

އެމްޑީޕީގެ ވެރިކަމުގައި ދެ އަހަރުގެ މެދުކެނޑުމެއް އައި ނަމަވެސް، ވޭތުވެދިޔަ ހަތަރު އަހަރު ވެސް އެ ކުންފުނިން ވަނީ ކޮންމެ މުވައްޒަފަކަށް -/25،000 ރުފިޔާގެ މަގުން އަހަރީ ބޯނަސް ދޫކޮށްފައެވެ.

ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ހޯދައިދޭ އެއް ކުންފުނި ކަމަށްވާ އެމްއޭސީއެލް އިން މިއަހަރު ބޯނަސް ދޭނެ ވަކި އަދަދަކާއި އުސޫލު އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަހަރު ބޯނަސް ދޫކުރުމުގައި ބަލާނީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރަށާއި އަދި ކުންފުންޏަށް ޚިދުމަތްކުރި މުއްދަތަށެވެ.