Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ވޯޓުލާން މީހުން ނުނިކުތުމުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވަގުތު މިރޭ 9:00 އަށް އިތުރުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
12 ގަޑިއިރު ކުރިން - 27 ނޮވެންބަރު 2026 19:28
އެމްޑީޕީ ކުރީގެ ޗެއާޕާސަން ފައްޔާޒް ވޯޓުލައްވަނީ. / ފޮޓޯ: ސޯޝަލް މީޑިއާ
އެމްޑީޕީ ކުރީގެ ޗެއާޕާސަން ފައްޔާޒް ވޯޓުލައްވަނީ. / ފޮޓޯ: ސޯޝަލް މީޑިއާ
ޚުލާސާ

އެ ޕާޓީން ސީދާ ސަބަބެއް ހާމަނުކުރި ނަމަވެސް، ވޯޓުލާން ނުކުތް މީހުން މަދުވުމަކީ ވަގުތު އިތުރުކުރި މައިގަނޑު ސަބަބު ކަމަށް ބައެއް މެންބަރުން ބުނޭ. ޕާޓީގެ އެތެރޭގެ ހިޔާލުތަފާތުވުންތަކާއި، ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން ވަނީ ބޮޑުވެފަ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތި އިންތިހާބުގެ ވޯޓުލުމުގެ ވަގުތު މިރޭ 9:00 އާ ހަމައަށް އިތުރުކޮށްފިއެވެ.

އެ ޕާޓީން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިހާރު ކުރިއަށްދާ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިރޭގެ 9:00 އާ ހަމައަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް، ވޯޓުލާ ވަގުތު އިތުރުކުރި ސީދާ ސަބަބެއް އެ ޕާޓީން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މި ނޫހާ ވާހަކަދެއްކި އެމްޑީޕީގެ ބައެއް މެންބަރުން ބުނެފައިވަނީ، ހަވީރުގެ ވަގުތާ ހަމައަށްވެސް ބައެއް ވޯޓު ފޮށިތަކަށް ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ޕާޓީގެ އެތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން އާންމު މެންބަރުންގެ ބައިވެރިވުމަށް އަސަރުކޮށްފައިވާ ކަމަށްވެސް އެ ފަރާތްތަކުން ފާހަގަކުރެއެވެ.

Advertisement

Advertisement 1

ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ބައެއް އިސް ބޭފުޅުން ޝައުގުވެރިކަން ފާޅުކުރައްވައި ކެމްޕެއިން ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައި، އެތެރޭގެ ސިޔާސީ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. އެގޮތުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި، އެ ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ޝަމްހީދު ހިމެނެއެވެ. މީގެ ތެރެއިން ޝާހިދު މިވަގުތު އޮތީ ކުޑަކުއްޖަކާ ބެހުނު މައްސަލައެއްގައި ކުޑަ ގޮޅީގައެވެ.

މީގެ އިތުރުން، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީން ހިންގާ ހަރަކާތްތަކާ ގުޅޭގޮތުން ސިޔާސީ މައިދާނުގައި ތަފާތު ހިޔާލުތައް ފާޅުވަމުންދެއެވެ. ނިމިދިޔަ އެ ޕާޓީގެ ވެރިކަމުގެ ސިޔާސަތުތަކާއި އިގްތިސާދީ ނިންމުންތަކާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، މި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކާ ދެކޮޅަށް އެ ޕާޓީން ބާއްވާ ހަރަކާތްތަކުގައި އާންމުންގެ ތާއީދު އޮތީ ވަރަށް ދަށްކޮށެވެ.

އެމްޑީޕީއިންތިހާބު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ރަސްމާލެއާ ދެކޮޅަށް ބޭއްވި އެއްވުމުގައި ބައިވެރިވީ ފަންސާހަކަށް މީހުން

ރަސްމާލެއާ ދެކޮޅަށް ބޭއްވި އެއްވުމުގައި ބައިވެރިވީ ފަންސާހަކަށް މީހުން

1 ދުވަސް ކުރިން - 22:47

ރަސްމާލެއާ ދެކޮޅަށް 300 ރައްޔިތުން ވެސް ނުނިކުތް

ރަސްމާލެއާ ދެކޮޅަށް 300 ރައްޔިތުން ވެސް ނުނިކުތް

14 ދުވަސް ކުރިން - 22:17

"މިރޭގެ އެއްވުމުގެ މައުލޫމާތު ހިއްސާއެއް ނުކުރޭ؛ ގާނޫނާ ހިލާފުވާނަމަ ފިޔަވަޅު އަޅާނަން"

"މިރޭގެ އެއްވުމުގެ މައުލޫމާތު ހިއްސާއެއް ނުކުރޭ؛ ގާނޫނާ ހިލާފުވާނަމަ ފިޔަވަޅު އަޅާނަން"

14 ދުވަސް ކުރިން - 13:47

މިއީ ސިޔާސީ ގޮތުން ކުންފުނީގެ ވެރިން ހިންގި ޖަރީމާއެއް: ޝަމްހީދު

މިއީ ސިޔާސީ ގޮތުން ކުންފުނީގެ ވެރިން ހިންގި ޖަރީމާއެއް: ޝަމްހީދު

16 ދުވަސް ކުރިން - 01:53

"އިދިކޮޅުގައި މިއަދުވެސް އޮތީ ނޮވެމްބަރު 3 ގެ ލޭއޮހޮރުވުން"

"އިދިކޮޅުގައި މިއަދުވެސް އޮތީ ނޮވެމްބަރު 3 ގެ ލޭއޮހޮރުވުން"

24 ދުވަސް ކުރިން - 10:34

އިސްރާއީލުގެ އިންތިޚާބު: ސަރުކާރު އެކުލަވައިލެވޭނީ ކޮން އިރަކުން؟ އިސްކޮށް ހުންނާނީ ކާކު؟

އިސްރާއީލުގެ އިންތިޚާބު: ސަރުކާރު އެކުލަވައިލެވޭނީ ކޮން އިރަކުން؟ އިސްކޮށް ހުންނާނީ ކާކު؟

26 ދުވަސް ކުރިން - 06:00