މިތަކެތި އަތުލައިގަނެފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު ކޫރިއަރ މެދުވެރިކޮށް ރާއްޖެ ގެނައި ޕެކޭޖެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކު ކުރެވިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެ ޕެކޭޖު ބަލައި ފާސްކުރުމުގެ ތެރެއިން. ޕެކޭޖުގަ ވަނީ ޕާޓީ ޑްރަގްސްގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން.
8 ދުވަސް ކުރިން - 12:27
ޓާމިނަލް 2 އަށް ބަދަލުވާ އެއާލައިންތަކުގެ ތެރޭގައި ނިއޯސް، އޭރޯފްލޮޓް، ޔޫއެސް-ބަންގަލާ، ސެންޓްރަމް އެއަރ، އަޒުރް އެއަރ، އެސް ސެވަން، ޝިރަކް އަވިއާ، ކުވައިތު އެއަރވޭސް، ގުލިވް އެއަރ އަދި ފްރެންޗް ބީ ހިމެނޭ.
26 ދުވަސް ކުރިން - 22:47
މި ދެ އެވޯޑަށް ވީ.އައި.އޭ ނޮމިނޭޓްވީ، ސަރަހައްދީ އެވޯޑްސްގައި "އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް 2026" ހާސިލްކޮށްފައިވާތީ. އެމް.އޭ.ސީ.އެލްއިން ވަނީ ދެ ކެޓަގަރީއިންވެސް ވީ.އައި.އޭއަށް ވޯޓުދިނުމަށް އެދިފައެވެ. އެވޯޑްތައް ހާމަކުރާނީ މި އަހަރުގެ ފަހުކޮޅުގަ.
35 ދުވަސް ކުރިން - 09:22
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށް ބަންދުކޮށްފައި ނުވާ ކަމަށް. އަދި މި ހާދިސާ ހިނގައިދިޔަ ގޮތް ބެލުމަށްޓަކައި މައްސަލައިގެ ތަހުގީގު ފުލުހުން މިހާރު ދަނީ ކުރިއަށް ގެންދަމުން.
45 ދުވަސް ކުރިން - 19:06
ހުވަނދުމާ ލައުންޖާއި ބޭރުގެ ސަރަހައްދު ބޮޑުކޮށް، ވީއައިޕީ ބޯޑިންގ ގޭޓާއި، ކުޑަކުދިންގެ ކޯނަރަކާއި އަދި ތިމާވެއްޓާ ރައްޓެހި ރީސައިކަލިންގ ނިޒާމެއް ވަނީ ގާއިމުކޮށްފަ. މިހާތަނަށް 1.2 މިލިއަނަށްވުރެ ގިނަ ފަސިންޖަރުން މި ޓަރމިނަލް މެދުވެރިކޮށް ދަތުރުކޮށްފައިވާއިރު، މިއީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް.
47 ދުވަސް ކުރިން - 18:57
މިއީ ސަރަޙައްދުގެ އެހެން އެއާޕޯޓުތަކާ ވާދަކޮށް ވީއައިއޭ އިން މި ޝަރަފުވެރި އެވޯޑު ހޯދި 13 ވަނަ ފަހަރު. މިއީ އެއާޕޯޓުގެ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ދަތުރުވެރިންނަށް ފުރިހަމަ ހިދުމަތެއް ދިނުމަށް ކުރެވޭ ބުރަ މަސައްކަތުގެ އަގުވަޒަންކުރުން.
49 ދުވަސް ކުރިން - 22:42
މިއަދު ފެށި މި އޮޑިޓްގައި ސަލާމަތާއި، އޮޕަރޭޝަންތަކާއި، އާ ޤަވާޢިދުތަކަށް ތަބާވާ މިންވަރު ބަލާނެ. ބިމުގެ އެއަރޑްރޯމަކާ އެއްތަނެއްގައި ވީއައިއޭ ހުރުމުން، 2025 ވަނަ އަހަރުގެ މޭ މަހުގެ 1 އިން ފެށިގެން އަމަލުކުރާ އާ ގަވާޢިދުތަކުގެ ދަށުން ސެޓްފިކޭޝަން މަޖުބޫރު.
55 ދުވަސް ކުރިން - 21:04
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސެކިއުރިޓީ ޗެކްޕޮއިންޓުގައި ލަގެޖުގައި ބޮމެއް އޮތް ކަމަށް ބުނެ ސަމާސާ ކުރި މިސްރުގެ 38 އަހަރުގެ ފަތުރުވެރިއަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 5 ދުވަސް ދީފި.
57 ދުވަސް ކުރިން - 13:18
މި ޖާގަތަކަށް ކުރިމަތިލެވޭނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) ނުވަތަ ކަސްޓަމްސްގައި ރަޖިސްޓަރީކޮށްފައިވާ ކާގޯ އެއާލައިން، ސޭލްސް އެޖެންޓު، ބްރޯކަރު ނުވަތަ ކުރިއާ އެޖެންޓުންނަށެވެ. ޝައުގުވެރިކަން ފާޅުކުރުމުގެ ސުންގަޑިއަކީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:15.
70 ދުވަސް ކުރިން - 17:15
އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ޗައިނާއާއި ރަޝިއާ. އިންޑިއާ މާކެޓުގައި ރާއްޖެ އިތުރަށް އިޝްތިހާރުކުރުމުގެ ގޮތުން "ވިޒިޓް މޯލްޑިވްސް" އިން ވަނީ 'އައިޓީބީ އިންޑިއާ 2026' ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ފުރުސަތުތައް ދައްކާލާފަ.
73 ދުވަސް ކުރިން - 13:10
މިދިޔަ މަހުގެ 27 އާ ހަމައަށް އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް 2.54 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މާލީ ވުޒާރާއިން ބުނެފި. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.5 އިންސައްތައިގެ އިތުރުވުމެއް.
74 ދުވަސް ކުރިން - 13:57
މީގެ ތެރޭގައި 13,542 ޓަނުގެ އިމްޕޯޓް އަދި 4,915 ޓަނުގެ އެކްސްޕޯޓް ހިމެނޭ. ޓްރާންސްޝިޕްމަންޓް ކާގޯ 26 އިންސައްތައިގެ ކުރިއެރުމަކާއެކު 3,650 ޓަނަށް އަރާފައިވާއިރު، މުދާ އުފުލާ ފްލައިޓްތަކުގެ ދަތުރުތައް 12 އިންސައްތަ ވަނީ އިތުރުވެފަ.
87 ދުވަސް ކުރިން - 08:26
އެމްއޭސީއެލް ހިމަނައިގެން ރާއްޖޭގެ ޑެލިގޭޝަންއެއް ރާޝިއާ އަދި ސެއިންޓް ޕީޓާސްބަރގްއަށް، އޮގަސްޓު މަހުގެ 17 ވަނަ ދުވަހުނ 21 ވަނ ދުވާހާ ހަމައަށް އޮތް ދަތުރުގައި ބައިވެރިވި.
89 ދުވަސް ކުރިން - 10:06