Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޕަބްލިކް ފެރީތަކަށާއި މަސްވެރިންނަށް ކުރީގެ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު އެސްޓީއޯއިން ހަމަޖައްސައިފި

ޕަބްލިކް ފެރީތަކަށާއި މަސްވެރިންނަށް ކުރީގެ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު އެސްޓީއޯއިން ހަމަޖައްސައިފި

މުހައްމަދު ޖަމްޝަތު
165 ދުވަސް ކުރިން - 17 މާޗް 2026 00:36
އެފްއެސްއެމްގެ ތެޔޮ ބައުޒަރެއް. މަސްވެރިންނާއި ފެރީތަކަށް ކުރީގެ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ---ފޮޓޯ: އެފްއެސްއެމް
އެފްއެސްއެމްގެ ތެޔޮ ބައުޒަރެއް. މަސްވެރިންނާއި ފެރީތަކަށް ކުރީގެ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ---ފޮޓޯ: އެފްއެސްއެމް
ޚުލާސާ

'ފަހި ހަކަތަ' ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދެވިފައިވާ އަގުތަކެއްގައި މަސްވެރިންނަށް ތެޔޮ ލިބޭނެ. އަދި އަމިއްލަ ޝެޑްތައް ހިންގާ ފަރާތްތަކަށްވެސް ކުރީގެ އަގުތަކުގައި ތެޔޮ ލިބޭނެ

އާންމު ދަތުރުފަތުރާއި ޕަބްލިކް ފެރީގެ ހިދުމަތް ދޭ ފަރާތްތަކަށް ކުރިންވެސް ކަނޑައެޅިފައިވާ ހާއްސަ އަގުތަކުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހަމަޖައްސައިދީފިއެވެ.

މިއީ އާންމު ރައްޔިތުންނަށް މާލީ ގޮތުން އިތުރު ތަކުލީފެއް ކުރިމަތިނުވާނޭހެން ޕެޓްރޯލާއި ޑީސަލް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. 

އިރާނާ ދެކޮޅަށް އެމެރިކާ އަދި އިޒްރޭލު އިސްކޮށް އޮވެގެން ކުރަން ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އައި ބަދަލާ ގުޅިގެން ރާއްޖޭގައިވެސް ތެލުގެ އަގުތައް ވަނީ އުފުލިފަ އެވެ. މިބަދަލާއެކު އަތޮޅުތަކަށް ދަތުރުކުރާ ލޯންޗުފެރީތަކުގެ އަގުތައްވެސް އިންތިހާއަށް ވަނީ އުފުލިފަ އެވެ.

Advertisement

Advertisement 1

ނަަމަވެސް ސަރުކާރުން މަސްވެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ 'ފަހި ހަކަތަ' ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދެވިފައިވާ އަގުތަކެއްގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ކުރިއެކޭވެސް އެއްގޮތަށް ދެމިއޮންނާނެ ކަމަށް އެސްޓީއޯއިން ވަނީ ކަށަވަރުކޮށްދީފައެވެ. މި ނިންމުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެދާނެ މާލީ ގޮންޖެހުންތަކުން ސަލާމަތްވުމަށް މަގުފަހިވެގެންދާނެއެވެ.

މާލެ ސަރަހައްދުގެ އަގުތަކަށް ބަލާއިރު، އެފްއެސްއެމްގެ ފިއުލް ޝެޑްތަކުން ތެޔޮ ވިއްކާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. މީގެ އިތުރުން، އަތޮޅުތެރޭގައި އެސްޓީއޯއިން ތެޔޮ ގަނެގެން ޝެޑްތައް ހިންގާ ފަރާތްތަކަށްވެސް ކުރީގެ އަގުތަކުގައި ތެޔޮ ލިބޭނެ ގޮތް މިހާރު ހަމަޖައްސާފައިވާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން މިފަދަ ނިންމުމެއް ނިންމާފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖޭގެ ދަތުރުފަތުރާއި ކާބޯތަކެތީގެ އަގުތައް އުފުލުނު ނުދިނުމަށެވެ. މި އިންތިޒާމުތަކުގެ ސަބަބުން އާންމު ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

އެސްޓީއޯ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރާއްޖެއިން ބިސް ހުސްވެ ކޮންޓްރޯލް ކުރާކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް، ދަތިކަމެއް ނެތި ބިސް ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފި

ދަތިކަމެއް ނެތި ބިސް ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފި

2 ދުވަސް ކުރިން - 14:05

އެސްޓީއޯ ހެލްތް ކެއަރ އިން ޕޯޓަބަލް ސްކޭން މޮޑަލްތަކެއް ތައާރަފް ކޮށްފި

އެސްޓީއޯ ހެލްތ ކެއަރއިން ސްކޭން މޮޑެލްތަކެއް ތައާރަފް ކޮށްފި

9 ދުވަސް ކުރިން - 12:23

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީ އާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީއާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

12 ދުވަސް ކުރިން - 21:15

ބޯޓުފަހަރުގެ ޗާޓަރު އަގު އިންތިހާއަށް އުފުލުނަސް، ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ހުރަހެއް ނެތް! އަގުވެސް ހެޔޮ!

ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ހުރަހެއް ނެތް! އަގުވެސް ހެޔޮ!

18 ދުވަސް ކުރިން - 10:46

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

78 ދުވަސް ކުރިން - 13:57

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި: މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ފައިދާ 276 މިލިއަނަށް

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި

104 ދުވަސް ކުރިން - 15:22