ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން މއ. މާންދޫގޭދެކުނު، އަލްއުސްތާޒް ދާނިޝް މުޙައްމަދު އަމީން އިސްތިއުފާ ދެއްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުކަމުން ވަކިވެވަޑައިގަތުމަށް އެދި ދާނިޝް މުހައްމަދު އަމީން ވަނީ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައެވެ.
އޭނާ ހުށަހެޅުއްވި އިސްތިއުފާގެ ސިޓީއާ ގުޅިގެން، ޕީސީބީން ވަނީ އެ އިސްތިއުފާ ގަބޫލުކޮށް، މިއަދުން ފެށިގެން އޭނާ އެ މަގަމުން ވަކިކޮށްފައެވެ.
ދާނިޝް މުހައްމަދު އަމީން އެސްޓީއޯގެ ބޯޑުން އިސްތިއުފާ ދެއްވި ވަކި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.









