"ޖިއޯ ހެލްތު ކެއަރ" ގެ ނަމުން ދުނިޔެއަށް އަލްޓްރާ ސައުންޑް ސްކޭން މެޝިން އުފެއްދުމުގައި މަޝްހޫރު ވެފައިވާ ބްރޭންޑުން، އަލަށް ބާޒާރަށް ނެރެފައިވާ ޕޯޓަބަލް އަލްޓްރާސައުންޑްގެ މޮޑެލް، "ވީ ސްކޭން" މޮޑެލްތައް އެސްޓީއޯއިން ރާއްޖެއަށް ތައާރަފްކޮށްފިއެވެ.
މި ޑިވައިސް ތައާރަފް ކުރީ ރޭ ހޮޓަލް ޖެންގައި ބޭއްވި ހަފްލާގައި، އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ، ޝިމާދު އިބްރާހިމާއި، ޖީއީ ހެލްތު ކެއަރގެ ދެކުނު އޭޝިއާގެ ސޭލްސް ހެޑް ޖަގްދިޝް ބާބޫއެވެ.
ކްލިނިކްތަކުގެ ކޮންސަލްޓޭޝަން ކޮޓަރީގެ ބޭރުން ބަލިމީހާއަށް ވީހާވެސް ކައިރިން ހިދުމަތްދިނުމުގައި މި ޑިވައިސްއިން ބޮޑު ދައުރެއް އަދާކުރާކަމުގައި އެސްޓީއޯއިން ބުނެފަވެއެވެ. އަދި މިއީ ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި އާބާދީ ކުޑަ ރަށްތަކަށްވެސް މި ހިދުމަތް ފުޅާކުރުމަށް ލިބުނު ބޮޑު ފުރުސަތެއް ކަމުގައިވެސް އެސްޓީއޯގެ ހެލްތު ކެއަރ ޓީމުން ފާހަގަކުރެއްވިއެވެ.
މި މޮޑަލްތަކުން، އައިއޯއެސްއާއި އެންޑުރޮއިޑް ފޯނާއި ލެޕްޓޮޕަށް ގުޅާލެވި، ސްކޭން ކުރާ އިމޭޖުތައް ޑީކޮމް ސްޓޭންޑާޑޫގައި ހިއްސާ ކުރެވެއެވެ.









