Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނިއޯކެއަރ ބުލެޓިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިފްތިތާހްކޮށްދެއްވައިފި

ނިއޯކެއަރ ބުލެޓިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިފްތިތާހްކޮށްދެއްވައިފި

އައިޝަތު އިމްސާ
12 ގަޑިއިރު ކުރިން - 21 ސެޕްޓެންބަރު 2026 14:59
ނިއޯނޭޓަލް ކޮންފަރެންސްގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް
ނިއޯނޭޓަލް ކޮންފަރެންސްގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އުފަންވާއިރު ނާޒުކު ހާލަތުގައި ތިބޭ ކުދިންގެ ފަރުވާއަށް ހާއްސަ 2 ވަނަ ނިއޯނޭޓަލް ކޮންފަރެންސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިފްތިތާޙްކޮށްދެއްވި. 3 ދުވަހަށް ކުރިއަށްދާ މި ކޮންފަރެންސްގައި 19 ހޮސްޕިޓަލަކުން ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވޭ.

އުފަންވާއިރު ނާޒުކު ހާލަތުގައި ތިބޭ ކުދިންގެ ފަރުވާއާ ގުޅޭގޮތުން ބާއްވާ 2 ވަނަ ނިއޯނޭޓަލް ކޮންފަރެންސް ރަސްމީކޮށް ފަށައިފިއެވެ. މިދިޔަ އަހަރު ފެށި މި ކޮންފަރެންސް މިއަހަރު އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ. މި ރަސްމިއްޔާތުގެ ތެރެއިން އެކަމަނާ ވަނީ ފުރަތަމަ "ނިއޯކެއަރ އަދި އެންއައިސީޔޫ ނިއުސް ބުލެޓިން" ވެސް ނެރެދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާގް ހަލީމް ވިދާޅުވީ، ނާޒުކު ހާލަތުގައި ތިބޭ ކުދިންގެ ފަރުވާ ބިނާވަނީ ހަމައެކަނި އެންއައިސީޔޫގައި ދެވޭ ފަރުވާއަށް ނޫން ކަމަށާއި، މުޅި ހޮސްޕިޓަލުގެ ސިއްހީ ފަރުވާވަނީ އެކުދިންގެ ރައްކާތެރިކަމާ ގުޅިފައި ކަމަށެވެ. އަދި މިދިޔަ އަހަރު ނަރުހުންގެ ކޮންފަރެންސަކުން ފެށި މި މަސައްކަތް މިއަހަރު މަލްޓިޑިސިޕްލިނަރީ ޕްލެޓްފޯމެއްގެ ގޮތުގައި ފެށިގެން ދިއުމުން، ތަޖުރިބާ ހިއްސާކޮށް މި ދާއިރާއަށް ބޭނުންވާ ހާއްސަ ސަމާލުކަން ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޕޭއިޑެން ދެއްކެވި ވާހަކަފުޅުގައި، ސިއްހީ ދާއިރާއިންނާއި ވަކިން ހާއްސަކޮށް ދަރިމައިވުމުގެ ދާއިރާއިން ރާއްޖެއިން ބައިނަލްއަގްވާމީ އަދި ސަރަހައްދީ ފެންވަރުގައި ބޮޑެތި ކުރިއެރުންތަކެއް ހާސިލުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

ހުޅުމާލޭ ހޮސްޕިޓަލުން އިންތިޒާމުކޮށްގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޮންފަރެންސްގައި 19 ހޮސްޕިޓަލެއްގެ އެންއައިސީޔޫގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވާނެއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްމެޑަމް ސާޖިދާ މުހައްމަދުކުޑަކުދިން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވަގުފުތަކާއި މިސްކިތްތައް ބެލެހެއްޓުމަށް "މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް" ގެ ނަމުގައި ރައީސް ކުންފުންޏެއް އުފައްދަވައިފި

"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް" ގެ ނަމުގައި ކުންފުންޏެއް އުފައްދައިފި

8 ދުވަސް ކުރިން - 12:23

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

17 ދުވަސް ކުރިން - 12:54

ގައުމީ އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

ގައުމީ އިންޖިނިއަރުންގެ ދުވަހު އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

22 ދުވަސް ކުރިން - 19:52

"ވިލުންތެރި ކަނބަލުން": އަންހެނުން ބާރުވެރިކުރުވުމުގެ ހާއްސަ ޕްރޮގުރާމު ނިންމާލައިފި

"ވިލުންތެރި ކަނބަލުން": އަންހެނުން ބާރުވެރިކުރުވުމުގެ ހާއްސަ ޕްރޮގުރާމު ނިންމާލައިފި

24 ދުވަސް ކުރިން - 11:00

ޖުލައި މަހު އެކަނި އަންހެން ކުދިންނަށް ޖިންސީ ގޯނާކުރުމުގެ 14 މައްސަލައެއް ރިޕޯޓުކޮށްފި

ޖުލައި މަހު އެކަނި އަންހެން ކުދިންނަށް ޖިންސީ ގޯނާކުރުމުގެ 14 މައްސަލައެއް

32 ދުވަސް ކުރިން - 14:32

އެސްޓީއޯ ހެލްތް ކެއަރ އިން ޕޯޓަބަލް ސްކޭން މޮޑަލްތަކެއް ތައާރަފް ކޮށްފި

އެސްޓީއޯ ހެލްތ ކެއަރއިން ސްކޭން މޮޑެލްތަކެއް ތައާރަފް ކޮށްފި

32 ދުވަސް ކުރިން - 12:23