Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބާސެލޯނާގައި ރާއްޖޭގެ މަސްވެރިކަން އިޝްތިހާރުކޮށްފި

ބާސެލޯނާގައި ރާއްޖޭގެ މަސްވެރިކަން އިޝްތިހާރުކޮށްފި

ހުސައިން އިސްމާއިލް
49 ދުވަސް ކުރިން - 23 އޭޕްރިލް 2026 08:43
ބާސެލޯނާގައި ކުރިޔަށްދާ “ސީފުޑް އެކްސްޕޯ ގްލޯބަލް"ގައި މަސްވެރިކަމާއި ބެހޭ މިނިސްޓަރު ޝިޔާމް ބައިވެރިވެވަޑައިގެންނެވުން.
ބާސެލޯނާގައި ކުރިޔަށްދާ “ސީފުޑް އެކްސްޕޯ ގްލޯބަލް"ގައި މަސްވެރިކަމާއި ބެހޭ މިނިސްޓަރު ޝިޔާމް ބައިވެރިވެވަޑައިގެންނެވުން.
ޚުލާސާ

މަގުސަދަކީ ދިވެހި މަސްވެރިން ބާނާ މަހަށް ބައިނަލްއަގުވާމީ ބާޒާރުގައި ރަނގަޅު އަގު ހޯދައިދިނުމާއި، ވިލާތުގެ ބާޒާރުތަކުގައި ރާއްޖޭގެ މަހުގެ ހިއްސާ އިތުރުކުރުން.

ސްޕެއިންގެ ބާސެލޯނާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު ސީފުޑް އެކްސްޕޯ ކަމަށްވާ "ސީފުޑް އެކްސްޕޯ ގްލޯބަލް" ގައި ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމާއި، މަހުގެ އުފެއްދުންތައް ބައިނަލްއަގުވާމީ ބާޒާރަށް އިޝްތިހާރުކޮށްފިއެވެ.

މި މަހުގެ 23 އިން 25 އަށް ކުރިއަށްދާ މި ފެއަރގައި ރާއްޖޭގެ ފަރާތުން ބައިވެރިވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރާއްޖޭގެ އަމިއްލަ ކުންފުނިތަކުންނެވެ. މި އެކްސްޕޯގައި ރާއްޖޭގެ ފަރާތުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ރާއްޖޭގެ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ދޮށީގެ މަސްވެރިކަން ދުނިޔޭގެ ބޮޑެތި ގަނޑުކުރާ ފަރާތްތަކަށް ތައާރަފްކޮށް، ދިވެހި މަހުގެ އުފެއްދުންތަކަށް އޮތް ޑިމާންޑް އިތުރުކުރުމަށެވެ.

Advertisement

Advertisement 1

ބާސެލޯނާގައި ކުރިޔަށްދާ މި ފެއަރއަކީ ދުނިޔޭގެ ކަނޑުމަހުގެ ބާޒާރުގައި ހަރަކާތްތެރިވާ އެންމެ ބޮޑެތި ކުންފުނިތަކާއި ވިޔަފާރިވެރިން ބައްދަލުވާ އެންމެ ބޮޑު އެއް މަންސައެވެ. ރާއްޖޭގެ މަސްވެރިކަން މިފަދަ ބައިނަލްއަގުވާމީ މައިދާނެއްގައި ޕްރޮމޯޓްކުރުމުގެ މައިގަނޑު މަގުސަދަކީ ދިވެހި މަސްވެރިން ބާނާ މަހަށް ބައިނަލްއަގުވާމީ ބާޒާރުގައި ރަނގަޅު އަގު ހޯދައިދިނުމާއި، ވިލާތުގެ ބާޒާރުތަކުގައި ރާއްޖޭގެ މަހުގެ ހިއްސާ އިތުރުކުރުމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި، ބައިނަލްއަގުވާމީ ބާޒާރުގައި ދިވެހި މަހަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، މިފަދަ ފެއަރތަކުގައި ބައިވެރިވުމަކީ ދިވެހި މަސްވެރިކަމުގެ ދާއިރާއަށް އާ ފުރުސަތުތަކެއް ހުޅުވި، ރާއްޖޭގެ އިގްތިސާދަށް އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

މި އެކްސްޕޯގެ ތެރެއިން ރާއްޖޭގެ ވަފުދުން ދަނީ ދުނިޔޭގެ އެކި ގައުމުތަކުގެ މަސް ގަންނަ ފަރާތްތަކާ ބައްދަލުކޮށް، ރާއްޖޭގެ މަހުގެ ފެންވަރާއި މަސްވެރިކަން ކުރާ ގޮތުގެ މައުލޫމާތު ހިއްސާކުރަމުންނެވެ. ރާއްޖޭގެ "ވަން-ބައި-ވަން" ނުވަތަ އެކަކު ބާނާ މަހުގެ މަސްވެރިކަމަކީ މުޅި ދުނިޔޭގައިވެސް ނަމޫނާ، ދެމެހެއްޓެނިވި މަސްވެރިކަމެއްގެ ގޮތުގައި ބަލައިގަންނަ މަސްވެރިކަމެކެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސްމަސްވެރިކަންސްޕެއިންބާސެލޯނާމިފްކޯ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވޯލްޑް ކަޕުގައި ލޯތައް އަމާޒުވާނެ އާ 20 ކުޅުންތެރިން

ވޯލްޑް ކަޕުގައި ލޯތައް އަމާޒުވާނެ އާ 20 ކުޅުންތެރިން

19 ގަޑިއިރު ކުރިން - 07:34

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

2 ދުވަސް ކުރިން - 09:03

މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި؛ އަމާޒަކީ ކިލޯއެއް 20 ރުފިޔާއަށް ޖެއްސުން - ސީއީއޯ

މިއަދު މިފްކޯގެ ހުރިހާ ސެންޓަރުތަކުން، ބޯޓުފަހަރުން މަސް ގަންނަ އަގަކީ 18.50ރ.

4 ދުވަސް ކުރިން - 13:26

ތަސައްވުރަކީ މިފްކޯއަށް އިސްލާހީ ބަދަލު ގެނައުން؛ ނަތީޖާ ފެންނާނެ: އަނަސް

ތަސައްވުރަކީ މިފްކޯއަށް އިސްލާހީ ބަދަލު ގެނައުން؛ ނަތީޖާ ފެންނާނެ: އަނަސް

7 ދުވަސް ކުރިން - 16:11

ގދ. ތިނަދޫއިން ވެސް މިހާރު މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިފި

ގދ. ތިނަދޫއިން ވެސް މިހާރު މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ

8 ދުވަސް ކުރިން - 17:27

މެއި މަހު މަސްވެރިން ބޭނި މަހަށް 31 މިލިޔަން ރުފިޔާ މިފްކޯއިން ދޫކޮށްފި

މެއި މަހު މަސްވެރިން ބޭނި މަހަށް 31 މިލިޔަން ރުފިޔާ ދޫކޮށްފި

9 ދުވަސް ކުރިން - 21:54