ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނަށް އެމްޓީސީސީން ހާއްސަ ޑިސްކައުންޓުތަކެއް

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 5 ގަޑިއިރު ކުރިން - 6 ފެބްރުއަރީ 2026 22:29
މޯލްޑިވސް މެރިން އެކްސްޕޯ 2026ގެ ތެރެއިން--- ފޮޓޯ: އެމްޓީސީސީ
މޯލްޑިވސް މެރިން އެކްސްޕޯ 2026ގެ ތެރެއިން--- ފޮޓޯ: އެމްޓީސީސީ
ޚުލާސާ

މި އެއްބަސްވުން އެކުލަވާލާފައިވަނީ މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯ 2026ގެ ހަވާސާގައި.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ) "ކަށަވަރު"ގެ ދަށުން ވިއްކާ އުފެއްދުންތަކުން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުގެ މެންބަރުންނަށް ހާއްސަ ޑިސްކައުންޓުތަކެއް ދިނުމަށް އެމްޓީސީސީ އާއި އެ ޔޫނިއަނާ ދެމެދު ޕާޓްނާޝިޕް އެއްބަސްވުމެއް އެކުލަވާލައިފި އެވެ.

އެމްޓީސީސީން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، މި އެއްބަސްވުމުގެ ދަށުން، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ މެންބަރުންނަށް ޔަންމާ އިންޖީނުގެ ސްޕެއާ ޕާޓްސްއިން 10 އިންސައްތަ އަދި ކާސްޓްރޯލްގެ އުފެއްދުންތަކުން އަށް އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށެވެ.

މި އެއްބަސްވުން އެކުލަވާލާފައިވަނީ މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯ 2026ގެ ހަވާސާގަ އެވެ.

Ad

މިއީ އެމްޓީސީސީން މިފަދަ މަދަނީ ޖަމުއިއްޔާއަކާއެކު ޕާޓްނަޝިޕް އެއްބަސްވުމެއް ގާއިމުކުރި ފުރަތަމަ ފަހަރެވެ. އެ ކުންފުނިން ހާމަކުރި ގޮތުގައި މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދިވެހި މަސްވެރިންނަށް ބޭނުންވާ "އެމްޓީސީސީ ކަށަވަރު"ގެ އުފެއްދުންތައް ފަސޭހަކަމާއެކު ހެޔޮ އަގުގައި ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

އެމްޓީސީސީން ގަބޫލުކުރާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ކަންނެލި މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންނަށް އޮޕަރޭޝަނަލް ހަރަދުތައް ކުޑަކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ އެވެ.

Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%