ތެލެސީމިއާއަށް ފަރުވާ ހޯއްދެވުމަށް ދަތުރުކުރައްވާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އެހީތެރިއަކަށް، އާރް.ޓީ.އެލް ފެރީއާއި ބަހުގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހަމަޖައްސައިފި އެވެ.
މިއަދު އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުގެ މި ނިންމެވުމާ ގުޅިގެން، 29 ނޮވެމްބަރު 2026 ވާ އާދިއްތަ ދުވަހުން ފެށިގެން މި ހިދުމަތް ލިބޭނެ ކަމަށެވެ.
މި އިންތިޒާމުގެ ދަށުން، ތެލެސީމިއާއަށް ފަރުވާ ހޯދާކަން އަންގައިދޭ ކާޑު އޮންނަ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އެހީތެރިއަކަށް އާރް.ޓީ.އެލް ފެރީއާއި ބަހުގައި ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
މި ހިދުމަތާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް ނުވަތަ info@mtcc.com.mv އަށް އީމެއިލް ކުރުމަށް އެ ކުންފުނިން އެދިފައި ވެއެވެ.





