Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އޮގަސްޓު މަހުގެ ނިޔަލަށް 1.4 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

އޮގަސްޓު މަހުގެ ނިޔަލަށް 1.4 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

އައިޝަތު އިމްސާ
2 ގަޑިއިރު ކުރިން - 1 ސެޕްޓެންބަރު 2026 12:07
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން/ ފޮޓޯ: އެމްއޭސީއެލް
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން/ ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

އޮގަސްޓު 30ގެ ނިޔަލަށް ރާއްޖެއަށް 1.4 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނައިން އައިސްފައިވަނީ ޗައިނާ، ރަޝިޔާ އަދި އިނގިރޭސިވިލާތުން. އޮގަސްޓު މަހު އެކަނިވެސް 191,783 ފަތުރުވެރިން އައިސްފައިވާއިރު، ގިނަ މީހުން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ.

އޮގަސްޓުމަހުގެ 30ގެ ނިޔަލަށް 1.4 މިލިއަންނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފިއެވެ. މީގެތެރެއިން އެންމެ ގިނައިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ ޗައިނާ، ރުސީވިލާތް އަދި އިނގިރޭސިވިލާތުގެ ފަތުރުވެރިކަން ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ މިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން އޮގަސްޓު މަހުގެ 30 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް ވަނީ 1،446،440 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އޮގަސްޓުމަހު އެކަނިވެސް 191،783 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ މިއަހަރުގެ ޖުލައި މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދާ އަޅާބަލާއިރު 4.7% އިތުރުވުމެކެވެ. މީގެއިތުރުން، މިދިޔަ އަހަރުގެ އޮގަސްޓުމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދާ އަޅާ ބަލާއިރު މިއީ 2.1% އިތުރު އަދަދެކެވެ

މިއަހަރު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ ފެބްރުވަރީމުހުގައެވެ. ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު ދަށްވާން ފަށާފައިވަނީ މާރިޗުމަހުން ފެށިގެންނެވެ. މީގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް އައި ލޮޅުމުގެ ސަބަބުންނެވެ. އެހެންނަމަވެސް އޮގަސްޓު މަހު މިއަދަދު ވަނީ މަޑުމަޑުން އިތުރުވާންފަށާފައެވެ.

Advertisement

Advertisement 1

ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން %.73.5 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. ގެސްޓްހައުސްތަކުގައި %22.2 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.

ފަތުރުވެރިކަންމިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިސޯޓުތަކުން 40 ޕަސެންޓު މާރުކުރިޔަސް މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިގެން ނުވާނެ: ރައީސް

ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހުނަސް، މުވައްޒަފުންނަށް ޑޮލަރުން މުސާރަ

23 ގަޑިއިރު ކުރިން - 14:46

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

4 ދުވަސް ކުރިން - 11:46

ޓޫރިޒަމް މުވައްޒަފުންގެ މުސާރައާއި ސާވިސް ޗާޖު ރުފިޔާއަށް ބަދަލުކުރަން އުޅޭތީ ޓީއީއޭއެމްއިން ކަންބޮޑުވުން ފާޅުކޮށްފި

ޓޫރިޒަމް މުވައްޒަފުންގެ މުސާރަ ރުފިޔާއިން ދިނުމާ ދެކޮޅަށް ޓީއީއޭްއެމްއިން އިހުތިޖާޛުކޮށްފި

5 ދުވަސް ކުރިން - 16:41

ކަނޑުތަކުގެ ހޫނުމިން ރެކޯޑު މިންވަރަކަށް: ރާއްޖޭގެ ފަރުތަކާއި މަސްވެރިކަމަށް ބޮޑު ނުރައްކަލެއް

ކަނޑުތަކުގެ ހޫނުމިން ރެކޯޑު މިންވަރަކަށް މައްޗަށް؛ މިއީ ނުރައްކަލެއް

6 ދުވަސް ކުރިން - 14:38

އާ ޓޫރިސްމް ޕޮލިސީތަކާއެކު ރާއްޖެއަށް އޮތީ ކުރިއެރުންކަމުގައި ބައްސާމް އާދަމް ވިދާޅުވެއްޖެ

އާ ޓޫރިސްމް ޕޮލިސީތަކާއެކު ރާއްޖެއަށް އޮތީ ކުރިއެރުންކަމުގައި ބައްސާމް އާދަމް ވިދާޅުވެއްޖެ

8 ދުވަސް ކުރިން - 17:46

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30،000 ފަތުރުވެރިން!

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30,000 ފަތުރުވެރިން!

10 ދުވަސް ކުރިން - 21:15