Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ %10.8 އިތުރުވެއްޖެ

އައިޝަތު އިމްސާ
އައިޝަތު އިމްސާ
23 ގަޑިއިރު ކުރިން - 15 އޮކްޓޫބަރު 2026 11:40
ގދ. ކޮޑެގަލާ ރިސޯޓު / ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ގދ. ކޮޑެގަލާ ރިސޯޓު / ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ޚުލާސާ

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ މީހުން ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަށް ކަމުގަވީނަމަވެސް ފަތުރުވެރިކަމަށް ދޫކޮށްފައިވާ ގިނަ އަދަދެއްގެ ރަށްތަކާއި ފަޅުތައް ރިސޯޓު ގޮތުގައި ތަރައްގީ ނުކުރެވި ގިނަ ދުވަސްވެފައިވާކަން މިނިސްޓަރު ފާހަގަކުރި.

މިއަހަރުގެ މިހާތަނަށް ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ، ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެއްޖެއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް 1.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %10.8 ގެ ކުރިއެރުމެކެވެ. މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަހަރުން އަހަރަށް މި ދާއިރާއިން ލިބޭ އާމްދަނީ އަންނަނީ މެދުކެނޑުމެއްނެތި އިތުރުވަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 184 ރިސޯޓުގެ ތެރެއިން 180 ރިސޯޓެއް މިވަގުތު އޮޕަރޭޓްކުރަމުން ދެއެވެ. އަދި މި ތަންތަނުގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 45،171 އެނދު ވަނީ ހަމަޖައްސާފައެވެ. ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ބޮޑު އިންސައްތައެއް ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގައެވެ. އެގޮތުން މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ %73.8، ނުވަތަ 1.2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.

Advertisement

Advertisement 1

ރިސޯޓު ކުލިން ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ފަތުރުވެރިކަމަށް ދޫކޮށްފައިވާ ގިނަ އަދަދެއްގެ ރަށްތަކާއި ފަޅުތައް ތަރައްގީނުކުރެވި ގިނަ ދުވަސްތަކެއް ވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ދާދިފަހުން ވިދާޅުވި ގޮތުގައި، ތަރައްގީ ނުކުރެވި 161 ރަށާއި ފަޅު އެބައޮތެވެ. އޭގެ ތެރޭގައި އެއްބަސްވުން ހަދާތާ 20 އަހަރާއި 25 އަހަރު ވެފައިވާ ތަންތަން ހިމެނޭއިރު، އެ ތަންތަނުން ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 500 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރައެވެ. މިކަމުގެ ސަބަބުން ދައުލަތަށާއި ރައްޔިތުންނަށް ފޫނުބެއްދޭވަރުގެ ބޮޑެތި މާލީ ގެއްލުންތަކެއް ދަނީ ވަމުންނެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ފަތުރުވެރިކަމަށް ދޫކޮށް ތަރައްގީނުކުރެވި ދިގުލައިގެން ގޮސްފައިވާ ރަށްތަކާއި ފަޅުތަކާމެދު ފިޔަވަޅު އެޅުމަށް ހާއްސަ ގަވާއިދެއް ސަރުކާރުން މިހާރު ވަނީ އެކުލަވާލާފައެވެ. މި ގަވާއިދުގެ ދަށުން، އެއްބަސްވުމާ އެއްގޮތަށް ތަރައްގީ ނުކުރާ ތަންތަނުގެ އެއްބަސްވުންތައް ބާތިލުކުރުމުގެ ހަރުދަނާ އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ.

ރިސޯޓުފަތުރުވެރިކަންމިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ގދ. ކޮޑެގަލާގައި "ނީލާ ކޯރަލް އައިލެންޑް މޯލްޑިވްސް" ރިސޯޓު ރަސްމީކޮށް ހުޅުވައިފި

ގދ. ކޮޑެގަލާގައި "ނީލާ ކޯރަލް އައިލެންޑް މޯލްޑިވްސް" ރިސޯޓު ރަސްމީކޮށް ހުޅުވައިފި

3 ދުވަސް ކުރިން - 14:35

ރާއްޖެއަށް އައި ފަތުރުވެރިންގެ 74 އިންސައްތަ ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގައި

ރާއްޖެއަށް އައި ފަތުރުވެރިންގެ 74 އިންސައްތަ ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގައި

4 ދުވަސް ކުރިން - 13:02

މިއަހަރުގެ މިހާތަނަށް ގްރީން-ޓެކުހުގެ ގޮތުގައި ދައުލަތަށް 1.5 ބިލިއަން ރުފިޔާ ލިބިއްޖެ

10 ދުވަސް ކުރިން - 10:46

10 ރިސޯޓު ތަރައްގީކުރުމަކީ ފަތުރުވެރިކަމަށް ބޮޑު އިިންގިލާބެއް ގެންނާނެ ކަމެއް: އަފީފް

10 ރިސޯޓު ތަރައްގީކުރުމަކީ ފަތުރުވެރިކަމަށް ބޮޑު އިިންގިލާބެއް ގެންނާނެ ކަމެއް: އަފީފް

11 ދުވަސް ކުރިން - 12:37

ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން ޓީޖީއެސްޓީ ގާނޫނަށް ބަދަލުތަކެއް ގެންނަވަނީ: އަމީން

ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން ޓީޖީއެސްޓީ ގާނޫނަށް ބަދަލުތަކެއް ގެންނަވަނީ: އަމީން

12 ދުވަސް ކުރިން - 10:44

މޯލްޑިވިއަންގެ ޒަމާނީ ސީޕްލޭން ޓަރމިނަލް ރަސްމީކޮށް ހުޅުވައިފި

މޯލްޑިވިއަންގެ ޒަމާނީ ސީޕްލޭން ޓަރމިނަލް ރަސްމީކޮށް ހުޅުވައިފި

15 ދުވަސް ކުރިން - 18:57